Majlis 2024

ބްރިޖު އެޅުމަށް ބޭނުންކުރަމުން އަންނަ ކެރޭނެއް ވެއްޓިފައި. (ފޮޓޯ/އެމްވީކްރައިސިސް)

ވިލިމާލެ ބްރިޖު

ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއް ބިނދިގެން ވެއްޓިއްޖެ

ވެއްޓިފައި ވަނީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް
5 ޑިސެމްބަރު 2022

ގްރޭޓާ މާލޭ ކަނެކްޓްވިޓީ ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއް މިއަދު ވެއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - ބްރިޖް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި ވެއްޓިފައި ވަނީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ކަމަށެވެ. އެ ކެރޭން ވެއްޓުނީ، އޭނާ ވިދާޅުވި ގޮތުގައި، ކެރޭންގެ ބޫމަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

"މޫދަށް ޖަހާ ހޮޅިއެއް ލިފްޓްކުރުމުގެ ތެރޭގައި ކެރޭން ވެއްޓުނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުން ނުވާކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ގުޅުން ހުރި ކަމެއް - މިފަހުން ވަނީ ބްރިޖު އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމެއް ވިލިމާލޭ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް އެ ފަރަށްވެފަ އެވެ. އެކަމާ ގުޅިގެން އެ މަސައްކަތް ކުރާ އިންޑިއާގެ، އެފްކޮންސް ކުންފުނި ވަނީ 68 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ބްރިޖު މަސައްކަތުގެ ތާވަލު:

  • މާލެ-ވިލިމާލެ ބްރިޖު ނިންމުން: ޖުލައި 2023 ނުވަތަ އެންމެ ލަސްވެގެން އޮގަސްޓް 2023އަށް

  • ވިލިމާލެ-ގުޅިފަޅު: ޑިސެމްބަރު 2023އަށް

  • ތިލަފުށި-ގުޅިފަޅު ގުޅާލައި މުޅި ބްރިޖު ނިންމުން: ނޮވެމްބަރު 2024އަށް

ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކި އިންޑިއާގެ ހިލޭ އެހީ

  • 88 އިންޖިނިއަރުން މިވަގުތު ހަރަކާތްތެރިވޭ

  •  މި އަހަރު ނިމޭއިރު 164 އިންޖިނިއަރުން ތިބޭނެ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މި އަހަރު ނިމޭއިރު ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން އުޅޭނެ

  • މުޅި ބްރިޖުގެ ދިގުމިން: 3.6 ކިލޯމީޓަރު

  • 220،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ތޮށިލުން

  • ބްރިޖާ ގުޅިގެންދާ 3 ކިލޯމީޓަރުގެ މަގާއި ފާލަން ހަދާނެ

  • މަޝްރޫއުއަށް ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން

  • އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް