ހުޅުމާލެ ދެވަނަ ފިޔަވަހި: މި ދެ މަރުކަޒު ހަދަން ބިން ދެނީ މި ތަނުން. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހުޅުމާލެ

ހުޅުމާލޭގައި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ މަރުކަޒެއް އަޅަން ހުޅުވާލައިފި

ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު

އުމުރުން ދުވަސްވީ މީހުން ބެލުމަށް މަރުކަޒަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިން ކުއްޔަށް ނަގައިގެން، ނާސިން ހޯމްއަކާއި ޑިސްއެބިލިޓީ މެނޭޖުމަންޓް ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ތަފްސީލް - އެޗްޑީސީން ބުނީ އުމުރުން ދުވަސްވީ މީހުން ބެލުމަށް މަރުކަޒަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒު ހިންގަން ބިން ދޭން ނިންމާފައިވަނީ ކުއްޔަށް ކަމަށް ވިޔަސް، ދެ ފަރާތަށް އެންމެ ފައިދާވާނެހެން އިތުރު މޮޑެލްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

ހުޅުމާލޭން ނާސިން ހޯމް ހިންގަން ބިން ދޫކުރާ ސަރަހައްދު (ފޮޓޯ/އެޗްޑީސީ)

އެއް ޕްރޮޕޯސަލްއަށް ވުރެ ގިނަ ހުށަހެޅުން ލިބިއްޖެ ނަމަ، ބިން ދޫކުރުމުގައި އިސްކަން ދޭނީ، އެޗްޑީސީން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒުތަކާ އެއްގޮތަށް މާސްޓާޕްލޭނާ އެއްގޮތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ކަމަށެވެ.

  • ޕްރޮޕޯސަލްތައް އިވެލުއޭޓުކުރާއިރު ކުންފުނީގެ މާލީ ގާބިލިއްޔަތުކަމަށާއި ވިޔަފާރި ހިންގަން ހުށަހަޅާ ގޮތާ އަދި އެ ކުންފުންޏެއްގެ ތަޖުރިބާއަށް ބަލާނެ

  • ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް