Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މަހްލޫފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަނީ: އޭނާ މިއަދު ވިދާޅުވީ ވަކި ޝޭހަކު ޔޯގާ ހަރާމްކަމަށް ބުނުމުން ގަބޫލު ނުކުރެވޭނެ ކަމަށް. (ފައިލް ފޮޓޯ/ މަޖިލިސް)

ޔޯގާ ހަރާމް ކަމަށް ރަސްމީކޮށް ކަނޑައަޅާ؛ ވަކި ޝޭހަކު ބުނީތީ ހަރާމެއް ނުކުރެވޭނެ: މަހްލޫފް

މަހްލޫފް ވިދާޅުވީ ޔޯގާ ހަރަކާތުގައި ސެކިއުރިޓީ ދިނުމަށް ފުލުހުންނަށް ދޭން ޖެހޭ މައުލޫމާތު އެ ހަރަކާތުގެ ކުރިން ދިން ކަމަށް

ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގައި ކަނޑައަޅާފައި ނުވާ ކަމަށާއި ވަކި ޝޭހަކު ބުނީތީ އެކަން ހަރާމް ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގައި ކަނޑައެޅުމުން އެކަން ގަބޫލުކުރައްވާނެ ކަމަށެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ތެރެއިން ޔޯގާ ހަރަކާތާ ގުޅޭ ގޮތުން ޕީޕިއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ތަކުރާރުކޮށް ވިދާޅުވީ އެ ކަމަކީ ސިޔާސީ ކަމެއް ކަމަށެވެ. އަދި 2014 އިން ފެށިގެން ރާއްޖޭގައި އެ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ޔޯގާ އާއި މިއުޒިކާ ދެން އޮތް ކަމަކާއި ދެން އޮތް ކަމެއް، މި ހުރިހާ ކަމެއް ހަރާންތޯ ހަރާން ނޫންތޯ އަޅުގަނޑުމެން ކައިރީ ބުނީމަ އެކަމުގައި އަޅުގަނޑުމެން އެކަމުގައި ނޫޅޭނަން. އެކަމަކު ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝޭހަކު ހަރާމޭ ބުނީމަ، ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ؟

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް 

ބުނީ ކީކޭ؟ - މަހްލޫފް ވިދާޅުވީ، މިފަދަ ކަންކަމުން ރުޅިވެރިކަމާއި ނަފްރަތު އުފަައްދައިގެން ބައެއް މީހުން މަސައްކަތް ކުރަނީ ވެރިކަމަށް އައުމަށެވެ. ހަރާމް ކަމެއްގެ ގޮތުގައި ރަސްމީކޮށް ކަމެއް ކަނޑައަޅައިފި ނަމަ އެކަން ނުކުރައްވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ޔޯގާ އާއި މިއުޒިކާ ދެން އޮތް ކަމަކާއި ދެން އޮތް ކަމެއް، މި ހުރިހާ ކަމެއް ހަރާންތޯ ހަރާން ނޫންތޯ އަޅުގަނޑުމެން ކައިރީ ބުނީމަ އެކަމުގައި އަޅުގަނޑުމެން އެކަމުގައި ނޫޅޭނަން. އެކަމަކު ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝޭހަކު ހަރާމޭ ބުނީމަ، ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ،" މަހްލޫފް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެ ޝޭހެއް، އަޅުގަނޑުމެން ގަބޫލު ކުރަނީ އެހެން ޝޭހެއް ދައްކާ ވާހަކަ. އެ ޝޭހް ބުނާ ގޮތަށް އަޅުގަނޑުމެން އުޅެނީ. އަޅުގަނޑު ނުޖެހޭ ނޫންތޯ މި ޝޭހް ބުނާ ގޮތަަށް އުޅެން."

ސިޔާސީ ފައިދާއަށް މިހާރު ކަންކަން ނަގައިގެން އުޅޭއިރު، އެ ދައްކާ ވާހަކަ އާއި އަމަލާ ދިމާ ނުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"އެހެންވީމަ މި ވިސްނުމުގެ ތެރެއިން ހަގީގަތުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން އައިސް އެންޑް ރިޒަލްޓަކީ، ބޭނުން ވަނީ ވެރިކަމަށް އަންނަން. އެ މަސައްކަތް ކުރަން ވަރަށް ބޮޑަށް އޮޅުވާލައިގެން ކުރަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން.

ގުޅުން ހުރި ކަމެއް - ޔޯގާ ހަރާކާތަށް ވަޑައިގެންނެވި ހައި ޕްރޮފައިލް ބޭފުޅުންގެ ތަފްސީލު ދުރާލާ ނުލިބޭ ކަމަށް ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން މަހްލޫފް ވިދާޅުވީ ފުލުހުންނަށް ދޭން ޖެހޭ ހުރިހާ ތަފްސީލެއް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީން އެއްވެސް އިވެންޓެއް ރާވާ ކަމުގައި ވާނަމަ، ސެކިއުރިޓީއަށް އެދޭ ކޮންމެ އިވެންޓެއްގައި ވެސް ވަކިން މީޓިންއެއް ބާއްވާނެ. އެހެންވީމަ، އެ މީޓިންގައި ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ހުންނާނީ ދައްކާފައި،" މަހްލޫފް ވިދާޅުވި އެވެ.

އެންގުން މުހިންމު - ޔޫތު މިނިސްޓްރީގެ ބައިވެރިވުމާ އެކު، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް