Majlis 2024

މޫސުން ގޯސްވެ ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ: އީދަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

އީދުގައި ގަދައަށް ވިއްސާރަކޮށް، ކަނޑުގަދަވާނެ

އީދަށް މޫސުން ގޯސްވާއިރު ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ދިޔުމުގެ ޕްލޭންތައް ހަދަމުން

ކުރިއަށް އޮތް ފިތުރު އީދުގައި ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެނގުން މުހިއްމު - ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ. އީދު ބަންދުގެ ގޮތުގައި ނުވަ ދުވަސް ލިބޭއިރު، ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު ދަނީ ރަށްރަށަށް ދިއުމަށް ޕްލޭންތައް ހަދަމުންނެވެ. އެގޮތުން، މާލެއާ ކައިރި ބައެއް ރަށްރަށުގެ ގިނަ ގެސްޓްހައުސްތައް މިހާރު ވަނީ ފުލްވެފަ އެވެ.

ވީ ކިހިނެއް؟ - މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި، މި އަހަރުގެ ކުޑަ އީދު ވާނީ ފެން އީދަކަށެވެ.

ބުނީ ކީކޭ؟ - މެޓުގެ އެސިސްޓެންޓް މީޓިއޮރޮލިޖިސްޓް ހުސެން ވަހީދު ވިދާޅުވީ:

  • އީދުގެ ކުރިން، ރޯދަ މަހުގެ ފަހު ދެ ދުވަހު މޫސުން ގޯސްވާން ފަށާނެ

  • މުޅި އީދު ޗުއްޓީއަށް ބަލާއިރު ވެސް މޫސުން ފެންނަނީ ވަރަށް ގޯސްކޮށް

  • ވާރޭ ވެހުން ކުޑަކޮށް މަދުވާނީ، އީދު ބަންދުގެ ހަތަރު ވަނަ ދުވަހާ ހަމައިން

"އެކަމަކު ކަނޑުތައް ގަދަވާނެ. އެހެންވެ، އަޅުގަނޑުމެން އިލްތިމާސްކުރަން ދަތުރު ފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް،" ހުސެން ވިދާޅުވި އެވެ.

ވިއްސާރަ ދުވަހެއްގައި ބަޔަކު މަގުމަތީގައި: މި އީދަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާ ކުރޭ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މެޓުން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ވިއްސާރަ ކުރާނެ އެވެ. އެކަމަކު، މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށް އެ ތަނުން ބުންޏެވެ.

މެޓުން ބުނާ ގޮތުގައި:

  • މިހާރު ވިއްސާރަ ކުރަނީ ރާއްޖެ މަތީގައި އުފެދިފައިވާ ދެ ސާކިއުލޭޝަނެއްގެ ސަބަބުން

  • އެއީ ދެ މޫސުން ބެދޭ ދުވަސްވަރު އުފެދޭ ސާކިއުލޭޝަންތަކެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް