Majlis 2024

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ނިއްމާލެއްވުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފުލުހުން

ނަޝީދުގެ ޖަލްސާ ކުރުކޮށްލީ ނުރައްކަލެއް އޮވެގެނެއް ނޫން: ފުލުހުން

ފުލުހުން ބުނީ ނަޝީދަށް ސެކިއުރިޓީ ތްރެޓެއް ނެތް ކަމަށް އެމްއެންޑީއެފްއިން ވެސް މައުލޫމާތު ދިން ކަމަށް
26 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާލެއްވުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ ކުރުކޮށް ގެންދިޔައީ ނަޝީދަށް ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުންނާއި ސިފައިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ނަޝީދުގެ ޕްރައިމަރީގެ ކެމްޕޭން 'ފިކުރެއްގެ ދިރުން' ނިންމާލުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ހަމައެކަނި އޮތީ ނަޝީދުގެ ވާހަކަ ދެއްކެވުމެވެ. ގާތްގަނޑަކަށް 20 މިނެޓަށް ނަޝީދު ވާހަކަ ދެއްކެވުމަށް ފަހު، އެމަނިކުފާނު ވަނީ އެ ސަރަހައްދުން ބާރުބަރަށް ހިންގަވާފައި ނިކުމެ ވަޑައިގެންފަ އެވެ. ގިނަ ބަޔަކު އެއްވެފައި އޮތް އެ ޖަލްސާ ވަނީ އެ ހިސާބުން ނިންމާލައިފަ އެވެ.

އެކަމާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ނަޝީދުގެ ކެމްޕޭން ޖަލްސާ ކުރުކޮށްލަން ޖެހުނީ ސަލާމަތީ ސަބަބުތަކާ ހުރެ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ވާހަކަތަކާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ބުނީ:

  • އެފަދަ މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައިވޭތޯ ވެސް ފުލުހުން ސާފުކުރުމުން، އެ އިދާރާއިން ވެސް އެފަދަ ކަމެއް ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް 

  • ޖަލްސާ ކުރުކޮށްލީ ސަލާމަތީ ސަބަބުތަކާ ގުޅިގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރީ އެފަދަކަމެއް އުޅޭތޯ ފުލުހުންގެ ކިބައިން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަން ވެސް ފާހަގަކުރި

ކެމްޕޭން އޮފީހުގެ ބަސް - ނަޝީދުގެ ކެމްޕޭން އޮފީހުގެ ބައެއް އޮފިޝަލުން ވެސް މިރޭ ވިދާޅުވެފައި ވަނީ ނަޝީދުގެ ކެމްޕޭން ނިންމުމުގެ ޖަލްސާ ކުރުކޮށްލީ ނޫން ކަމަށާއި އެއީ އެ ޖަލްސާ ކުރިން ވެސް ރާވާފައިވާ ގޮތް ކަމަށެވެ. އަދި މިރޭގެ ޖަލްސާ ރާވާފައި އޮތް ގޮތަށް ކުރިއަށް ދިޔަ ކަމަށް ވެސް ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިރޭގެ ޖަލްސާ ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން 8:30 އެހާއިރު ނަޝީދު ވަނީ އާޓިފިޝަލް ބީޗަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވައި ފޮޓޯ ވެސް ނަންގަވައި ހައްދަވައިފަ އެވެ. ނަމަވެސް ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި އޮތް ގުރޫޕަކުން ނަޝީދާ ދިމާލަށް ކޮންމެވެސް ވަރަކަށް ހަޅޭއްލަވައި ހަދާފައިވެ އެވެ.

އެނގުން މުހިންމު - 6 މޭ 2021 ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ސިފައިން ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ދައުލަތުން އެމަނިކުފާނަށް ކަނޑައަޅާފައިވާ ހާއްސަގެއެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް