ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގަލޮޅުގައި ހިންގަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ރައީސް ސޯލިހު މާލޭގެ ބައެއް އަވަށްތަކުގައި ދޮރުން ދޮރަށް ހިންގަވައިފި

ރައީސް ސޯލިހުގެ ކެމްޕޭން ނިންމަވާލައްވާނީ މިރޭ އައްޑޫން؛ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު
26 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިއްޔެ މާލޭގެ ބައެއް އަވަށްތަކަށް ޒިޔާރަތްކުރައްވައި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ވަނީ މާލޭގެ އަވަށްތަކުގެ ތެރެއިން ވިލިމާލެ، ގަލޮޅު އަދި މައްޗަންގޮޅީގެ އެކި ގެތަކަށް ވަޑައިގެންފަ އެވެ.

ރައީސް ސޯލިހު މައްޗަންގޮޅީގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)
ރައީސް ސޯލިހު މިއަދު ވިލިމާލޭގައި.(ފޮޓޯ/ކެމްޕޭން ޓީމް)

ގުޅުން ހުރި ކަމެއް - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޯޓުލުން އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ރާވާފައިވާއިރު، ރައީސް ސޯލިހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ވަނީ ކެމްޕޭން ކުރައްވާފަ އެވެ. މާލެއިން ބޭރަށް އެންމެ ފަހުން ކެމްޕޭން ދަތުރެއްގައި ވަޑައިގެންނެވީ ކ. އަތޮޅަށާއި އަރިއަތޮޅަށެވެ.

އެ މަނިކުފާނުގެ ކެމްޕޭން ނިންމަވާލައްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ އައްޑޫގަ އެވެ.

އެނގުން މުހިންމު - ރިޔާސީ ޕްރައިމަރީގެ ވޯޓުލުން:

  •  އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް 

  • ވޯޓުލާން މާލޭގައި ޖުމްލަ 87 ވޯޓު ފޮށި އަދި އަތޮޅުތަކުގައި ޖުމްލަ 195 ވޯޓު ފޮށި ބަހައްޓާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް