ސެމްސަންގް ގެލެކްސީ އެސް22 ސީރީޒްގައި ހިމެނޭ ތިން ފޯނު. (ފޮޓޯ/އެންގެޖެޓް)

ބީބީއެމް

ބެސްޓް ބައި މޮބައިލް އިން ސެމްސަންގް އެސް22 ސީރީޒްގެ ޕްރީއޯޑަރު ނަގަނީ

ޕްރީއޯޑާ ދޭ މީހުންނަށް ގެލެކްސީ ބަޑްސް2 ސީރީޒްގެ އިއާބަޑްސް ހިލޭ ލިބޭނެ؛ ފޯނު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ލިބޭނެ

ރާއްޖޭގައި ސެމްސަންގުގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އޮންނަ އޮތަރައިޒްޑް ރީސެލާ، ބެސްޓް ބައި މޮބައިލް އިން ސެމްސަންގު އެސް22 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރު ނަގަން އިއްޔެ ފަށައިފި އެވެ.

ތަފްސީލް - ސެމްސަންގުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ސީރީޒް އެސް22ގެ ފޯނުތަކުގެ ޕްރީއޯޑަރު ނެެގުން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ. ބެސްޓް ބައި މޮބައިލް އިން ބުނީ އެސް22 ސީރީޒްގައި ހިމެނޭ އެސް22، އެސް22 އަލްޓްރާ އަދި އެސް22 ޕްލަސް ފޯނުތަކަށް މިހާރު ޕްރީއޯޑަރު ދެވޭނެ ކަމަށެވެ. 

ޕްރީއޯޑަރުކުރާނެ ގޮތް:

  • ޕްރީއޯޑަރު ނަގާނީ 1،000ރ.ގެ ފީއަކާ އެކު

  • ފޯނަށް ފައިސާ ދައްކާއިރު މި 1،000ރ. ފޯނުގެ އަގުން ކަނޑާނެ

  • ބެސްޓް ބައި މޮބައިލްގެ ފޭސްބުކް، ވަޓްސްއެޕްއަށް (7952033) މެސެޖުކޮށްގެން އަދި ގުޅައިގެން ވެސް ޕްރީއޯޑަރު ދެވޭނެ

  • އޮންލައިން ޓްރާންސްފާކޮށްގެން ޕްރީއޯޑަރު ފީ ދެއްކޭނެ

  • ކްރެޑިޓް ސްކީމުތައް މެދުވެރިކޮށް ފޯނު ގަންނަން ވެސް ޕްރީއޯޑަރު ދެވޭނެ

ބުނީ ކީކޭ؟ - ބެސްޓް ބައި މޮބައިލް އިން ބުނީ، ސެމްސަންގު އެސް22 ސީރީޒްގެ ފޯނަށް ޕްރީއޯޑާ ދޭ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ސީރީޒްގެ އިއާބަޑްސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެއް އަހަރުގެ ލޯކަލް ވޮރެންޓީ އާއި ސްމާޓު ކަވަރެއް ވެސް ފޯނާ އެކު ލިބޭނެ ކަމަށް އެ ތަނުންބުންޏެވެ.

އެނގުން މުހިންމު - ޕްރީއޯޑަރު ދޭ ފޯނުތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލިބޭނެ އެވެ.

ފޯނުތަކުގެ އަގުތައް:

  • ގެލެކްސީ އެސް22 8ޖީބީ، 256ޖީބީ: 19،500ރ. (ކަޅު)

  • ގެލެކްސީ އެސް22 ޕްލަސް 8ޖީބީ، 256ޖީބީ: 23،450ރ. (ކަޅު، ފެހި، ޕިންކް ގޯލްޑް)

  • ގެލެކްސީ އެސް22 އަލްޓްރާ 12ޖީބީ، 256ޖީބީ: 28،900ރ. (ބާގަންޑީ، ފެހި، ހުދު، ކަޅު)

  • ގެލެކްސީ އެސް22 އަލްޓްރާ 12ޖީބީ، 512ޖީބީ: 32،500ރ. (ކަޅު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް