ރިޓްޒް ކާލްޓަންރިސޯޓުގައި ސިއޭރާއިން ތަރައްގީކުރި ޖިމް. (ފޮޓޯ/ރިޓްޒް ކާލްޓަން)

ޖީއެމް ފޯރަމް 2022

ޖީއެމް ފޯރަމްގެ ވެލްނަސް ޕާޓްނަރަކަށް ސިއޭރާ

ސިއޭރާ އަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު، ރެކްރިއޭޝަން އަދި ފިޓްނަސް އާލާތްތައް އުފައްދައި އެފަދަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ސަޕްލައި ކުރުމާއި އިންސްޓޯލްކޮށްދޭ މި ސަރަހައްދުގެ އެންމެ ފުންނާބު އުސް ކުންފުނި

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަކޮށްގެން ބާއްވާ 'ޖެނެރަލް މެނޭޖާސް ފޯރަމް' (ޖީއެމް ފޯރަމް)ގެ ވެލްނަސް ޕާޓްނަރަކަށް ސްޕޯޓްސް އިންޖިނިއަރިން އެންޑް ރެކްރިއޭޝަން އޭޝިއާ (ސިއޭރާ) ހަމަޖައްސައިފި އެވެ.

ސިއޭރާ:

  • ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު، ރެކްރިއޭޝަން އަދި ފިޓްނަސް އާލާތްތައް އުފައްދައި އެފަދަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ސަޕްލައި ކުރުމާއި އިންސްޓޯލްކޮށްދޭ މި ސަރަހައްދުގެ އެންމެ ފުންނާބު އުސް ކުންފުނި

  • ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓުތަކަށް ފިޓްނަސް އާލާތްތައް ސަޕްލައިކޮށްދެނީ ސިއޭރާ އިން

ސިއޭރާގެ ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތައް:

  • ސިޔާމް ވޯލްޑުގައި ފުޓުބޯޅަ ދަނޑަކާއި ހަތަރު ޓެނިސް ކޯޓު ހެދުން

  • ހަމަ މިފަދަ މަސައްކަތްތަކެއް ވޮލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ރިޓްޒް ކާލްޓަން ފަރި އައިލެންޑްސްގައި ވެސް ކުރިއަށްގެންދިޔަ

  • 20 އަހަރު ދުވަހުގެ ތެރޭގައި ޔުނިވާސަލް، ވިލާ އަދި ކްރައުން އެންޑް ޗަމްޕާ ފަދަ ބޮޑެތި ރިސޯޓް ގުރޫޕުތަކަށް ސްޕޯޓްސް އަދި ރެކްރިއޭޝަނަލް އާލާތްތައް ފޯރުކޮށްދިނުން

ސިޔާމް ވޯލްޑްގެ ފުޓުބޯޅަ ދަނޑު. (ފޮޓޯ/ސަންސިޔާމް.ކޮމް)

ޖީއެމް ފޯރަމް:

  • ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ކުރިއަށް ގެންދާ ހަ ވަނަ ޖީއެމް ފޯރަމް ބާއްވަން ނިންމާފައި ވަނީ 15 ސެޕްޓެމްބަރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓްގައި

  • މީގެ ހަ އަހަރު ކުރިން، 2016ގައި ބާއްވަން ފެށި ޖީއެމް ފޯރަމްގެ މި އަހަރުގެ އަދަދުގައި ވެސް ޓޫރިޒަމް ދާއިރާގެ ފާހަގަކޮށްލެވޭ ލީޑަރުންނާއި އެހެނިހެން ފަރާތްތައް ބައިވެރިވެ، ކީނޯޓާއި ޕެނަލް ޑިސްކަޝަން އަދި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެ

ބުނީ ކީކޭ؟ - ފޯރަމް އިންތިޒާމުކުރާ ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމާ އެކު، މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ގުޅޭ ބައެއް ހުށަހެޅުންތައް ވެސް ހިމަނަން ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ފޯރަމްގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:

  • ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިއްހަތާއި ދުޅަހެޔޮކަމާ ދޭތެރޭ ޓޫރިސްޓުން ދެކޭ ގޮތް ނުވަތަ ޕޯސްޓް ޕެންޑެމިކް ވެލްބީން

  •  ޓޫރިޒަމްގެ ދާއިރާގައި ތަމްރީނާއި މީހުން ބިނާކުރުން

  • ހޮޓެލް އިންވެސްޓްމަންޓް އަދި ކޮންޒަވޭޝަން ޓޫރިޒަމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް