Majlis 2024

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތަށް ފައިސާ ނަގަނީ. (ފައިލް ފޮޓޯ/އިސްލާމިިކް މިނިސްޓްރީ)

ރޯދަ 2022

ފިތުރު ޒަކާތުގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ލިބިއްޖެ

މިއީ މިދިޔަ ދެ އަހަރަށް ވުރެ މިލިއަނެއްހާ ރުފިޔާ އިތުރު އަދަދެއް

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 7.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ. މިއީ މިދިޔަ ދެ އަހަރަށް ވުރެ މިލިއަނެއްހާ ރުފިޔާ އިތުރު އަދަދެކެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2 އޭޕްރީލުން 1 މޭއާ ދެމެދު ހޭދަވި މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 7.8 މިލިއަން ރުފިޔާގެ ތެރޭގައި އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ބަލައިގަތް ފައިސާ ހިމެނޭ ކަމަށެވެ. އެގޮތުން:

  • މާލެއިން: 7.4 މިލިއަން ރުފިޔާ

  • ފަގީރުން ނެތް ރަށްރަށުން: 450،373ރ.

އެނގުން މުހިއްމު - މިއީ މިދިޔަ ދެ އަހަރާ އަޅާބަލާއިރު، އެންމެ ގިނައިން ޒަކާތް ލިބުނު އަހަރެވެ. އެގޮތުން:

  • 2020: 6.6 މިލިއަން ރުފިޔާ

  • 2021: 6.7 މިލިއަން ރުފިޔާ

ތަފްސީލް - މިނިސްޓްރީން ބުނީ މި އަހަރު ގޮވާމުގެ ބާވަތްތަކުން 11،399.45 ކިލޯ ލިބިފައިވާ ކަމަށެވެ. އަދި ސަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން 10،092 ކިލޯ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް މިދިޔަ މަހުގެ 30 އިން ފެށިގެން ފިތުރު ޒަކާތް ބަހަން ފަށާފައި ވާއިރު، މި އަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8،984 މީހުންނެވެ. މިދިޔަ އަހަރު އެ ލިސްޓުގައި ތިބީ 7،778 މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް