އަލީ ފަޒަލް އަދި ރިޗާ ޗައްދާ
މިއީ ބޮލީވުޑްގައި މިހާރު އެންމެ އިންތިޒާރު ކުރެވޭ އެއް ކައިވެންޏެވެ.
މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި އެ ދެ ތަރިން ކައިވެނިކުރަން އޮތް ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެ ފަހަރަށް ކައިވެނި ލަސްކުރަން ޖެހުނެވެ.
ރިޗާ ބުނީ މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ކައިވެންޏަށް ތައްޔާރުވި ކަމަށާއި އެކަމަކު ކޮވިޑުގެ އާ ވޭރިއަންޓާއެކު އެ ތާރީހު ވެސް ފަސްކުރީ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ދިއްލީ އާއި މުމްބާއީގައި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާނެ އެވެ.
ފަޒަލް އާއި ރިޗާގެ ގުޅުން ފެށުނީ 2012 ވަނަ އަހަރު ފިލްމު 'ފުކްރޭ'ގެ ސެޓުންނެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން އެ ގުޅުން އާންމު ކުރި ފަހުން ދެ މީހުން އެކުގައި ބޭރު ތެރެއިން ގިނައިން ފެނެ އެވެ.
އެމީހުން ވަނީ ޗުއްޓީ އަށް ރާއްޖެ ވެސް އައިސްފަ އެވެ.
މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ފަޒަލް ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް