ކުރެހުމުގެ މައުރަޒު 'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އާޓް

ސާޗިން ފޮ ލޮސްޓް ޓައިމް: ފިލިޕް ލައުރެލާގެ ކުރެހުންތަކުން މުހިންމު މެސެޖެއް

26 ނޮވެމްބަރު 2022
ފިލިޕް ލައުރެލާ އޭނާގެ އެންމެ ފަހުގެ ކުރެހުމުގެ މައުރަޒު، 'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި ދައްކާލަނީ ހިތްގައިމު، ސާދާ ކުރެހުންތަކެއް
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓް ގެލެރީ މާލޭގައި ފެށި ކުރެހުމުގެ މައުރަޒު، 'ސާޗިން ފޮ ލޮސްޓް ޓައިމް' އަކީ އާޓިސްޓު ފިލިޕް ލައުރެލާގެ 36 ކުރެހުންތަކެއް ދައްކާލާ މައުރަޒެކެވެ. ރާއްޖޭގެ ނޫވިލު ފަޅުތަކުން އާއްމުކޮށް ފެންނަ ކުލަގަދަ މަސް އައިންތައް، އެކި ހިތްގައިމު ބައްޓަމަށް މޫދު އަޑީގައި ފަތާ މަންޒަރު އަދި ރާއްޖެއިން ފެންނަ ދޫނި އަދި ރަށުތެރޭގައި މީހުން އެކި މަސައްކަތުގައި ހަރަކާތްތެރިވާ ތަން ފެން ކުލައިން ދައްކާލަފަވެ އެވެ.

'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފްރާންސްގެ ފިލިޕް ލައުރެލާ، 81، އެންމެ ފުރަތަމަ ރާއްޖެ އައީ 1978ގަ އެވެ. ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަން ފެނި އަޖައިބުވެ ރާއްޖެއަށް ހިތްޖެހުނެވެ. ދެން ފިލިޕްގެ ކުރެހުންތަކަށް ހިޔާލު ހޯދަނީ ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކުންނާއި ރަށުތެރޭގައި ހެދޭ ފެހި ގަސްގަހާގެއްސާއި ނޫ ކަނޑުތަކާ އަދި އޭގައިވާ މަސްމަހާމެހިންނެވެ. މި މަންޒަރުތައް އޭނަ ކުރަހައި ކުލަޖައްސާފައިވަނީ ވަރަށް ސާދާ ސްޓައިލަކަށެވެ. އެ ސާދާ ސްޓައިލުން ގެނެސްދެނީ ހަމަހިމޭން މަޑުމައިތިރި އިހުސާސުތަކެކެވެ. ދިވެހިންނަށް އާއްމުކޮށް ފެންނަ މަސްމަހާމެހި އަދި އެކި ގުދުރަތީ އަޖައިބުތައް ބިދޭސީއެއްގެ ނަޒަރުން ދައްކާލަ އެވެ.

'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް' ހުޅުވަން ބޭއްވި ހަފްލާގައި ފިލިޕް ލައުރެލާ ބައިވެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

"އަޅުގަނޑު މި ގައުމަށް އައީ ރާއްޖެއަށް އޮންނަ ވަރަށް ބޮޑު ލޯތްބެއްގެ ސަބަބުން. އެކަމަކު މިހާރު މި ގައުމު ތަރައްގީވެ، ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެއީ އަޅުގަނޑަށް އެހާ ކަމުދާ ބަދަލެއް ނޫން. މި މައުރަޒަށް 'ސާޗިން ފޮ ލޮސްޓް ޓައިމް' ކިޔަން ޖެހުނީ ވެސް މިހެންވެ،" ފިލިޕް ބުންޏެވެ.

އޭނާގެ ހުރިހާ ކުރެހުންތަކުން ވެސް ފާހަގަކުރަނީ ރާއްޖޭގެ ނެތެމުންދާ ގުދުރަތީ ރީތިކަމާއި އިހުޒަމާނުގައި ރަށުތެރެއިން ފެނުނު އެއްބައިވަންތަކަމާއި ހިތްފަސޭހަ މަންޒަރުތަކެވެ. ފިލިޕް ރާއްޖެއަށް އައީ މީގެ 44 އަހަރު ކުރިންނެވެ. އޭރާ އަޅާބަލާއިރު މިހާރު ގިނަ ބަދަލުތަކެއް އައިސްފައިވާކަން އޭނަ ފާހަގަކުރި އެވެ. އުސް އިމާރާތްތައް ގިނަވެ، ތޮއްޖެހި، ތިމާވެށި ހަލާކުކުރުމަކީ ވެސް "ތަރައްގީގެ ބަޔަކަށް" ވެއްޖެ އެވެ. ފިލިޕް އެދެނީ މި މައުރަޒަށް އަންނަ މީހުން މިކަންކަމާ މެދު ފުންކޮށް ވިސްނާލުމަށެވެ.

'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
'ސާޗިން ފޮ ލޮސްޓް ޓައިމް'ގައި އާޓިސްޓު ފިލިޕް ލައުރެލާގެ ކުރެހުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފިލިޕް ވަނީ މީގެ ކުރިން ވެސް އޭނާގެ ކުރެހުމުގެ ހުނަރު އެކި މައުރަޒުތަކުން ދައްކާލައިފަ އެވެ. ރާއްޖޭގައި ދިރިއުޅެމުން އޭނަ ވަނީ ދިވެހިންނާ އެކު ގާތް ގުޅުމެއްވެސް ބަހައްޓާފަ އެވެ. އޭނަ ބުނި ގޮތުގައި، ދެން އޭނާ ދައްކާލާނެ ކުރެހުންތަކަކީ ވެސް ތިމާވެއްޓާއި ރާއްޖެއާ ގުޅުން ހުރި މަސައްކަތަކަށް ވާނެ އެވެ.

'ސާޗިން ފޮ ލޮސްޓް ޓައިމް' މައުރަޒު އާޓް ގެލެރީ މާލޭގައި ކުރިއަށްދާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް