Majlis 2024

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މަޓީ އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ: 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން އޮކްޓޫބަރު 3 ސަރުކާރު ބަންދުކޮށްފި

އެއީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރު
14 އޯގަސްޓު 2022

މި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ނުވަތަ ރަންޔޫބީލް ދުވަސްކަމަށް ވާތީ އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް ހުޅުވި 3 އޮކްޓޫބަރު 1972 ގަ އެވެ. މި އަހަރު ޓޫރިޒަމަށް 50 އަހަރު ފުރޭއިރު، އެކަން ފާހަގަކުރާނީ އަންނަ ނޮވެމްބަރު 11ގަ އެވެ.

ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނީ:

  • އޮކްޓޫބަރު ތިން ވަނަ ދުވަހު ސަރުކާރު ބަންދު ކުރަނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން 

  • އެ ދުވަސް ބަންދު ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަހުގެ މުނާސަބާގައި 

  • މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ ދުވަސް ކަމަށްވުމުން އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން

އެނގުން މުހިންމު - ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަން ރައީސް ސޯލިހު ނިންމެވީ މިދިޔަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް