Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލު ކުރުން (ފޮޓޯ/ސިމްޑީ)

ސިމްޑީ

ސިމްޑީ 'ވޯލްޑް ކަޕް ފިއެސްޓާ' ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލުކޮށްފި

ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި 'ސިމްޑީ އޮންލައިން' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، %30އާ ހަމައަށް ޑިސްކައުންޓު އަގުތަކުގައި ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލި
25 ޑިސެމްބަރު 2022

ގަތަރު ވޯލްޑް ކަޕަށް އަމާޒުކޮށްގެން ސިމްޑީން ކުރިއަށްގެން ދިޔަ 'ވޯލްޑް ކަޕް ފިއެސްޓާ 2022'ގެ ގްރޭންޑް ލަކީޑްރޯ ނަގައި، ބޮޑު އިނާމުތައް ލިބުނު ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި 'ސިމްޑީ އޮންލައިން' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، %30އާ ހަމައަށް ޑިސްކައުންޓް އަގުތަކުގައި ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލި އެވެ. އޭގެ ތެރޭގައި ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ކޮންމެ ހަފްތާއަކު ނެގި ލަކީޑްރޯތަކާއި ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯތައް ވެސް ހިމެނެ އެވެ.

ތަފްސީލު - މިއަދު ސިމްޑީ ރޭސޫ ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯ އިން ގުރުއަތުން ހޮވުނު ފަރާތްތަކާ އިނާމު ހަވާލުކޮށްދެއްވީ ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދުގެ އިތުރުން ސީނިއާ މެނޭޖަރު އެޗުއާރު އެންޑް ޑިވެލޮޕްމެންޓު އާމިނަތު ޝައްފާފާއި ސިމްޑީ ރެސޫގެ ސީނިއާ މެނޭޖަރު އަލީ މުރުތަލާ އެވެ.

  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލު ކުރުން (ފޮޓޯ/ސިމްޑީ)
  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލު ކުރުން (ފޮޓޯ/ސިމްޑީ)
  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލު ކުރުން (ފޮޓޯ/ސިމްޑީ)

ގްރޭންޑް ލަކީޑްރޯގައި ހޮވުނު ނަސީބުވެރިންނާއި ދިން އިނާމުތަކަކީ:

އެއް ވަނަ - އައިމަން އަހްމަދު ޝަހީމް، އިނާމަކީ އައިފޯން 14 ޕްރޯ 

ދެ ވަނަ - ހުސައިން ރިޒާ، އިނާމަކީ ޕީއެސް5 އަކާއި ފީފާ 23 ގޭމް

ތިން ވަނަ - ޝީރަޒް، އިނާމަކީ އިލީ ކޮފީ ބަންޑަލްއެއް (އެކްސް9 ކްރޯމް ކޮފީ މެޝިން، މިލްކް ފްރޮތާ، ކެޕްސޫލް، އެސްޕްރެސޯ ކަޕް އަދި ކަޕަޗީނޯ ކަޕްއެއް)

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯގެ އިނާމު ހަވާލު ކުރުން (ފޮޓޯ/ސިމްޑީ)

'ސިމްޑީ އޮންލައިން' އެޕްލިކޭޝަން

ގޫގްލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭ މި އެޕްލިކޭޝަނުން ސިމްޑީއިން ވިއްކާ 200 އަށް ވުރެ ގިނަ ބްރޭންޑްތަކުގެ 15،000އަށް ވުރެ ގިނަ އުފެއްދުންތައް ބަލައިލެވޭނެ އެވެ.

ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތައް ފަސޭހައިން ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިން ޓްރާންސެކްޝަން ހެެދުމުގެ އިތުރުން ކޭޝް ޓްރާންސެކްޝަން ވިޔަފާރި ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ފަސެހަ ވަގުތަކު، ޕްރޮޑަކްޓު ޑެލިވަރީ ކުރެވޭނެ އޮޕްޝަން ވެސް އެޕްލިކޭޝަންގައި ހިމެނެ އެވެ.

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ނަސީބުވެރިންނަށް މަރުހަބާ ކިޔުމާ އެކު އަންނަ އަހަރުގެ ތެރޭގައި ހަމަ މިފަދަ އަގުހުރި އިނާމު ލިބޭ ބޮޑެތި ޕްރޮމޯޝަންތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް