Majlis 2024

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ޝާހިދު އދ. ގެ ހެޑްކުއާޓަރުގައި ބައްދަލު ކުރައްވަނީ

އަބްދުﷲ ޝާހިދު

ޝާހިދު، މޯދީއާ ބައްދަލު ކުރައްވައި ތައުރީފް ކުރައްވައިފި

26 ސެޕްޓެމްބަރު 2021

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެމެރިކާގެ ނިއު ޔޯކުގައި ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މޯދީ މިއަދު އދ. ގެ ހެޑްކުއާޓަރަށް ވަޑައިގެންނެވުުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުގެ ފޮޓޯތަކާ އެކު ޝާހިދު ކުރެއްވި އެ ޓްވީޓްގައި ވިދާޅުވީ އޭނާ ޒައާމަތުގައި ގެންގުޅޭ "އުންމީދީ ރިޔާސަތު"ގެ އެޖެންޑާއަށް އިންޑިއާ ފުރިހަމައަށް އެއްބާރުލުން ދީ ތާއީދު ކުރަމުން އަންނާތީ އެކަމަށް މޯދީއަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

ޝާހިދު ވަނީ އދ. ގެ ކަންކަމަށާއި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެނގުން މުހިންމު - ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސްއަކަށް ގެނައުމަށް އެންމެ ބޮޑަށް ތާއީދުކޮށް މަސައްކަތް ކޮށްދިން އެއް ގައުމަކީ އިންޑިއާ އެވެ. ޝާހިދު އެ މަގާމަށް ހޮވުމާ އެކު އޭނާ އެންމެ ފުރަތަމަ ރަސްމީ ހައިސިއްޔަތުން ވަޑައިގެންނެވީ ވެސް އިންޑިއާއަށެވެ. އަދި އެ ދަތުރުފުޅުގައި ޝާހިދު ވަނީ ބޮޑުވަޒީރު މޯދީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް