Majlis 2024

އައިކެއާގެ 'ބައި މޯ، ސޭވް މޯ' ޕްރޮމޯޝަން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އައިކެއާ

އައިކެއާގެ ޕްރޮމޯޝަން: ނަންބަރު އައިނަކާ އެކު ގަންނަ އެއްޗަކުން %50 ޑިސްކައުންޓް

ދެ އައިނު ހެއްދުމުން ތިންވަނަ ޕްރޮޑަކްޓް ހިލޭ ލިބޭނެ
27 ނޮވެމްބަރު 2022

އައިކެއާ އިން 'ބައި މޯ، ސޭވް މޯ' ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

ތަފްސީލް - އަންނަ ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން:

  • ނަމްބަރު އައިނެއް ހެއްދުމުން ދެން ގަންނަ ޕްރޮޑަކްޓަކުން %50ގެ ޑިސްކައުންޓެއް ލިބޭނެ

  • ދެ އައިނު ހެއްދުމުން ތިންވަނަ ޕްރޮޑަކްޓް ހިލޭ ލިބޭނެ

މީގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި އައިކެއާ އިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. އެ ލަކީޑްރޯގެ އިނާމުތަކަކީ:

  • އެއް ވަނައަށް - އައިފޯން 14 ޕްރޯ މެކްސް 

  • ދެ ވަނައަށް - އެންމެ ފަހުގެ އެޕަލް އައިޕެޑެއް

  • ތިން ވަނައަށް - ފިޔަވަޅު ރިސޯޓް މޯލްޑިވްސްއަށް ދެ މީހަކަށް ދެ ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 21ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް