ތިލަފުށި: އެ ސަރަހައްދުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައި

ތިލަފުށި

ތިލަފުށި ބިންހިއްކުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެ މަޝްރޫއު ހަވާލުކުރީ މި މަހު 15ގައި
29 ޑިސެމްބަރު 2022

ރާއްޖޭގެ ސިނާއީ މައި 'ހަބް'ގެ ގޮތުގައި ތިލަފުށި ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފި އެވެ.

ބުނީ ކީކޭ؟ - ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖާ އިންޑަސްޓްރިއަލް މުހައްމަދު ޝާމިން ވިދާޅުވީ:

  • ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ތައްޔާރީތައް ވަނީ ވެފައި

  • ޑިސެމްބަރު 15ގައި އެއްބަސްވުމުގައި ސޮއިކޮށް، ޖެނުއަރީގައި މަސައްކަތް ފަށާނެ 

  • ތިލަފަޅު ހިއްކާނީ ތިން ބަޔަކަށް ބަހާލައިގެން؛ ފުރަތަމަ ފިޔަވަހީގައި 40 ހެކްޓަރު ހިއްކާނެ

  • ފުރަތަމަ ހިއްކާ ބައިގެ ބިންތައް ކުރިއަށް އޮތް 12 މަސް ތެރޭގައި ދޫކުރަން ނިންމާފައިވޭ

"ބިން ހިއްކާ ނިމުމުން ވިޔަފާރި އާއި އިގްތިސާދީ އެކި ކެޓަގަރީތަކަށް ބިން ޒޯން ކުރާނީ. ދެން ވިޔަފާރިތައް ފަށާ ދެން ހުރި ޒޯންތައް ވެސް މިގޮތަށް ގެންދާނީ. މުޅި މާސްޓާ ޕްލޭން ފުރިހަމަކުރުމަށް ތިން ހަތަރު އަހަރުގެ ޕްލޭނެއް އޮތީ." ޝާމިން ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތް ޗައިނާގެ ކުންފުންޏަށް ހަވާލުކުރީ ކިހާވަރެއްގެ އަގަކަށް ކަމެއް އެ ކުންފުންޏަކުން ނުބުނެ އެވެ.

15 ޑިސެމްބަރު 2022 ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ތިލަފުށި ތަރައްގީކުރާނެ ގޮތުގެ މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެނގުން މުހިއްމު - ރާއްޖޭގެ ސިނާއީ މައި 'ހަބް'ގެ ގޮތުގައި ތިލަފުށި ތަރައްގީ ކުރަން ނިންމާ، އެކަން ކުރާނެ ގޮތުގެ މާސްޓާ ޕްލޭނެއް މި މަހު 15 ގައި ސަރުކާރުން އިފްތިތާހު ކުރި އެވެ. އެ ޕްލޭންގެ ދަށުން ތިލަފުށީ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، ތިލަފުށީގެ ބިމާއެކު ތަރައްގީ ކުރަން ނިންމާފައި ވެއެވެ.

މިހާރު ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގެ ހުރިހާ ރަށަކާއި ތިލަފުށި ގުޅާލެވޭނެ އެވެ. އެއާއެކު މާލޭގެ މީހުން އުޅޭ ސަހަރައްދުގައި ކުރިއަށްދާ ސިނާއީ މަސައްކަތްތައް ވެސް ތިލަފުއްޓާއި ގުޅިފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް