ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގައި ފެޝަން ބްރޭންޑު މިސޯނީގެ އުފެއްދުންތަކެއް (ފޮޓޯ/ގްލޯބްޓްރެންޑާ ވެބްސައިޓު)

ފެޝަން

ބޮޑު ފެޝަން ބްރޭންޑު މިސޯނީގެ ފަރުމާތަކުން ރީތި ރަށް ރިސޯޓު ބަދަލުކޮށްލައިފި

އިޓަލީގެ މިސޯނީގެ މި ހާއްސަ އުފެއްދުންތަކުން ފެންނަނީ ރާއްޖޭގެ ނޫވިލު މޫދާއި ތިމާވެށީގެ ކުލަތައް
12 ޖެނުއަރީ 2023

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑު މިސޯނީގެ މަގުބޫލު ޑިޒައިންތައް ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ތައާރަފްކޮށްފި އެވެ. ހާއްސަ ޕާޓްނާޝިޕެއްގެ ދަށުން އާ އަހަރަށް އެ ރިސޯޓަށް ގެނައި މި ބަދަލުގައި، 'މިސޯނީ ނީއޯ ބީޗް ބުޓީކް' ހިމެނެ އެވެ. މީގެ އިތުރުން ރިސޯޓުގެ ކުޑަތަކާއި ގޮނޑިތަކާއި ބީޗް ތުވާލި އަދި ވޯޓާ ވިލާތަކުގައި، އެ ބްރޭންޑުގެ މަގުބޫލު ތުނޑުޖެހި ޑިޒައިން ވަނީ ބޭނުންކޮށްފަ އެވެ.

މިސޯނީގެ ސިގްނޭޗާ ތުނޑުޖެހި ޑިޒައިންތައް ފެއްސާއި ނޫ ކުލައިގެ އެކި ޝޭޑްތަކުން އެ ރިސޯޓުގެ ކުޝަންތައް، ލައުންޖާޒް، ޔޯގާ މެޓު އަދި ހާއްސަ ޕެޑްލް ބޯޑުތަކަކަށް ވެސް ވަނީ ގެނެސްފަ އެވެ. 

މިސޯނީގެ މި ހާއްސަ އުފެއްދުންތަކުން ފެނިގެންދަނީ ރާއްޖޭގެ ނޫވިލު މޫދާއި ތިމާވެށިން ފެންނަ ކުލަތަކުން ހިޔާލު ހޯދައިގެން ފަރުމާކޮށްފައިވާ ޑިޒައިނުތަކެކެވެ.

މިއީ ދުނިޔޭގެ ވަރަށް މަގުބޫލު އަދި އަގުބޮޑު ދެ ބްރޭންޑެއްގެ ގުޅުން ކަމަށް ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. 

އެ ރިސޯޓުގައި މި ޕްރޮޖެކްޓު ހިންގަނީ މިސޯނީ ހޯމް ކަލެކްޝަނުގެ ކްރިއޭޓިވް ޑިރެކްޓަރު އެލްބޭޓޯ ކަލިރި އެވެ. 'މިސޯނީ ރިޒޯޓު ކްލަބް'ގެ ނަން ދީފައިވާ މި ޕްރޮޖެކްޓުގެ އަމާޒަކީ ބައިނަލްއަގްވާމީ ގޮތުން މިސޯނީ ބްރޭންޑު ޕްރޮމޯޓު ކުރުމެވެ.

އެކި ގައުމުތަކުގައި މި ޕްރޮޖެކްޓު ހިންގަ އެވެ. މި އަހަރު މިސޯނީގެ ލައިފްސްޓައިލް ޕްރޮޖެކްޓު މި ދައްކާލަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް