Majlis 2024

ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ޝޯ ބްރިޖަޓަން (ފޮޓޯ/ ނެޓްފްލިކްސް)

ވިޔަފާރި މަޑުޖެހި ނެޓްފްލިކްސް އިން އަނެއްކާވެސް މުވައްޒަފުން މަދުކޮށްފި

އިގްތިސާދީ ހީނަރުކަމެއް ބޯމަތިވެފައިވާ ކަމުގެ ބިރާއި އެކު ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ދަނީ ވެއްޓެމުން

ވިޔަފާރީގެ ކުރިއެރުން މަޑުޖެހި، ސްޓްރީމިންގް ސިނާއަތުގެ ވާދަވެރިކަން އިތުރުވެފައިވާ ދުވަސްވަރެއްގައި ނެޓްފްލިކްސް އިން އަނެއްކާވެސް މުވައްޒަފުން މަދުކުރާކަން އިއުލާނުކޮށްފި އެވެ.

ނެޓްފްލިކްސް އިން އެކުންފުނީގެ ޖުމުލަ މުވައްޒަފުންގެ %4 ނުވަތަ 300 މުވައްޒަފުން ނުވަތަ މަދުކުރާކަން އިއުލާނުކޮށްފައި މިވަނީ މިދިޔަ މަހު ވެސް 150 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ.

އަދި މީ އެގާރަ އަހަރުތެރޭ ފުރަތަމަ ފަހަރަށް ނެޓްފްލިކްސް ސަބްސްކްރައިބަރުންގެ އަދަދު މިއަހަރު ފުރަތަމަ ކުއާޓަރުގައި ދަށަށް ދިޔަ ފަހުން އެކުންފުނިން މުވައްޒަފުން މަދުކުރާ ދެވަނަ ފަހަރެވެ.

ކުންފުނީގެ ވިޔަފާރި ކުރިއެރުން އަލުން އަނބުރާ ހޯދުމަށް ނެޓްފްލިކްސް އިން ދަނީ އިސްތިހާރުތަކާއި އެކު ސްޓްރީމްކުރެވޭ ހިދުމަތެއް ޓެސްޓުކުރަމުން ނެވެ. އަދި މީގެ އިތުރުން ކަސްޓަމަރުން އެކައުންޓުތަކުގެ ޕާސްވޯޑު ހިއްސާކުރުމާއި ދެކޮޅަށް ވެސް ނެޓްފްލިކްސް އިން ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ.

"ވިޔަފާރިއަށް ކުރަމުންދާ އިންވެސްޓުމަންޓުތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ކުންފުނިން މިފިޔަވަޅު އަޅަން ނިންމީ މަޑުޖެހެމުންދާ އާމްދަނީ އާއި އެއްވަރަށް ވިޔަފާރި ހަރަދުތައް ވެސް ބެހެއްޓުމަށްޓަކައި،" އިއްޔެ ނެޓްފްލިކްސް އިން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

ނެޓްފްލިކްސް އިން 300 މުވައްޒަފުން މަދުކުރުމާއި ގުޅޭ. (ވީޑިއޯ/ ޔާހޫ ފައިނޭންސް)

ދުނިޔޭގެ އެކި ކަންކޮޅުތަކުން 220 މިލިއަން ކަސްޓަމަރުން ހޯދާފައިވާ ނެޓްފްލިކްސް އަކީ ސްޓްރީމިންގް ސިނާއަތުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.  ނަމަވެސް ޑިސްނީ އަދި އެމެޒޯން ފަދަ ކުންފުނިތަކާއި އެކު ފާއިތުވެދިޔަ އަހަރުތަކުގައި ސްޓްރީމިންގް ސިނާއަތުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެލައްކަ ދަށަށް ދިޔަ ސަބްސްކްރައިބަރުންގެ އަދަދު ދެވަނަ ކުއާޓަރުގައި ދެމިލިއަނަށް އަރާނެކަމަށް ނެޓްފްލިކްސް އިން ވަނީ އަންދާޒާކޮށްފަ އެވެ.

އަދި ދުނިޔޭގައި އުފުލެމުންދާ މުދަލުގެ އަގުތަކާއި، ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ވެެރިވެފައިވާ ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރާ ގިނަ ކުންފުނިތަކެއްގެ ހިއްސާގެ އަގުތައް ދަނީ ހަލުވިކަމާއި އެކު ވެއްޓެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް