Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ފުލުހުންގެ ސައުތު ޑިވިޝަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝަމީމް (ފޮޓޯ/ޕޮލިސް)

ޒަޔާންގެ މަރު

ރިޝްވަތުގެ ތުހުމަތު ކުރެވޭ އައްޑޫ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ސ. ގަން ޕޮލިސް ސްޓޭޝަންގެ ބައެއް ފުލުހުންނަށް އާންމުން ކުރާ ރިޝްވަތުގެ ތުހުމަތުތައް ބަލަން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ވަނީ ފަށާފައި
28 ޖޫން 2022

މުހިންމު ނުކުތާތައް

އާންމުންގެ ފަރާތުން ސައުތު ޑިވިޝަންގެ ކޮމާންޑަރަށް ވަކިވަކި ފުލުހުންގެ ޝަކުވާ ލިބިފައިވޭ

ތުހުމަތު ކުރެވޭ ފުލުހުން، ޑިވިޝަންގެ ވެރިންނަށް އެނގޭ

ފުލުހުންނާ މެދު ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައި

އައްޑޫ ފޭދޫގެ ގޭންގަކުން އެ އަތޮޅުގައި މަސައްކަތް ކުރާ ބައެއް ފުލުހުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ފަށައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކުނު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - އައްޑޫ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކަކަށް ފަހު ޖޫން 2 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މަރާލި މައްސަލައިގައި ހައްޔަރު ކުރި އައްޑޫގެ 'މަގުއްދޫ ގްރޫޕް' އަށް ނިސްބަތްވާ ބަޔަކު ވަނީ އެ ސިޓީގައި ހަރަކާތްތެރިވާ ފުލުުހުން ރިޝްވަތު ނަގާ ކަމަށް ބުނެ ވަކިވަކި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއްކޮށްފަ އެވެ. އައްޑޫގެ ބައެއް އާންމުން ވެސް އެ ވާހަކަތަކަށް އެއްބަސްވެ އެފަަދަ ތުހުމަތުތައް އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންނަށް ކުރެ އެވެ.

އައްޑޫގައި ޖޫން 2 ވަނަ ދުވަހު ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21

އިތުރަށް ކިޔާލަން -

ތުހުމަތު ކުރެވޭ ފުލުހުން އެނގޭ؛ ހެކި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި

'ދައުރު'އިން އެ ތުހުމަތުތައް ރިޕޯޓް ކުރުމާ ގުޅިގެން ސައުތު ޑިވިޝަންގެ ކޮމާންޑަރު ޝަމީމް މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޝްވަތުގެ ތުހުމަތު ކުރެވޭ ފުލުހުންނަކީ ސީދާ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފުލުހުންގެ މައްސަލަ ފުލުހުންގެ އެތެރޭގައި ހުންނަ ނިޒާމްތަކުގެ ތެރެއިން ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ރީޖަނަލް ޕޮލިސްގެ ފަރާތުން ވެސް އަޅުގަނޑު ވާނީ އެދިފައި އަދި ސަމާލުކަމަށް ވެސް ގެނެސްފައި އިންޓާނަލް މެކޭނިޒަމްގެ ތެރެއިން އަދި އެ ފަރާތްތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ލެވެލްގައި ބަލަންވެސް އެބަ ބަލަން އެކަހަލަ އެއްވެސް ޝަކުވާތަކެއް ހުރިތޯ،" އޭނާ ވިދާޅުވި އެވެ.

މަގުއްދޫ ގުރޫޕުން ފުލުހުން ހަރަދު ކުރި ކަމަށް ގޮވިއިރު، ބައެއް ފުލުހުންގެ ނަމާ އެއްކޮށް ފައިސާ ދިން ކަމަށް ގޮވި އެވެ.

"އެ ނަންތައް [ރިޝްވަތު ހިފިކަމަށް ބުނާ ފުލުހުން] އެނގޭ. އެ ފުލުހުންނަކީ ތަހުގީގު ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފުލުހުންތަކެއް،" ޝަމީމް ވިދާޅުވި އެވެ.

"އެމީހުން [ފުލުހުން] މިހާތަނަށް ބަލާފައި ހުރި މައްސަލަތަކާއި އޭގެން ނުކުމެފަ ހުރި ނަތީޖާތަކަށް ވެސް އެބަ ބަލަން، އެކަހަލަ އެއްވެސް ކަމަކަށް ޝައްކު ކުރެވޭ ކަހަލަ ކަމެއް ހިނގާފައި އޮތްތޯވެސް... ހެކި ވެސް ހޯދަން މަސައްކަތް ކުރަމުން މި ދަނީ. އެއްވެސް ކަމެއް އޮވެއްޖެއްޔާ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން."

ޝަމީމް ވިދާޅުވި ގޮތުގައި އެ ފުލުހުންނާ މެދު ހުރީ ހަގީގީ ކަންބޮޑުވުންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ސަބަބަކީ މަގުއްދޫ ގުރޫޕުގެ އަތުގައި ފުލުހުންނަށް ރިޝްވަތު ދިން ކަމުގެ ހެކި ހުރި ކަމަށް ބުނި ނަމަވެސް އެފަދަ އެއްވެސް އެއްޗެއް އަދި ފުލުހުންނަށް ހޯދިފައި ނުވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި މިވަގުތު ތަހުގީގު މަރުހަލާގައި ހުރި އެއްވެސް ޑިވައިސްއަކުން އެއްވެސް އެއްޗަކުން އެކަހަލަ ކަމެއް ފެނުނަސް އެއާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން. އަދި ހާއްސަ ސަމާލުކަމެއް ދީގެން އެފަދަ އެއްޗެއް ހުރިތޯ  ވެސް ބަލާނަން،" އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ފޭދޫގައި އަދި ގަން ޕޮލިސް ސްޓޭޝަން ނިސްބަތްވާ އޭރިއާގެ ރައްޔިތުންނަށް [ޔަގީންކަން] ދޭން ބޭނުންވޭ، އެކަހަލަ އެއްވެސް ކަމެއް އުޅެންޏާ އަޅުގަނޑުމެން ބަލާނަން، އަދި އެކަން ރަނގަޅު ކުރާނަން، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިސްލާހު ކުރާނަން ކަމެއް އުޅެންޏާ."

ޝަމީމް ވިދާޅުވި ގޮތުގައި އައްޑޫގައި އުޅޭ ބައެއް ފުލުހުން ރިޝްވަތު ހިފާކަމުގެ އަޑުތަކަކީ އެ ރަށުން މީގެ ކުރިން ވެސް އިވޭ، އެހެން ނަމަވެސް ސާބިތު ނުކުރެވިފައިވާ ތުހުމަތުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ރައްޔިތުންގެ މެދުގައި އޮތް ދުވަސްވީ ކަންބޮޑުވުމެއް ކަމަށާއި އެ މީހުން ހައްޔަރު ކުރި ދުވަހު ބައެއް އިންވެސްޓިގޭޝަން އޮފިސަރުންނާ ދިމާލަށް ހަޅޭއްލަވައި، ރިޝްވަތު ދިން ވާހަކަ ބުނި ކަމަށެވެ.

"އަޅުގަނޑުވެސް އަޑުއެހިން އެގޮތަށް ބުނި އަޑު. ފުލުހުންގެ ތެރޭގައި ތިބި ބައެއް މީހުންނަކީ އެމީހުން ހަރަދު ކުރާ ބައެއް ކަމާއި އެމީހުންނަށް އެއްޗެހި ދޭ ކަމާ، މިގޮތަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި ވެސް ތަފާތު ރައްޔިތުން އެބަހުރި މި ކޮންސާން ރެއިސްކޮށްފައި. އެކަމަކު ވެސް، އަޅުގަނޑުމެން މީހުން ކައިރިއަށް ގޮސްފައި ވެސް އެދިއްޖެއިން، އަޅުގަނޑުވެސް ޕާސަނަލީ ގޮސް އެ ކޮންސާން ރެއިސް ކުރި ފަރާތްތަކުގައި ވެސް ބުނެފިން، އެއްވެސް އެވިޑެންސެއް، އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ ހިއްސާކޮށްދޭށޭ. ހަމަ ވަގުތުން އެކަމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނަމޭ."

އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ވެސް ހުންނަކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ވެސް ހެކި ހޯދައި ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ.

ޒަޔާން މަރާލި މައްސަލައިގައި ތަހުގީގަށް ހައްޔަރު ކުރި މީހުން ފުލުހުން ރިޝްވަރު ހިފާފައިވާ ކަމަށް ތުހުމަތު ކުރަމުން ބުނެފައި ވަނީ އެ މީހުން ފުލުހުންނަށް ފައިސާ ފޮނުވިކަމުގެ ހެކި ނުވަތަ ޓްރާންސްފާ ސްލިޕްތައް ވެސް އެބަހުރި ކަމަށް ބުނަމުންނެވެ. އަދި ކޯޓަށް ވައްދައިފިނަމަ ގާޒީގެ އަރިހުގައި އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މީހުން ހަޅޭއްލަވަމުން ބުނެފައިވެ އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އެގޮތަށް އިންޒާރު ދިން ނަމަވެސް ކޯޓުގައި އެ މީހުން އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ.

"ފަނޑިޔާރަކަށް ވެސް އެއްވެސް އެއްޗެއް ހުށަހަޅާފައެއް ނެތް. އަދި އަޅުގަނޑުމެންނަށް ވެސް އެއްވެސް އެއްޗެއް ހިއްސާކޮށްފައެއް ނެތް މިހާތަނަކަށް،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އެ ކޮންސާން އަޅުގަނޑުމެންގެ ވެސް އެބައޮތް. މި ޕޮލިސިން އަށް ރައްޔިތުން ކުރާ އިތުބާރާއި ރައްޔިތުންގެ އޮންނަ ޔަގީންކަމާ ދޭތެރޭ ޝައްކު އުފެދޭނެ ކަމަކަށް ވާތީ."

އައްޑު އަތޮޅުގެ ގަން (ދުރުގައި). (ދައުރު ފޮޓޯ/އަލީ ރަފީގް)

ތަހުގީގުން ރަނގަޅު ނަތީޖާއެއް ނެރޭނަން؛ ޖެހިލުންވާ ބަޔަކު ނުތިބޭނެ

ޒަޔާން މަރާލި މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބަންދުގައި ތިބީ:

  • ޖުމުލަ ހަތް މީހުން

  • އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންވެސް ހިމެނޭ

ޝަމީމް ވިދާޅުވީ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ތަހުގީގުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމަށް ޓަކައި އެ މަސައްކަތް ކުރަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތައް ގުޅިގެންނެވެ.

"އެކަށީގެންވާ ކުރިއެރުންތަކެއް ތަހުގީގުގެ ތެރެއިން އެބަ ލިބޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރަން މި ތަހުގީގުގެ ނަތީޖާ ހަމަ ވަރަށް ރަނގަޅަށް ނުކުމެގެން ދާނެ ކަމަށް، މީގައި އިންސާފު ގާއިމު ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ތަކުރާރުކޮށް ވިދާޅުވީ ކޮންމެ މީހަކާ މެދު ވިޔަސް، ކުށެއް ކޮށްފިނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ސައުތު ޕޮލިސް ރީޖަން އަދި އައްޑޫ ޕޮލިހުގެ ފަރާތުން ޖެހިލުންވާ އެއްވެސް ބަޔަކު ނުތިބޭނެ. އަޅުގަނޑުމެން އެއްވެސް ބައެއްގެ ދަށުވެފައެއް ނުތިބޭނެ،" ޝަމީމް ވިދާޅުވި އެވެ.

"އެފަދަ ފުލުހެއް ނުވަތަ އެފަދަ ކަމެއް އޮތަސް އެ ހުރަސް ނައްތާލާފައި ކުރިއަށްދާނަން. ގާނޫނަށް ވުރެ ހަމަ އެކަކަށް ވެސް މަތީގައި ނޫޅެވޭނެ. އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް، ކޮންމެ މީހަކާ ދޭތެރޭ ވިޔަސް އަޅާނަން. މި ފެށުނު މަސައްކަތުން ނުރައްކާތެރި ގުރޫޕު ހަދައިގެން މި ހިންގާ ނުރައްކާތެރި ކުށްތައް ކުޑަކޮށްފައި މި މީސްމީހުންނާ ދޭތެރޭ އެކަށީގެންވާ ތަހުގީގެއް ހިންގި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން."

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް