ސިންގަޕޫރުގެ ސަފީރަކަށް ހަމަޖެއްސެވި ތަސްމީން. (ފޮޓޯ/ މިިނިވަން ނޫސް)

ސިންގަޕޫރުގެ ސަފީރަކަށް ތަސްމީން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

މިހާރު ސިންގަޕޫރު ސަފީރަކަށް ހުންނަވާ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖައްސަން ނިންމާފައި ވަނީ ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވީ ކިހިނެއް؟ - ތަސްމީން ސިންގަޕޫރުގެ ސަފީރު ކަމަށް ހަމަޖެއްސުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ މި މަހުގެ 15ގަ އެވެ. ތަސްމީނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި:

  • ރުހުން ދިނުމަށް ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި

  • ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

ތަފްސީލު - ސިންގަޕޫރުގެ ސަފީރަކަށް ހަމަޖެއްސެވި ތަސްމީން ވަނީ، ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، 2013ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ އިންތިހާބަށް ފަހު، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން އޭނާއަކީ އެ ޕާޓީގެ މެންބަރެކެވެ. އޭނާ ވަނީ ކުރިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ތަސްމީން މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިއާގަ އެވެ. އޭނާގެ އަނބިކަބަލުން، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު ވިސާމް އަލީ މިިދިޔަ އެޕްރީލް މަހު އަމިއްލައަށް އިސްތިއުފާ ދެއްވުމާ ހަމައަށް ހުންނެވީ ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.

އެނގުން މުހިއްމު - މިހާރު ސިންގަޕޫރު ސަފީރަކަށް ހުންނަވާ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖައްސަން ނިންމާފައި ވަނީ ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށެވެ. އެކަމަކު ޝަހީބަށް ރުހުން ދިނުމުގެ މައްސަލައަކަށް މިއަދު ވޯޓަކަށް ނާހަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް