ޝަންހާއީ ހޮސްޕިޓަލެއްގައި ބަޔަކު ކޮވިޑް ޓެސްޓް ހެދުމަށް ކިޔޫގައި. (ފޮޓޯ/ ރޮއިޓާސް)

ޗައިނާ

ޝަންހާއީގައި ކޮވިޑް ފެތުރޭތީ 9 ދުވަހަށް ލޮކްޑައުން ކުރަނީ

މުޅި ޗައިނާގައި ހޮނިހިރު ދުވަހު ވަނީ 4،448 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި

ޗައިނާގެ ވިޔަފާރިއާ ބެހޭ މައި މަރުކަޒު، ޝަންހާއީގައި ކޮވިޑް ފެތުރޭ ވަރު މައްޗަށް ދާތީ އެ ސިޓީ ދެ ބަޔަކަށް ބަހާލައިގެން ކޮވިޑަށް ޓެސްޓް ކުރުމަށް ނުވަ ދުވަހުގެ މުއްދަތަކަށް އެ ސިޓީ ލޮކްޑައުންކުރަން ނިންމައިފި އެވެ.

ޝަންހާއީގެ އޮފިޝަލުން އިއްޔެ ވިދާޅުވީ ކޮވިޑް ޓެސްޓް ހެދުމަށް ޝަންހާއީ ދެ ބަޔަކަށް ބަހާލާނެ ކަމަށެވެ. އެއީ ހަންގޫޕް ކޯރު އެއީ ދެ ބައި ބައިކުރާ ރޮނގު ކަމަށް ބަލައިގެން ކަމަށެވެ. ކޯރުގެ އިރުމައްޗާއި ކޯރުގެ ހުޅަނގު ފަރާތުން ބައެއް ބަންދުކުރާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށެވެ. ދެން ހުރި ބައިތައް އަންނަ މަހުގެ 1-5އަށް ބަންދުކޮށް ޓެސްޓް ކުރާނެ އެވެ.

ޝަންހާއީ ސަރުކާރުން ބުނީ ލޮކްޑައުންގެ މުއްދަތުގައި އާންމު ދަތުރުފަތުރުގެ ނެޓްވޯކްގެ ހިދުމަތާއި ހުއްދަ ނެތް ވެހިކަލްތަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ކުންފުނިތަކާއި ފެކްޓަރީތަކުގެ އުފެއްދުންތައް ވެސް ހުއްޓާލަން ޖެހޭނެ ކަމަށާއި ނުވަތަ މަސައްކަތް ކުރަން ޖެހޭނީ އެކަހެރިވެ ތިބެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި ހުއްދަ ދޭނީ ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކާއި އާންމު ހިދުމަތް ދޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޝަންހާއީގައި ކޮވިޑް ވަރަށް ބާރަށް ފެތުރެން ފެށިތާ ވަނީ މަސް ދުވަސްވެފަ އެވެ. ހޮނިހިރު ދުވަހުގެ ރެކޯޑްތަކަށް ބަލާއިރު ޗައިނާގައި ފުރަތަމަ ކޮވިޑް ފެތުރުނު ވަރާ އެއްވަރަށް މިހާރު ކޮވިޑް ފެތުރެމުން އެބަދެ އެވެ. ޝަންހާއީގައި އެކަނި ވެސް ވަނީ 2،631 މީހަކަށް ކޮވިޑް ޖެހިފަ އެވެ.

ދުނިޔޭގެ ނިސްބަތުން ޝަންހާއީގައި ކޮވިޑް ފެތުރޭ ވަރަކީ އެހާ މަތީ އަދަދެއް ނޫނެވެ. ނަމަވެސް އެ ސިޓީގެ 26 މިލިއަން މީހުން ޓެސްޓް ކުރަނީ ޗައިނާގައި ކޮވިޑް ޖެހިފައިވާ މިންވަރު ސުމަކަށް ގެނައުމަށެވެ.

އިގްތިސާދާއި ވިޔަފާރިއަށް ހީނަރުކަން އަތުވެދާނެތީ މީގެ ކުރިން ޝަންހާއީ އެއްކޮށް ބަންދުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޝަންހާއީގެ މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގެ 14 މިލިއަން މީހުން އެންޓިޖެން ޓެސްޓް ހަދާފައިވާ ކަމަށެވެ.

މުޅި ޗައިނާގައި ހޮނިހިރު ދުވަހު ވަނީ 4،448 މީހަކު ކޮވިޑަށް ޕޮސިޓިވްވެފަ އެވެ. އޭގެ ކުރީ ދުވަހު އެ އަދަދު އުޅުނީ 4،430ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް