ސްޓީވަން ސެލްވަމޫތޫ، ޝެފުންނާ އެކު. (ފޮޓޯ/ބީބީއެމް)

ބީބީއެމް

'އިރެކްސް'ގެ މާސްޓާ ޝެފު ރާއްޖޭގައި ތަމްރީނުތަކެއް ހިންގަނީ

ސްޓީވަން ރާއްޖެ ވަޑައިގަތީ 'އިރެކްސް'ގެ ރާއްޖޭގެ ވިޔަފާރި ޕާޓްނަރު ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ދައުވަތަކަށް

ބޭކިންއަށް ބޭނުންވާ ތަކެތި އުފައްދާ ޖަރުމަނުގެ މަޝްހޫރު 'އިރެކްސް' ކުންފުނީގެ ޓެކްނިކަލް އެޑްވައިޒަރު، ޝެފް ސްޓީވަން ސެލަވްމޫތޫ ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަން ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ސްޓީވަން ރާއްޖެ ވަޑައިގަތީ ދެ ހަފުތާގެ މުއްދަތަކަށެވެ. 'އިރެކްސް'ގެ ރާއްޖޭގެ ވިޔަފާރި ޕާޓްނަރު ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)އިން ބުނީ ސްޓީވަން ރާއްޖޭގައި ހޭދަކުރައްވާ މުއްދަތުގައި ތަމްރީނު ސެޝަންތަކެއް ހިންގުމުގެ އިތުރުން 'އިރެކްސް'ގެ ޑެމޯތަކެއް ވެސް ދައްކާލައްވާނެ ކަމަށެވެ.

ތަފްސީލު - ސްޓީވަން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެން، ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ރިސޯޓުތަކުގެ ޝެފުންނަށް މިފަދަ ސެޝަންތައް ހިންގަވައި އޭނާގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ.

ފާއިތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި 'އިރެކްސް'ގެ އުފެއްދުންތަކަށް ރާއްޖޭގައި މަސައްކަތް ކުރާ ޝެފުންގެ އިތުބާރު ވަނީ ލިބިފަ އެވެ. އަދި މިފަދަ ތަމްރީނު ސެޝަންތަކުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭކަން ފާހަގަކުރެވޭ ކަމަށް، ޝެފުންނާ ހަވާލާދީ ބީބީއެމްއިން ބުންޏެވެ.

އިރެކްސް

ޖަރުމަނުގެ 'އިރެކްސް' އަކީ ޕާން ފިހުމާއި ފުށުގެ ބާވަތްތަކުން ތައްޔާރުކުރާ އެހެނިހެން ފޮނިކާތަކެއްޗާއި އެފަދަ ތަކެތި ހެދުމަށް ބޭނުންވާ ފެންވަރު ރަނގަޅު އިންގްރީޑިއެންޓްސް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނިން އުފައްދާ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • އިމްޕްރޫވާ

  • މިކްސް

  • ސަވަޑޯ

  • މޯލްޓް

އިރެކްސްއިން 90 އަށް ވުރެ ގިނަ ގައުމުގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެ އެވެ.

ބެސްޓްބައި މޯލްޑިވްސް

ބީބީއެމް އަކީ ހޮޓާ، ރެސްޓޯރެންޓް، ކެފޭ އަދި ރިސޯޓުތަކުގެ އިތުރުން، އާންމު މާކެޓަށް ބޭނުންވާ ކާބޯތަކެއްޗާއި އިންގްރީޑިއެންޓްސް ފަދަ ތަކެތި ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް، މާކެޓުކުރާ ކުންފުންޏެކެވެ. 

'އިރެކްސް' ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ އުފެއްދުންތައް ބީބީއެމްއިން ރާއްޖޭގައި ވިއްކަ އެވެ. އޭގެ ތެރެއިން ބައެއް ބްރޭންޑްތަކަކީ:

  • ޔުނިލިވާ

  • ލޭމްބް ވެސްޓަން

  • ޓީޑަބްލިއުޖީ

  • ސަން ބެނެޑެއްޓޯ

  • ރަވީ ފްރުޓް

  • ފޮންޓާނާ

  • އަރިޒްތާ

  • ހާވީ ފްރެޝް

އެ ބްރޭންޑުތަކުގެ އުފެއްދުންތައް ސަޕްލައި ކުރުމުގެ އިތުރުން، ބީބީއެމްއިން ގަވާއިދުން އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތް ދައްކާލުމާއި ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް އެ ކުންފުނިން ވިއްކާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރެ އެވެ.

ބީބީއެމްގެ 'މާސްޓަކްލާސް' ސީރީޒްގެ ދަށުން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޝެފުންނާއި މި ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ގެނެސް އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތް ދައްކާލުމުގެ ސެޝަންތައް ކުރިއަށްގެންދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް