Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރުއްތައް ހިމެނޭ ތޮއްޑޫގެ މަޝްހޫރު މަގު: ތޮއްޑޫގެ ފެހިކަމުގެ ވަރަށް ބޮޑު ބައެއް ރުއްގަސް ނެގުމުން އުނިވި

ތިމާވެށި

ދައުލަތުން ރުއްގަސް 'ފޭރުން': ތޮއްޑޫގެ މާޒީއަކީ އޭގެ ހެއްކެއް

މި ރަށުން 75،000 އަށް ވުރެ ގިނަ ރުއްގަސް ނަގައިގެން ގެންދިޔައީ ސަރުކާރުގެ ރުހުމާ އެކު
26 ސެޕްޓެމްބަރު 2022
1

މުހިންމު ނުކުތާތައް

ތޮއްޑޫ މީހުން ބުނާ ގޮތުގައި އޭގެ ސަބަބުން ބައެއް ހިސާބުތަކުން ރަށް ގިރުން ބޮޑު

ރުއްގަސް ނަގައިގެން ގެންގޮސް އިންދީ ހުޅުމާލެ އާއި ރީތި ރަށް ރިސޯޓްގައި

އޭރު ވެސް ރަށުގެ ބައެއް މީހުން އެކަމާ ޝަކުވާކޮށް ހެދި

އއ. ތޮއްޑޫ - މި ރަށަށް ލިބިފައިވާ މުއްސނދިކަމަކީ ބަލާ ފޫހިނުވާނޭ ފަދަ ފެހިކަމެވެ. މި ފެހިކަމުން ނުކުންނަ ފޮނި މޭވާ އެވެ. އެ ފެހިކަމުގެ ހިޔާ ހޯދަން އެތައް މޭލެއް ކަޑައްތުކޮށް އެކި ބައްރުތަކުން މީހުން ޖަމާވެ އެވެ. އއ. އަތޮޅުގެ އެހެން ރަށްތަކާ މުޅިން އެކަހެރިކޮށް އޮންނަ މި ރަށުގެ މި ފެހިކަމާ ނުލާ މި ރައްޔިތުންގެ ދިރިއުޅުން ވަރަށް ދަތިވީހެވެ. 

މި ރަށުގެ މީހުން ބުނާ ގޮތުގައި މީގެ 18 ވަރަކަށް އަހަރު ފަހަތަށް ދާއިރު މި ރަށުގެ އެ ފެހިކަން އަދި މާ ގަދަ އެވެ. މި ރަށުގެ ދުވަސްވީ މީހުން ބުނާ ގޮތުން ނަމަ ރަށުގެ އެ ފެހިކަމުގެ ވަރަށް ބޮޑު ބައި އެ މީހުންގެ އަތުން ވަނީ ނިގުޅައިގެންފަ އެވެ. ނުވަތަ ފޭރިގެންފަ އެވެ. އެކަން ކުރީ ދިވެހި ދައުލަތް ނުވަތަ ސަރުކާރުން ރާވައިގެންނެވެ. އެ މީހުން ބުނާ ގޮތުގައި އެކަން ކުރީ ވެރިރަށް، މާލޭ ސަރަހައްދަށް ތަރައްގީ ގެނެސް ރީތިކުރުމުގެ ނަމުގަ އެވެ.

"ހުޅުމާލެ، ރީތި ރަށް ރިސޯޓް މި ހުރިހާ ތަނެއްގައި ޖަހާފައި ހުރި ގިނަ ރުއް، ގަސް އެއީ މި ރަށުން ނަގައިގެން ގެންދިޔަ އެއްޗިހި. ބޮޑެތި ކޮޅުވެއްޓީގައި އައިސް އޭރު ހާހުން އެއްފަހަރާ ރުއްގަސް ކަހާލައިގެން ކަހަލަ ގޮތަކަށް ގެންދިޔައީ. އެ ތަންތަނުން އެ ފެންނަނީ މި ރަށުގެ ފެހިކަން،" 2004 ވަނަ އަހަރު ތޮއްޑޫން ރުއްގަސް ނަގައި، ބޭރު ކުރިއިރުގެ ހަނދާންތައް އާކުރަމުން ރަށު މީހަކު ކިޔައިދިނެވެ.

ތޮއްޑޫގެ މަޝްހޫރު ރުއްގަނޑު (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ތޮއްޑޫގެ ބައެއް މީހުން ސިފަކުރާ ގޮތުގައި ރުކާއި ގަސް ނަގައިގެން ގެންދިޔުމަކީ އޭރުގެ ސަރުކާރުން ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގި ކަމެކެވެ. އެކަން ކުރީ ސަރުކާރުގެ ރުހުމާއި ހުއްދަ ވެސް އެކަމަށް އޮވެގެންނެވެ. މި ރަށު މީހުން ކިޔައިދޭ ގޮތުން ނަމަ އެކަން ކުރަން ރަށުގެ ގިނަ އާންމުންގެ ރުހުމެއް އޭރަކު ނެތެވެ. އެކަމަކު އޭރު ކަންކަން އޮންނަ ގޮތުން ރައްޔިތުން ކިތަންމެ ނުރުހުނަސް ސަރުކާރުން ބޭނުން ކަންކަން ކުރެ އެވެ. އެގޮތުން މި ރަށުން ރުކާއި ގަސް ނަގައިގެން ގެންދިޔައީ "ބައެއް މީހުން ހަޅޭއްލަވައި ނުރުހުން ފާޅުކުރަމުން ދަނިކޮށް" ކަމަށް ވެސް މި ރަށުގެ މީހުން ބުނެ އެވެ.

"ހަމަ އޭރުގެ ދުވަސްވީ މީހުން ހަމަ ހަޅޭއްލަވައި އެއްޗިހި ވެސް ކީ އެކަން ކުރަމުން ދިޔައިރު. އެއީ މި ރަށުގެ އާންމުންގެ ރުހުމުގައި ކުރި ކަމެއް ނޫން. އޭރު ވެސް އޭގެ ގެއްލުމުގެ ވާހަކަ ކާފަމެން ދައްކާ އުޅޭ. އެކަމަކު އެހާ ގަދަޔަށް އެވާހަކަ ދައްކާކަށް އޭރު ނުކެރޭ،" ތޮއްޑޫ މީހަކު ބުންޏެވެ.

އޭނާ ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 75،000 ރުއް މި ރަށުން ނެގި އެވެ. އަދި ރަށުގެ ހޭޅިފަށުން ފުނަގަހާއި އެހެން ވެސް ބާވަތްތަކުގެ ގަސްތައް މުލުން ލުހެލައިގެން ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މި ރަށުން ގެންދިޔަ ރުއްގަހުގެ އަދަދު ލައްކައަކާ ގާތްކުރުން ކައިރި އެވެ.

ތޮއްޑޫގެ ރުއްތަކާއި ފެހިކަން: މިއީ މި ރަށަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު ސަބަބު (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)

މި ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެހާ ގިނަ ރުކާއި ގަސް ރަށުން ނެގި ފަހުން ރަށުގެ ގުދުރަތީ ވެއްޓަށް ވެސް ވަނީ ބަދަލުތައް އައިސް ގެއްލުންތައް ވާން ފަށައިފަ އެވެ.

ރަށުގެ ވަށައިގެން މިހާރު އޮންނަ މަގަކީ އޭރު ނެގި ރުކާއި ގަސްތައް ރަށުން ބޭރުކުރަން ފަސޭހައަކަށް ހެދި މަގެއް ކަމަށް ބައެއް މީހުން ބުންޏެވެ. އެކަމަކު އެ މަގު ހެދުމާ އެކު ރަށުގެ ބައެއް ދިމާތައް މިހާރު ކުރިއަށް ވުރެ ބޮޑަށް ގިރަ އެވެ. ސަބަބަކަށް ވަނީ މީގެ ކުރިން ހޭޅިފަށާާއި ބިޔަ ޖަންގަލި ގުޅިފައި އޮތުމުން އޭރު ރަށުގެ ފަސްގަނޑު ވަރުގަދަކޮށް އޮތް ނަމަވެސް ރުކާއި ގަސްތައް ނަގައި މަގު ހެދުމުން ހޭޅިފަށުގައި ހުންނަ ގަސް މަދުވެ ފަސްގަނޑު ދޫވުމެވެ. 

"އޭރު ރުއް ނެގި ދިމާތަކުން މަގުތައް ހެދީ. އެ ދިމާތައް އެހެރީ ވަރަށް ބޮޑަށް ގިރާފައި،" ރަށު މީހަކު ބުންޏެވެ.

މިފަހުން ރަށަކުން ރުއްތަކެއް ނަގައިގެން ގެންދަނީ: މިކަމަށް ހުއްޓުމެއް ނެތް (ފޮޓޯ/ ޕީއެސްއެމް)
ރަށަކުން ރުއްތަކެއް ނަގައިގެން ކޮޅުވެއްޓިއެއްގައި ގެންދާ މި މަންޒަރު ފެނިފައި އެތައް ބަޔަކު ރުޅިއާދޭ 

ތިމާވެށީގެ މައްސަލަތައް ދިރާސާކުރައްވާ އެކްޓިވިސްޓެއް ކަމަށްވާ ހުމޭދާ އަބްދުލް ގަފޫރު (ހުމޭ) މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުން ރުކާއި ގަސް ނަގައިގެން ގެންދިއުމަކީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުން އެ ރަށްތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތަށް އެކަން ކުރާ ނަމަ ރަށްރަށުގެ ފަސްގަނޑު ދޫވެ ރަށް ގިރައިގެން ދިޔުމާއި ފެން ބޮޑުވުން ފަދަ ގުދުރަތީ ކާރިސާތަކަށް ރަށްރަށް ހުށަހެޅޭ މިންވަރު ބޮޑުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާގެ ނަޒަރުގައި ރަށްރަށުން ގަސް ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

"ތަންތަން ހިއްކައި އެތަންތަން ފެހިކުރަން ރުކާއި ގަހަށް ޑިމާންޑެއް އުފެއްދުމަކީ މިއީ ވަރަށް ސީރިއަސް ކަމެއް. އެއީ ނަގާ ކޮންމެ ގަހަކީ، ރުކަކީ ރަށުގެ ފަސްގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" ހުމޭދާ ވިދާޅުވެފައިވެ އެވެ.

މާލޭގެ އަމީނީ މަގު ހަދަން އެ މަގުގެ ބޮޑެތި އަދި ގިނަ ދުވަސްވީ ގަސްތައް ނަގައި، ހިއްކައިގެން ހަދާފައިވާ ޕިކްނިކް ރަށް ކުޑަގިރިއަށް ގެންދަން މަސައްކަތް ފެށުމާ އެކު އެ ބަހުސް ވަނީ އަނެއްކާވެސް ބޮޑުވެފަ އެވެ. ހިއްކާ ރަށްރަށް ފެހިކުރަން މި ޖެހެނީ އެހެން ރަށްރަށް ހަލާކުކުރާށެވެ. އެކަމަކު ރަށްރަށުގެ ރުކާއި ގަސްކޮޅު "ފޭރިގަތުމަކީ" މިއަދު ވީ ކަމެއް ނޫންކަން، ތޮއްޑޫގެ ތަޖުރިބާއިން އެނގެ އެވެ.

މި ރަށުގެ ވާހަކައިގެން ދަލީލު ކުރަނީ މިއީ ދިވެހި ދައުލަތުގެ ރުހުމުގައި ހިންގާ ފަނާކުރުމުގެ ނުބައި ބޮޑު އަމަލެއް ކަމެވެ.

ކޮމެންޓް (1)

ނޫސްބަޔަަަ

26 ސެޕްޓެމްބަރު 2022
ހަމަ އަސްލުވެސް. ޜަށުން މޮޅި ރުއްގަސް ގެންގޮސް މާލެ މަިހުން ބާކޮއްފަހަ ހުއްނަ މުދާ ރައްރަށަޢް. ޢޭގެ ހެއްކެއް އެއީ އޭޓީއެމް ތައް. ނުދޭނެ އައު އެއްޗެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް