Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މާލޭގެ މަގެއްގެ މަތީގައި ބޮޑު ސްކްރީން ބަހައްޓައި ވޯލްޑް ކަޕްގެ މެޗުތައް ދައްކަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ވޯލްޑް ކަޕް

ވޯލްޑް ކަޕަށް ރިސޯޓުތަކުން ދައްކަން ޖެހޭ އަގު ބޮޑުވުމުގެ ޝަކުވާ ގިނަވެއްޖެ

ބައެއް މުވައްޒަފުން ޝަކުވާ ކުރި ގޮތުގައި، ބައެއް ރިސޯޓުގައި މެޗުތައް ނުދައްކާތީ އެ ބަލަން ދާން ޖެހެނީ ކައިރި ރަށްތަކަށް؛ މަޓީން މިހާރު ވަނީ ބްރޯޑްކޮމްއަށް ވެސް ޝަކުވާ ހުށަހަޅާފައި

ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅި އަގުތައް ބޮޑު ކަމަށް ބުނެ، ބައެއް ރިސޯޓުތަކުން މެޗުތައް ނުދައްކާތީ މުވައްޒަފުންގެ ޝަކުވާއާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެއާ އެކު، އަގުގެ މައްސަލައިގައި މަޓީން މިހާރު ވަނީ ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބްރޯޑްކޮމް)އަށް ވެސް ޝަކުވާ ހުށަހަޅާފަ އެވެ.

އެނގުން މުހިއްމު - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ނިންމާފައި ވަނީ އެ ކުންފުނީގެ އަމިއްލަ ޗެނަލް، އައިސް ނެޓްވޯކުގެ އިތުރުން، ރާއްޖެ ޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.

ރިސޯޓުތަކާއި ހޮޓާތަކުން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އޭގެ ދަށުން އަގު ނަގަނީ، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށެވެ. 

މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާއިރު:

  • 100 ކޮޓަރިއަށް ވުރެ މަދު ރިސޯޓުތަކުން އޮކިއުޕެންސީ %75ގައި އުޅޭ ނަމަ، ވޯލްޑް ކަޕް ދައްކަން 4،800 ޑޮލަރު  ދައްކަން ޖެހޭނެ

  • އެކަމަކު ރާއްޖޭގައި ގިނައީ 150 ކޮޓަރިއަށް ވުރެ ގިނަ ރިސޯޓުތަކަށް ވާތީ އަދި އޮކިއުޕަންސީ %65ގައި އުޅޭތީ، އެ ރިސޯޓުތަކުން ވޯލްޑްކަޕް ބެލުމަށް ގާތްގަނޑަކަށް 10،000 ޑޮލަރު ދައްކަން ޖެހޭނެ

ވީ ކިހިނެއް؟ - އަގުގެ މައްސަލައިގައި ގިނަ ރިސޯޓުތަކުން ޝަކުވާ ކުރި ނަމަވެސް، ވޯލްޑް ކަޕް ބެލުމަށް އެ މީހުން ފައިސާ ދެއްކި އެވެ. އެކަމަކު މަދު ރިސޯޓުތަކުން އަދި އަލަށް މީޑިއާނެޓްގެ ހިދުމަތް ހޯދުމަށް ހުށަހެޅި ބައެއް ރިސޯޓުތަކުން ވަނީ އަގު ބޮޑު ކަމަށް ބުނެ ހިދުމަތް ހޯދުމަށް ދެކޮޅު ހަދާފަ އެވެ. އޭގެ ސަބަބުން، އެ ރިސޯޓުތަކުގައި ވޯލްޑް ކަޕްގެ މެޗުތަކެއް ނުދައްކަ އެވެ.

މާލޭގައި ބަހައްޓާފައިވާ ސްކްރީނަކުން ވޯލްޑް ކަޕްގެ މެޗުތައް ދައްކަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

'ދައުރު'އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، ރިސޯޓުގައި މެޗުތައް ނުދައްކާތީ، އެ މީހުން އެ ބެލުމަށް ދިޔައީ ކައިރި ރަށްރަށެވެ. ބައެއް މުވައްޒަފުން ޑިއުޓީ ގަޑިއަށް ވެސް ނުބަލައި މެޗުތައް ބެލުމަށް ދިޔަ ކަމަށްވެ އެވެ.

"ރިސޯޓުން ފުރަތަމަ ބުނީ މެޗުތައް ދައްކާނަމޭ. އެކަމަކު އެންމެ ފަހު ވަގުތު ބުނީ ނެތޭ އެ ހިދުމަތް ދެވޭކަށް،" ޝަކުވާ ކުރި، ދިވެހި މުވައްޒަފަކު ބުންޏެވެ.

"މުޅި ދުނިޔެ މުބާރާތް ބަލައި އުފާ ފާޅުކުރާއިރު، އަޅުގަނޑުމެން ވެސް ބޭނުމެއް ނުވާނެ ދެއްތޯ އެކަމުން މަހުރޫމްވެގެން ތިބޭކަށް. އެހެންވެ، ބައެއް މުވައްޒަފުން ޑިއުޓީއަށް ވެސް ނުބަލާ ދޭ، އެންމެ ކައިރިން ދެވެން އޮންނަ ރަށަކަށް."

އަގުގެ މައްސަލައިގައި މަޓީގެ ޝަކުވާ ބްރޯޑްކޮމްއަށް

ރިސޯޓުތަކުން މީޑިއާނެޓްގެ ހިދުމަތް ހޯދަނީ ކުރިއްސުރެ ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން:

  • އެ އެއްބަސްވުމުގެ ދަށުން، އެޑްވާންސްކޮށް ކޮންމެ ތިން މަހަކުން ފައިސާ ދައްކާ 

  • އާއްމު ގޮތެއްގައި ދައްކަނީ ކޮންމެ ކޮޓަރިއަކަށް 20 ޑޮލަރު

އެކަމަކު، ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް މީޑިއާނެޓަށް ލިބުމާ އެކު، އެ ކުންފުނިން ނިންމީ މެޗުތައް ދެއްކޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން ކަމަށެވެ. މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަމުން މަޓީން ބުނި ގޮތުގައި، މިއީ އެއްބަސްވުމާ ހިލާފު ކަމެކެވެ.

"އެއްބަސްވެފައި މި އޮންނަނީ މީޑިއާނެޓުން ވަކި ޗެނަލްތަކެއް ދެއްކުމަށް. އަޅުގަނޑުމެން މި އޮންނަނީ ޗެނަލްތައް ދައްކާ ރާއްޖެ ޓީވީ އާއި ޔެސް ޓީވީ ގަނެފައި. އެކަމަކު ކުއްލިއަކަށް ވަކި ޗެނަލަކުން ދައްކާ ވަކި ޕްރޮގްރާމެއް ބެލުމަށް ވަކިން ކިހިނެއްތޯ އަގު ނަގާނީ؟ އެއީ އެއްބަސްވުމާ ހިލާފު ކަމެއް ނޫންތޯ،" ދައުރާ ވާހަކަ ދެއްކި ބޭފުޅަކު، ނަން ނުޖެހުމަށް އެދި ޝަކުވާ ކުރި އެވެ.

"މިސާލަކަށް، 'ދިރިއުޅުމަކީ މިއީބާ' ޕްރޮގްރާމް ދައްކަނީއޭ ކިޔާފައި ޗާޖެއް ނުކުރެވޭނެތާ ކުރިން ގަނެފައި އިން އެއްޗަކަށް."

މި މައްސަލައާ ގުޅޭ ގޮތުން މީޑިއާނެޓުން ކުރިން ބުނެފައިވަނީ، ވޯލްޑް ކަޕްގެ މެޗުތަކަކީ ހިލޭ ދެއްކުމަށް ބްރޯޑްކޮމް އިން ކަނޑައަޅާފައިވާ 'ލިސްޓެޑް އިވެންޓްސް'ގެ ތެރޭގައި ހިމެނޭ މުބާރާތެއް ނޫން ކަމަށާއި އެހެންވެ، އެއިން އަގު ނެގިދާނެ ކަމަށެވެ. ވޯލްޑް ކަޕްގައި 'ލިސްޓެޑް އިވެންޓު'ގެ ތެރޭގައި ބްރޯޑްކޮމް އިން ކަނޑައަޅާފައިވަނީ މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗު އެކަންޏެވެ.

މަޓީން ބުނާ ގޮތުގައި:

  • 'ލިސްޓެޑް އިވެންޓްސް' އަކީ މީޑިއާނެޓާއި ރިސޯޓުތަކުގެ އެއްބަސްވުމާ ގުޅޭ އެއްޗެއް ނޫން

  • އެއީ ރީބްރޯޑްކާސްޓު ކުރާއިރު، ދައުލަތުން އާއްމުންގެ ހައްގުގައި ދައްކަން ޝަރުތު ކުރާ އެއްޗެއް

  • އެކަން އޮންނާނީ ދައުލަތާއި ރީބްރޯޑްކާސްޓަރުންނާ ދެމެދުގައި

  • މީޑިއާނެޓުގެ ޗެނަލްތަކުން ދައްކާ ވަކިވަކި ޕްރޮގްރާމްތަކަށް ކުރިން ވެސް ފައިސާ ނުނަގާއިރު، މިހާރު ވަކި އިތުރަށް ފައިސާއެއް ނުނެގޭނެ

މީޑިއާނެޓުން ބުނަނީ %90 ރިސޯޓުތަކުން ހިދުމަތް ހޯދާ ކަމަށް

ހިދުމަތުގެ އަގު ބޮޑު ކަމަށް ބުނެ ޝަކުވާކުރި ނަމަވެސް، މީޑިއާނެޓުން ބުނީ އެ ކުންފުންޏާ އެކު އެއްބަސްވުން ހަދާފައި އޮތް ހުރިހާ ރިސޯޓުތަކެއްހެން، ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން، %90 ރިސޯޓުތަކުން މެޗުތައް ދައްކާ ކަމަށް އެ ތަނުން ބުންޏެވެ.

"އަގުގެ މައްސަލަ މިހާރު އެ އޮތީ ނިމިފައި. އަޅުގަނޑުމެން ކަނޑައެޅި އަގަށް ރިސޯޓުތަކުން އެއްބަސްވެ، ފައިސާ ދައްކައިފި،" މީޑިއާނެޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެހެންވީމައި، އަގު ބޮޑު ކަމަށް ބުނެ އެހެން ރިސޯޓުތަކުން މެޗުތައް ނުދެއްކުމަކީ އަޅުގަނޑުމެންނާ ގުޅޭ މައްސަލައެއް ނޫން."

'ދައުރު'އާ ވާހަކަ ދެއްކި ބައެއް ރިސޯޓުތަކުން ބުނި ގޮޮތުގައި، ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅީ ބޮޑު އަގެއް ނަމަވެސް އެ އަގަށް ރުހި، ހިދުމަތް ހޯދީ އެ ނޫން ގޮތެއް ނެތުމުންނެވެ.

"ކޮންމެ ގޮތަކަށް ވިޔަސް، އަޅުގަނޑުމެން އެބަ ޖެހޭ މުވައްޒަފުންނަށް ބަލަން. އެހެންވީމައި، ކިތަންމެ ބޮޑު އަގެއް ދީގެން ވެސް އަޅުގަނޑުމެން މެޗުތައް ދައްކާނަން،" ވޯލްޑް ކަޕް ދެއްކުމަށް ބޮޑު ފީއެއް ދައްކަން ޖެހުނު ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ވޯލްޑް ކަޕް ބޮޑު ސްކްރީނުން އާންމުކޮށް ނުދެއްކޭނެ ކަމަށް ވެސް މީޑިއާނެޓުން އެންމެ ފުރަތަމަ އެންގި އެވެ. ނަމަވެސް، އެ ކުންފުނިން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ވިޔަފާރި އުސޫލުން ނޫން ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި މެޗުތައް ދެއްކޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް (22)

ރިސޯޓު މީހާ

25 ނޮވެމްބަރު 2022
ތި ރިސޯޓުތަކުގެ ވެރިންގެ ލަދު ހަޔާތް ކުޑަކަން!
0 0

ޓޫރިސްޓު

25 ނޮވެމްބަރު 2022
މަޓީ އިން ރިޒޯޓު މުވައްޒަފުންނޭ ކިޔާ އަނގަ ހުޅުވީމަ އަހަރެމެން ގަންނަނީ ލަދު!
0 0

އަދުހަމް

25 ނޮވެމްބަރު 2022
މީ މީޑިއާނެޓް މައްސަލަ އެއް ނޫން! މަތީ މިއުޅެނީ އެހެން ފޮރުވަން ދެބޯގެރި ދުއްވޭތޯ
0 0

އަހަންމާ

25 ނޮވެމްބަރު 2022
ތި ރިޒޯޓުތަކުގެ ވެރިންގެ ޑާކު ކަމާއެވެ!
0 0

ކުރުނބާ

25 ނޮވެމްބަރު 2022
ހުސް ހޮޅި ވާހަކަ! އަމިއްލަ ޒިންމާ ނުނަގާ ބައެއްގެ ބޮލަށް ކަނޑަން އުޅޭނެ ކަމެއް ނެތް
0 0

ޝިވާޒު

25 ނޮވެމްބަރު 2022
@ކުރުނބާ ދައްކަން ބޭނުން ނަމަ ދެއްކޭނެ. ޒިންމާ ގެ މައްސަލަ މިއުޅެނީ ހަމަ
0 0

ރިސޯތޯ

25 ނޮވެމްބަރު 2022
މަޓީގެ ނުފޫޒު ގަދަ ކަމާ މުށް ބާރުކަން މި ފެންނަނީ. މާ ކުރިޔާލާ އަންގާފަ އޮތް ކަމެއް ކަމަށް ވަނީ. އަމިއްލަ އަތަށް ގޮވީމާ ދެބޯގެރި ދުއްވަނީ
0 0

ރިސޯޓް ރޫމް ބޯއި

24 ނޮވެމްބަރު 2022
އަހަރެމެންނަށް މެޗު ނުފެންނަނީ ރިސޯޓުގެ ދަހި ކަމުން. މީކީ އެހެން ބައެއްގެ މައްސަލައެއް ނޫން. މީހެއްގެ ބޮލަށް ކަނޑާލީމަ ފަސޭހަ ވާނެ.
2 1

ޙާޝިމް

24 ނޮވެމްބަރު 2022
ދިވެހި މުވައްޒަފުންނަށް ރަގަޅަށް މުސާރަ ނުދެވޭ ބައެއް ތި ރިސޯޓުތަކަކީ. ވޯލްޑް ކަޕް ދެއްކިއްޔާޔޯ؟؟
2 0

އިއްބެ

24 ނޮވެމްބަރު 2022
ހީވަނީ މި ރިސޯޓުތަކަށް ވަރަށް ބޮޑު ކަމެއްހެން މީ! ހަމަ ދަހީ މުވައްޒަފުންނަށް ކަމެއް ކޮށްދޭން ޖެހުނީމަ! ހަމަ އެއްވަރުގެ ބައެއްނުމި.
2 1

ޭރިސޯޓޭ

24 ނޮވެމްބަރު 2022
މިލިއަނުން ފައިސާ ވަންނަ ރިސޯޓުތަކުގެ ވެރިން މުވައްޒިފުންނަށް މިކަންތައްތައް ފަހި ކޮށްދޭން ބޭނުން ނުވަނީ! އެހެންނު ވާނީ އެމީހުން ތިބޭނީ ގަތަރުގަ މެޗު ބަލަން ވިއްޔަ!
0 1

ހަސަނު

24 ނޮވެމްބަރު 2022
އަހަރެމެން ރިސޯޓުގަ ހަމަ ވަރަށް ސަޅި! ތިއުޅެނީ ތި ރިސޯޓުތަކުގެ މެނޭޖްމަންޓް މައްސަލަ އެއް!
1 1

ރައްޔިތުމީހާ

24 ނޮވެމްބަރު 2022
ބުނަންހެއްޔެވެ. މަޓީ ހިތްހަމަނުޖެހުމަކީ، ވިސްނާލަންޖެހޭކަމެކެވެ. އެއީ ވަރަށް ބޮޑެތި ވަރަށް ވަރުހުރިބައެކެވެ. މަޓީއަށް ބޮރޯޑްކޮމްއިން ގޮންޖެހުމަކީ އަދި އާދައިގެ ކަމެއްނޫނެވެ. ކޮންމެސް ބޮޑު ހިފުމެއް ތިޔަ އުޅެނީއެވެ. ރައްޔިތުމީހާ މިހުރީ ބަލާށެވެ. ކޮންމެސް ކަމެއް އުޅެނީއެވެ.
2 0

ނާޝިދު

24 ނޮވެމްބަރު 2022
ތީވަރުގަދަ ބައެއް މީޑިޔާނެޓްމީހުން. ޤާސިމް، އަކުރަމް، އޭޑީކޭނާޝިދުމެން އަކީ ވިޔަފާރިއާއި ފައިސާއަށް ރައްޔިތުންގެ އަތުން ކޮންމެފަދަ އަގެެއްނަފާނެ ބައެއްކަން މިއެނގުނީ.
1 0

އުބަށްޖެހުން

24 ނޮވެމްބަރު 2022
ވޯލްޑްކަޕް ބޮޑު ޓީވީއެއްގަ ނުދެއްކޭނޭ ބުނި ބައެއް ތި މީޑިޔާނެޓަކީ. ފަތިޓީވީން ބަލަންޏާ 1 ޑޮލަރު، ޕްރޮޖެކްޓަރުން ބަލަންޏާ 5000 ޑޮލަރު.
1 0

ޢިސްމާއިލް

24 ނޮވެމްބަރު 2022
މީޑިއާނެޓުން އެ ވިއްކަނީ ރަނގަޅު އަގުގަ! ރިސޯޓުތަކަށް މެޗަކަށް ޑޮލަރެއް ދޭން ޖެހުނީމާ ބޮޑުވަނީ ކީއްވެ ކަމެއް ނޭނގެ!
1 1

ތުއްތުދީ

24 ނޮވެމްބަރު 2022
@ޢިސްމާއިލް ވަރަށް ރަނގަޅު ވާހަކައެއް
1 1

އަހައްމާ

24 ނޮވެމްބަރު 2022
"މުވައްޒަފުން ޑިއުޓީއަށް ވެސް ނުބަލާ ދޭ، އެންމެ ކައިރިން ދެވެން އޮންނަ ރަށަކަށް." މިއީތޯ ރިސޯޓް މުވައްޒަފުންނަށް މި ޒަމާނުގައި ލިބޭ ފަސޭހައަކީ؟ އާދެ، ކޭބަލް ޓީވީ މޮނޮޕޮލީގެ ނަތީޖާ މި ފެންނަނީ. އަދިވެސް ރާއްޖޭގެ ބްރޯޑްކާސްޓިން އާއި ކޮމިއުނިކޭޝަން ރެގިއުލޭޓްކުރަން ބްރޯޑްކޮމް އާ ހަވާލުކުރޭ. މަޖިލިހުން ކުރަންވީ ކަމަކީ ތާކުންތާކު ނުޖެހޭ ގަވާއިދުތައް ހަދާ ބްރޯޑްކޮމް ޑިޒޯލްވް ކޮށްލަންވީ.
3 0

ބްރޯޑް_ބޭންޑް

24 ނޮވެމްބަރު 2022
މި ފަދަ ކަންތަކާ މެދު ކަމާބެހޭ އިދާރާތަކުން ފުންކޮށް ވިސްނާބާ؟ މި މައްސަލަތަކުގެ ރޫޓް ކޯސް އަކީ ކޮބައިތޯ ދެނެގަނެ ފިޔަވަޅު އަޅަން އެބަޖެހޭ ނޫންތޯ.
2 0

ރިސޯޓޯ

24 ނޮވެމްބަރު 2022
މި ފެންނަނީ ބްރޯޑްކޮމް ފެއިލްވުމުގެ މިސާލުތައް. ރަގަޅު ކޭސް ސްޓަޑީއެއް. ވަކި ބަޔަކަށް ކޭބަލް ޓީވީގެ މޮނޮޕޮލީ ދިނުމުގެ ނަތީޖާ. އަދި ސިޔާސަތު ރޭވުމުގެ ނިކަމެތިކަން. ދިރާގު ޓީވީ ބެރުކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ އަދި އިތުރަށް އާންމުންނަށް އުނދަގުލާއި ކުރިމަތިލާން ޖެހޭނެކަމެއއް. އެއީ ވިޔަފާރީގެ ވާދަވެރިކަން ގެއްލުމުން. ބްރޯޑްކޮމް ފަދަ އިދާރާތަކަށް އައްޔަންކުރަންވީ ޕަބަލިކް ޕޮލިސީ އާއި ބްރޯޑްކާސްޓިން އެއީ ކޮންއެއްޗެއްކަން އެންގޭ މީހުން. ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ފަލްސަފާގެ މަގްސަދަކީ ކޮބައިކަން ދަންނަ މީހުން.
2 0

ސިކުނޑި

24 ނޮވެމްބަރު 2022
މީޑިއާނެޓް ގެ ކަންތައް މިހާރު މާބޮޑުވަނީ! އެއްވެސް ހަމައެއް ލަމައެއްނެތި ހިތު ހުރިހާގޮތަކަށް ކަންތައް ކުރަމުންތިދަނީ! ގަވައި ބަދަލު ކުރަންފެނޭ ސަރުކާރުގެ ހިއްސާއެއް ނެތް ކުންފުންޏަކަށް ރާއްޖޭގައި ރީ ބްރޯޑްކާސްޓް ނުކުރެވޭގޮތަށް! މީޑިއާނެޓް ބޮއިކޮޓް ކުރަން ކެމްޕޭނެއް ފަށަންޖެހިދާނެ!
3 1

ރިސޯޓްބޯއީ

24 ނޮވެމްބަރު 2022
މީޑިޔާނެޓް ހީވާނީ ކޭޝް މެޝިނެއް ލިބިގެން އުޅޭހެން. އަހަރެމެން ވޯލްޑްކަޕް ބަލާނެ ރަށްރަށަށް ގޮސްގެންވިޔަސް
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް