މާފަރު އެއާޕޯޓު. (ފޮޓޯ/މޯލްޑިވިއަން)

މާފަރު އެއާޕޯޓް

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށަނީ

އަންނަ މަހުން ފެށިގެން އެ އެއާޕޯޓުން ޖެޓް ފިއުލް ވިއްކާނެ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމައި އެ ކަމަށް ގާއިމްކުރި ވަސީލަތްތައް ޓެސްޓް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ މިއަދު 'ދައުރު'އަށް ވިދާޅުވީ މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - "މިހާރު މި އުޅެނީ ޓެސްޓިން ފޭސްއެއްގައި. ރަސްމީކޮށް ހިދުމަތް ދެވެން ފެށޭނީ އަންނަ މަހު ކަމަށް ލަފާކުރެވެނީ. މިހާރު ޓްރެއިނިންގެ ތެރެއިން ކޮންމެވެސް ވަރަކަށް ބޯޓުތަކަށް ތެޔޮ އަޅަމުން ދަނީ. އެކަމަކު މި ހިދުމަތް ރަސްމީކޮށް ފެށޭނީ އަންނަ މަހު،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރާއްޖޭގެ އުތުރުގައި ހިންގާ މި އިންޓަނޭޝަނަލް އެއާޕޯޓަކީ އަމިއްލަ މީހުންގެ ޖެޓް ގިނަ އަދަދަކަށް ޖައްސާ އެއާޕޯޓެކެވެ. މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ އެ ސަރަހައްދަށް އަންނަ މުއްސަނދިންގެ ޖެޓުތައް ސީދާ މާފަރު އެއާޕޯޓަށް ޖައްސާއިރު، ފާއިތުވެދިޔަ މަސްދުވަހުގެ ތެރޭގައި 100 ޖެޓް މޫވްމަންޓްސް އެ އެއާޕޯޓުގައި ރެކޯޑުކުރެވިފަައިވާ ކަމަށް މުމްތާޒު މިއަދު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު

  • ތަރައްގީކުރީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި

  • 2.2 މީޓަރު ފުޅާ ރަންވޭއަކާ އެކު 2019 ވަނަ އަހަރު ހުޅުވި ހުޅުވި އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި

  • މިހާރު ބޯއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ

  • އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުން ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް ވެސް ޖެއްސޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް