އައްޑުއަށް ޓްރާންސިޓުކުރި ކްރޫޒް ލައިނާ އިން މިއަދު ފޭދުއަށް ފޭބި ފަތުރުވެރިންތަކެއް. (ދައުރު ފޮޓޯ)

އައްޑޫ

2 ކްރޫޒް ލައިނާއިން އައްޑުއަށް 1،200 ފަތުރުވެރިން

އައްޑުއަށް ދިޔަ ދެ ކްރޫޒް ލައިިނާ އަކީ ޖަރުމަނުގެ 'އާޓޭނިއާ' އާއި އޮސްޓްރޭލިއާގެ 'ކޮރަލް އެކްސްޕެޑިޝަން'
25 ޖެނުއަރީ 2023

ރާއްޖެއިން ފުރުމުގެ ކުރިން އައްޑުއަށް ޓްރާންސިޓުކުރި ދެ ކްރޫޒް ލައިނާއަކުން 1،200 އެއްހާ ފަތުރުވެރިން އެ މިއަދު އަތޮޅަށް ފައިބައިފި އެވެ.

ވީ ކިހިނެއް؟ - އައްޑުއަށް ދިޔަ ދެ ކްރޫޒް ލައިިނާ އަކީ ޖަރުމަނުގެ 'އާޓޭނިއާ' އާއި އޮސްޓްރޭލިއާގެ 'ކޮރަލް އެކްސްޕެޑިޝަން' އެވެ. އެ ކްރޫޒް ލައިނާތަކުން ފޭދުއަށް ފަތުރުވެރިން ފޭބީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ތަފްސީލު - އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އެ ދެ ކްރޫޒް ލައިނާ އިން ގާތްގަނޑަކަށް 1،200 ފަތުރުވެރިން އައިސްފައިވޭ

  • އެ މީހުންނަށް މަރުހަބާ ކިޔަން ފޭދޫ ބަނދަރުގައި އެކި ބޮޑުބެރު ފަދަ އެކި ހަރަކާތްތައް އޮންނާނެ

  • އައްޑުއަށް ޓްރާންސިޓުކުރި ކްރޫޒް ލައިނާ އިން މިއަދު ފޭދުއަށް ފޭބި ފަތުރުވެރިންތަކެއް. (ދައުރު ފޮޓޯ)

އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އައްޑުއަށް ފައިބާ ފަތުރުވެރިން އެކި ރިސޯޓުތަކުގައި އެއް ދުވަހަށް މަޑުކުރާނެ އެވެ. 

އައްޑޫގައި މި ވަގުތު ހިންގަމުން އަންނަ ރިސޯޓުތަކަކީ:

  • ގަމުގައި ހިންގާ އީކުއޭޓާ ވިލެޖު

  • ސައުތު ޕާމް 

  • ކެނެރީފް ރިސޯޓް

ކްރޫޒް ލައިނާއެއް ފޭދޫ ބޭރުގައި ބަނދަރުކޮށްފައި. (ދައުރު ފޮޓޯ)

އައްޑޫގައި ދުއްވާ ޓެކްސީތަކާއި އެމްޓީސީސީގެ އާރުޓީއެލް ބަހުގައި އައްޑޫގެ ޓުއާއެއް ވެސް އެ މީހުންނަށް ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް