Majlis 2024

ރައީސް ސޯލިހު، އެފްޑީސީއިން ތަރައްގީކުރާ ފްލެޓުތަކުގެ އެޕާޓްމަންޓެއް މިއަދު ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބޯހިޔާވަހިކަން

ރައީސް ސޯލިހު، އެފްޑީސީގެ ހައުސިން ޔުނިޓުތައް ބައްލަވާލައްވައިފި

އެފްޑީސީއިން ހުޅުމާލޭގައި ކުރިއަށްގެންދާ ދެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 2،800 އެޕާޓުމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓުމެންޓު އަޅާނެ
20 ޖެނުއަރީ 2023

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތައް ބައްލަވައިލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެތަނަށް ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގައި ފްލެޓުތަކުގެ މޮޑެލް އެޕާޓްމަންޓަކަށް ވަޑައިގެން، ނިމިފައި ހުންނަ އެޕާޓްމަންޓެއް ހުންނާނެ ގޮތް ބައްލަވާލެއްވި އެވެ.

ރައީސް ސޯލިހު، އެފްޑީސީއިން ތަރައްގީކުރާ ފްލެޓުތަކުގެ އެޕާޓްމަންޓެއް މިއަދު ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އެފްޑީސީއިން ހުޅުމާލޭގައި އަޅާ ފްލެޓުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ ފައިސާ އިން ހަރަދުކޮށްގެން، އެ ގައުމުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ދެ ހައުސިން މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކާ އެކު 2021ގައި ސޮއިކުރި 226 މިލިއަން ޑޮލަރުގެ (3.5 ބިލިއަން ރުފިޔާ) ލޯނު އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ހައުސިން ޔުނިޓު ނިންމަން ދެ ކުންފުންޏަށް ދީފައި ވަނީ ތަފާތު ދެ މުއްދަތެކެވެ. ނަމަވެސް އެ ދެ މުއްދަތު ވެސް ހަމަވާނީ 2024ގަ އެވެ.

ފްލެޓު އެޅުމުގެ މަސައްކަތް ކުރާނީ އިންޑިއާ ސަރުކާރުގެ އެންބީސީސީ އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ.

އެ މަޝްރޫއުތަކުގެ ދަށުން:

  • ކޮންމެ ކުންފުންޏަކުން ވެސް 2،000 ޔުނިޓު އަޅާނެ

  • އެއީ ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓު

  • ދެ ކޮޓަރި އެޕާޓްމަންޓެއްގެ ސައިޒަކީ 650 އަކަ ފޫޓު، ތިން ކޮަޓަރި އެޕާޓްމަންޓެއްގެ ސައިޒަކީ 900 އަކަ ފޫޓު

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް