ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށް ފަހު ސައުދީގެ ސާލެހު އައްޝެހުރީ (11) އުފާ ފާޅުކުރަނީ. މި މެޗުން ސައުދީ މޮޅުވީ 2-1 އިން

ވޯލްޑް ކަޕްގައި ސައުދީން ގެނެސްދިން ހައިރާންކަން

23 ނޮވެމްބަރު 2022

ގަތަރު ވޯލްޑް ކަޕްގައި 22 ނޮވެމްބަރު 2022 އަކީ ބޮޑު ހައިރާންކަމެއް ގެނެސްދިން ދުވަހެކެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗުގައި އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ އިން ހޯދި 2-1ގެ ކާމިޔާބީގެ ސަބަބުން މުބާރާތުގައި ވަރަށް ތަފާތު ނަތީޖާތައް ނެރުމުގެ ފުރުސަތު އޮތްކަން ވެސް ޔަގީންވި އެވެ.

ވޯލްޑް ކަޕްގައި ސައުދީ އާއި އާޖެންޓީނާ ދަނޑަށް ނުކުންނަނީ. ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ އާޖެންޓީނާ އަތުން ސައުދީ މޮޅުވާނެ ކަމަށް، މެޗުގެ ކުރިން ހީކުރާނީ މަދު ބައެއް. މި މެޗާ ހަމައަށް އާޖެންޓީނާ ވަނީ ބަލިނުވެ 36 މެޗު ފުރިހަމަކޮށްފައި. (ފޮޓޯ/އޭއެފްޕީ)
މެޗުގެ 10 ވަނަ މިނިޓްގައި އާޖެންޓީނާއަށް ޕެނެލްޓީއެއް ލިބުނު. އެ ޕެނެލްޓީ މެސީ ޖެހުމުގެ ކުރިން ރެފްރީ، ސައުދީގެ ގޯލް ކީޕަރު އޭނާގެ މަގާމަށް ދާން އަންގަނީ (ފޮޓޯ/އޭއެފްޕީ)
އާޖެންޓީނާގެ ލިއޮނެލް މެސީ، ހަމަޖެހިލާފައި ޕެނެލްޓީ ޖަހަނީ. މި ލަނޑު އޭނާ ކާމިޔާބުކުރިޔަސް، މެޗުގެ ނަތީޖާ ނެރެން 80 މިނިޓް ބާކީ އޮތް (ފޮޓޯ/އޭއެފްޕީ)
ލިއޮނެލް މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭތީ ސައުދީ ކޮޅަށް ޖެހި ލަނޑަކީ އޭނާއަށް ވެސް އަދި އާޖެންޓީނާއަށް ވެސް ރަނގަޅު ފެށުމެއް ކަމަށް ބެލެވުނު. އެކަމަކު ނަތީޖާ ނުކުތީ އެއާ ހިލާފަށް (ފޮޓޯ/އޭއެފްޕީ)
ސައުދީ އަރަބިއްޔާގެ ސާލެހު އައްޝެހްރީ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލަށް ވަދެ،49 ވަނަ މިނިޓްގައި ނަތީޖާ1-1 އަށް ބަދަވި (ފޮޓޯ/އޭއެފްޕީ)
މެޗުގެ 53 ވަނަ މިނިޓްގައި ސާލިމް އައްދަވްސަރީ ފޮނުވާލި މި ބޯޅަ އާޖެންޓީނާގެ ގޯލަށް އަމާޒުވެ ނަތީޖާ 2-1 އަށް ބަލުވި. (ފޮޓޯ/އޭއެފްޕީ)
ލަނޑު ޖެހި ސާލިމް އައްދަވްސަރީ ލަނޑަށް ފަހު ބުރެއް އަޅަނީ. މިއީ އެވަރުގެ އުފަލެއް ކުރަން ޖެހޭ ފަދަ ލަނޑެއް (ފޮޓޯ/އޭއެފްޕީ)
މެޗަށް ފަހު ސައުދީގެ ކުޅުންތެރިން ﷲގެ ހަޒުރަތަށް ޝުކުރުގެ ސަޖިދައެއްގައި: އާޖެންޓީނާ ބަލިކުރުމަކީ ސައުދީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ އިތުރުން ފުޓްބޯޅައިގެ ތާރީހުގެ ވެސް މުހިންމު ނަތީޖާއެއް (ފޮޓޯ/އޭއެފްޕީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް