Majlis 2024

ހުޅުމާލޭގައި ހެދި ސަރުކާރުގެ އާ އޮފީސް އިމާރާތް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޮފީސް އިމާރާތް ހުޅުވަން އަނެއްކާވެސް އާ ތާރީހެއް؛ މި ފަހަރު ފެބްރުއަރީ 15

އެ އިމާރާތް ހުޅުވުން ލަސްވަނީ އެ ތަނަށް ބަދަލުކުރާ ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ލަސްވުމުން
22 ޖެނުއަރީ 2023

ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އިމާރާތް ހުޅުވާނެ ކަމަށް ލަފާކޮށް ޕްލޭނިން މިނިސްޓްރީން މިއަދު އާ ތާރީހެއް ދީފި އެވެ. އެ މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ 15ގައި އެ ތަން ހުޅުވުމަށެވެ.

ވީ ކިހިނެއް؟ - އަލަށް ރާއްޖޭގައި ގާއިމްކުރާ އެމެރިކާގެ އެމްބަސީ އާއި ބައެއް މިނިސްޓްރީތައް މި އިމާރާތަށް ބަދަލުކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

  • އެންމެ ފުރަތަމަ ޕްލޭނިން މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔައީ މިދިޔަ ނޮވެމްބަރުގެ ތެރޭގައި އެ އިމާރާތަށް އޮފީސްތައް ބަދަލުކޮށް، ހުޅުވުމަށް 

  • އޭގެ ފަހުން ޕްލޭނިން އިން ބުނީ، މި މަހުގެ ތެރޭގައި އެ އިމާރާތް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

ބުނީ ކީކޭ؟ - ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ 15އަށް ހުޅުވުމަށް ކަމަށެވެ.

"އެ އިމާރާތް ހުޅުވުން ލަސްވަނީ އެ ތަނަށް ބަދަލުކުރާ ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ލަސްވުމުން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހެދި ސަރުކާރު އާ އޮފީސް އިމާރާތް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލް - ޕްލޭނިން އިން ކުރިން ބުނެފައިވާ ގޮތުގައި، އެ އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ:

  • އަލަށް ގާއިމްކުރާ އެމެރިކާގެ އެމްބަސީ

  • ޓްރާންސްޕޯޓް މިނިސްޓްރީ

  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

  • ޖެންޑާ މިނިސްޓްރީ

އެނގުން މުހިންމު - 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ އިމާރާތުގައި ޖުމްލަ ހަ ފަންގިފިލާ ހުރެ އެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުރެ އެވެ. އެގޮތުން:

  • ގްރައުންޑް ފްލޯ ބޭނުން ކުރާނީ ރިސެޕްޝަން އަދި ކާރު ޕާކިންއަށް

  • ދެވަނަ ބުރި ހާއްސަކޮށްފައިވަނީ ސައިކަލު ޕާކިންއަށް

  • ހަތަރު ބުރި ހާއްސަކޮށްފައިވަނީ އޮފީސް ބަޔަށް

  • އެންމެ މަތި ބޭނުން ކުރާނީ ޖަލްސާ ކުރާ މާލަމެއްގެ ގޮތުގައި

ހުޅުމާލޭގައި ހެދި ސަރުކާރު އާ އޮފީސް އިމާރާތް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގުޅުން ހުރި ކަމެއް - ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުލީގެ ގޮތުގައި ދައުލަތުން ކުރާ ހަރަދު އަހަރުން އަހަރަށް މަތިވަމުން ދިއުމަކީ ފިނޭންސް މިނިސްޓްރީގެ ކަންބޮޑުވުމެކެވެ. އެގޮތުން:

  • 2020ގައި މާލޭގެ 138 ތަނަކަށް ކުލި ދައްކާފައިވޭ

  • މާލެއިން އޮފީސް ހިންގުމަށް ނަގާފައިވާ ތަންތަނަށް އަހަރަކު 77.7 މިލިއަން ރުފިޔާ ދައްކާ؛ އެއީ ކުލީގެ ހަރަދުގެ %64

  • ސަރުކާރުގެ އޮފީސްތައް ހިންގުމަށް މާލެއިން 43 ތަނެއް ކުއްޔަށް ނަގާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް