ޖީއެމް ފޯރަމް 2022

ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މާކެޓިން

މިއީ މި ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ މާކެޓިން އިން ފޯރަމް ސްޕޮންސާކުރި ތިން ވަނަ އަހަރު

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަކޮށްގެން ބާއްވާ 'ޖެނެރަލް މެނޭޖާސް ފޯރަމް' (ޖީއެމް ފޯރަމް)ގެ ޕްލެޓިނަލް ޕާޓްނަރަކަށް ޔޫރޯ މާކެޓިން ހަމަޖައްސައިފި އެވެ.

މިއީ މި ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ މާކެޓިން އިިން ފޯރަމް ސްޕޮންސާކުރި ތިން ވަނަ އަހަރެވެ.

ޔޫރޯ މާކެޓިން

  • ތަފާތު ވައްތަރުގެ ބުއިންތަކާއި ލުއި ކާނާ ސަޕްލައި ކުރާ ކުންފުންޏެއް

  • ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށާއި އާންމު ބޭނުންތަކަށް ސަޕްލައި ކުރޭ

  • ގްރެނިނީ، ލަވާޒާ، ފިޖީ، ރެޑްބުލް، ނިޔުޓެލާ އަދި ފެރޭރޯ ދަފަ ބްރޭންޑުތަކުގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިޔުޓަރު

ޖީއެމް ފޯރަމް

  • ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ކުރިއަށް ގެންދާ ހަ ވަނަ ޖީއެމް ފޯރަމް ބާއްވަން ނިންމާފައި ވަނީ 15 ސެޕްޓެމްބަރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓްގައި

  • މީގެ ހަ އަހަރު ކުރިން، 2016 ގައި ބާއްވަން ފެށި ޖީއެމް ފޯރަމްގެ މި އަހަރުގެ އަދަދުގައި ވެސް ޓޫރިޒަމް ދާއިރާގެ ފާހަގަކޮށްލެވޭ ލީޑަރުންނާއި އެހެނިހެން ފަރާތްތައް ބައިވެރިވެ، ކީނޯޓާއި ޕެނަލް ޑިސްކަޝަން އަދި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެ

ފޯރަމް އިންތިޒާމުކުރާ ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމާ އެކު، މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ގުޅޭ ބައެއް ހުށަހެޅުންތައް ވެސް ހިމަނަން ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ފޯރަމްގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:

  • ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިއްހަތާއި ދުޅަހެޔޮކަމާ ދޭތެރޭ ޓޫރިސްޓުން ދެކޭ ގޮތް ނުވަތަ ޕޯސްޓް ޕެންޑެމިކް ވެލްބީން 

  • ޓޫރިޒަމްގެ ދާއިރާގައި ތަމްރީނާއި މީހުން ބިނާކުރުން 

  • ހޮޓެލް އިންވެސްޓްމަންޓް އަދި ކޮންޒަވޭޝަން ޓޫރިޒަމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް