Majlis 2024

ސަލްމާން މިސްކިތުގައި މީގެ ކުރިން ކުރި ހުކުރު ނަމާދުގެ ތެރެއިން: މީހަކު މިއަދު ވަނީ އެ މިސްކިތުގެ މިންބަރަށް އަރާ އަޑުަގަދަކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ސަލްމާން މިސްކިތުގެ ހުކުރު ހުއްޓުވަން އުޅުނު 'އައިއެސް ސަޕޯޓަރަކު' ހައްޔަރުކޮށްފި

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭނާ ވަނީ މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހާފައިވާ ޓީޝާޓެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަ ކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މަންޒަރު ދުށް ބައެއް މީހުން މިއަދު 'ދައުރު'އަށް ކިޔައިދިން ގޮތުގައި:

  • ސަލްމާން މިސްކިތުގައި ހުތުބާ ކިޔަން ފަށަން ވަރަށް ކުޑަތަން ވެފައި ވަނިކޮށް އައިއެސްގެ ލޯގޯ ޖެހި ކަޅު ޓީޝާޓެއް ލައިގެން ބޮލުގައި ފަގުޑިއެއް އަޅައިގެން ހުރި މީހަކު ވަނީ ކުއްލިއަކަށް ގޮސް މިންބަރަށް އަރާފައި 

  • އޭނާ ވަނީ މިންބަރުގައި ހުރެ ހަޅޭއްލަވައި އަޑުގަދަ ކުރަން ފަށާފައި

  • މިންބަރުން ފޭބުމަށް މިސްކިތުގެ އިމާމުން އޭނާއަށް އިރުޝާދު ދިން ނަމަވެސް އެ އިރުޝާދުތަކަށް ބޯ ނުލަބާ އޭނާ ވަނީ މިންބަރުގައި ހަޅޭއްލަވަމުން ގެންގޮސްފައި

ތަފްސީލް - އެކަމާ ގުޅިގެން ވަގުތަށް ހުތުބާ ކިޔަން ވެސް ނުފެށުނެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި:

  • އޭނާ މިންބަރުން ބޭލީ އެންމެ ފަހުން ފުލުހުން އައިސްގެން

  • އޭނާ މިންބަރުން ބާލަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ވަނީ މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި 

  • ނުކިޔަމަން ތެރިކަން ދައްކަން ފެށުމުން ފުލުުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ބިޑި އަޅުވައިގެން

ފުލުހުންގެ ބަސް - އެ ހާދިސާ ހިނގިކަން ކަށަވަރުކޮށްދެމުން ފުލުހުން މިއަދު މީޑިއާތަކަށް ބުނީ:

  • ސަލްމާން މިސްކިތުގެ މިންބަރަށް މީހަކު އަރައި އަޑުގަދަ ކުރާކަމުގެ ރިޕޯޓް ލިބުނީ މެންދުރު 12:24ގައި

  • ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނެއް

  • ތަހުގީގު ފަށާފައިވާ ކަމަށް ބުނި

އިތުރު އާޓިކަލް

އިތުރު އާޓިކަލް