ސަރުކާރުގެ ރަސްމިއްޔާތެއްގައި ހިސާން(ވ): ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް ވެރިޔަކަށް ހިސާން ވަނީ ހަމަޖައްސާފައި

ރައީސް އޮފީސް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއަކަށް ހިސާން

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއަކަށް އެ އޮފީހުގެ އަންޑަސެކެޓްރީ މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ހަމަޖައްސައިފި އެވެ.

ތަފްސީލު - ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ފޮރިން ރިލޭޝަން ޑިޕާޓްމަންގެ ހެޑް އިބްރާހިމް ހޫދު އެވެ. 

ހޫދު މިއަދު ރައީސް އޮފީހުގެ މިީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ހިސާން ކަމަށެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީން މާކެޓިން އެންޑް އިންޓަނޭޝަލް ބިޒްނެސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ހިސާން ވަނީ މީގެ ކުރިން ދިރާގުގެ މާކެޓިން ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އޭނާ ރައީސް އޮފީހާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

އެނގުން މުހިންމު - ކޮމިއުނިކޭޝަންސް ޑިޕާޓްމަންގެ ވެރިއެއްގެ ގޮތުގައި ހޫދު މަސައްކަތް ކުރައްވަން ފެއްޓެވީ، މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަންވެސް ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް