Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

(ކ-ވ) ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް، ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލް އަދި ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމް

އަނިލް ކޮބާ؟ މޭޖާ ޖެނެރަލް ޝިޔާމް ކޮބާ؟ ކޮމިޝަނަރު އަރީފް ކޮބާ؟

އާޒިމާ ތަފާތު ދައުވާއެއްގައި ކޯޓުގައި އިންނަވާ އިރު، ގާނޫނުއަސާސީ މުގުރާލި މި ތިން ބޭފުޅުންގެ އެއްވެސް މައްސަލައެއް ބަލާނެ ހިތްވަރެއް މި ސަރުކާރަކު ނެތް

މުހިންމު ނުކުތާތައް

24 ޖުލައި 2017 އަކީ ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ދުވަސް

މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާއަށް ވަނަނުދީ ހިފެހެއްޓި، ވަން ބަޔަކު ވިއްޔާ ނެރުނު

ސިފައިންނާއި ފުލުހުން ލައްވާ އެކަން ކުރުވި ގޮތުގެ ހަގީގަތް ހޯދަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ

އެ މައްސަލަތައް ބެލުމަކީ ބޭއިންސާފުވުމެއް ނޫނެވެ. އަދި ވަކި ބަޔަކަށް އަނިޔާ ދިނުމެއް ވެސް ނޫންމެ އެވެ.

އެކަމަކު އައިޝަތު އާޒިމާ ޝަކޫރު، ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި މުޅިން ތަފާތު މައްސަލައެއްގައި ދިފާއުއަށް މަސައްކަތްކުރައްވާ އިރު، އޭނާ ވެސް ހިމެނިގެން ކުރީ ސަރުކާރުން ރާއްޖޭގެ ގާނޫނުއަސާސީ މުގުރާލި އެކި ދަނޑިވަޅުތަކުގައި ތިއްބެވި އެހެން ތިން ވެރިޔަކާ ދެކޮޅަށް އެންމެ ކުޑަ މިނުން ތަހުގީގެއް ވެސް ހިންގާފައެއްނުވެ އެވެ.

ހިޔާނާތުގެ އެކި ދައުވާތަކުން ސަލާމަތްވެވަޑައިގަތުމުގެ ސިލްސިލާއެއްގެ ތެރޭގައި އުޅުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއާ ހިލާފު ކަންކަން ރޭވުމާއި ތަންފީޒުކުރުމުގައި، އާޒިމާ އާއި ކުރީގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އުޅުއްވި އެވެ. ރައީސްގެ އެންގެވުމަށް އާޒިމާ އާއި އަނިލް 'ފޮރުވިގެން' ތިއްބަވައި ރޭވި ކަންކަން ތަންފީޒުކުރެއްވީ ޝިޔާމް އާއި އަރީފެވެ.

މީގެ ތެރެއިން ބައެއް ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެން އޭރުގެ ފަނޑިޔާރުންނަށް އިންޒާރު ދެއްވައި، ވަކި ކަންތައްތަކެއް ކުރައްވަން ބިރުދެއްކެވިކަމުގެ އަޑުތައް ވެސް އެރި އެވެ. އާންމުންނަށް ސީދާ ފެންނަ ގޮތަށް މި ބޭފުޅުން ކުރެއްވި ގާނޫނުއަސާސީއާ ހިލާފު އަމަލްތަކުގެ ތެރޭގައި ސިފައިން ލައްވާ ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުން ހިމެނެ އެވެ. ސިފައިންނާ އެކު ފުލުހުން ވެސް އޭގައި ބައިވެރިވި އެވެ.

އާޒިމާ ޝަކޫރު ސުޕްރީމް ކޯޓުގައި، އަމިއްލަ ދިފާއުގައި: އޭނާއާ މެދު އުފުލައިގެން އުޅެނީ ސިޓީއެއްގެ މައްސަލަ 

ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ގާނޫނުއަސާސީ ދިފާއުކުރައްވަން އަނިލް އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ. ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާ ގެންދެވީ ރައީސް ޔާމީންގެ 'އަނދިރި ރޭވުންތަކުގައި' ބައިވެރިވެވަޑައިގަންނަވަމުން، ގާނޫނީ ހުއްޖަތުތައް، އޭގައި އެއްވެސް ދިފާއެއް ނެތް ނަމަވެސް، ރައްޔިތުންނަށް ދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ. ކުނޫޒު ސަރަހައްދުގައި ރައްޔިތުންގެ މަޖިލިހުގެ 30 ހަކަށް މެމްބަރުން އެހެން ދިމާލަކަށް ދިޔަނުދީ، އެތައް އިރެއް ވަންދެން 'ހިސޯރުކޮށްފައި' ބޭތިއްބީ ފުލުހުންނެވެ. އޭގެ ފަހުން ގާނޫނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއަށް ވަދެގަނެ، އެސްއޯ ފުލުހުންނާއި ސިފައިން އެތައް މެމްބަރުންނެއް ބޭރުކުރި އެވެ. އެ ޒިންމާ ނަންގަވަން ޖެހޭނީ ޝިޔާމް އާއި އަރީފެވެ.

ރައީސް ސޯލިހަށް އެކަމެއް ނުބެއްލެވުނު

އިދިކޮޅު މެމްބަރުން މަޖިލިހަށް ވަނަނުދޭން ފުލުހުންނާއި ސިފައިން ހުރަސް އެޅުމުން ހިނގި ކުރިމަތިލުމުގައި އޭރުގެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެއްޓިވަޑައިގެންފައި

މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ، އެ ހުރިހާ ކަމެއް ވެސް ބަލައި، ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ ވައުދުތަކާ އެކު އެވެ. ނަމަވެސް ޔާމީން ހިންގެވި ކަމަށް ތުހުމަތުކުރެވޭ އެކަމަކު މިހާރު ސުޕްރީމް ކޯޓުން ސާބިތުނުވި މަނީ ލޯންޑަރިންގެ ކުށަކަށް މަގުފަހިކޮށްދިންކަމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވުމުގެ ދައުވާއެއް އާޒިމާއާ ދެކޮޅަށް އުފުލުން ފިޔަވައި، މި ސަރުކާރުގައި، އެއިން ބޭފުޅަކަށް އެޅި ފިޔަވަޅެއް ނެތެވެ.

ޖެނެރަލް ޝިޔާމް އިސްވެ ހުންނަވައިގެން އެ ކުރައްވާ ކަންތައްތަކަކީ ބެލެން ޖެހޭނެ ކަންތައްތަކެއް.

ރައީސް ސޯލިހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އިރު2017 ގައި

ސިފައިން ނުކުމެ 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި އިރު އިދިކޮޅުގެ އެންމެ އިސް އެއް ލީޑަރެއްގެ ގޮތުން ޕެޕާ ސުޕްރޭއާ ކުރިމަތިލެއްވީ ރައީސް ސޯލިހެވެ. ބައެއް މެމްބަރުން މަޖިލިހުގެ ފާރުމަތިން ބޭރަށް އެއްލައިލުން ފަދަ ހުތުރު އަދި ގާނޫނީ ގޮތުން ސިފައިންނާއި ފުލުހުންނަށް ކުރެވިގެން ނުވާނެ އަމަލްތައް ފެނުނު އެ ދުވަސް ސިފަކުރަން ޖެހޭނީ ގާނޫނުއަސާސީއަށް ދިވެހި ސިފައިންނާއި ފުލުހުން ފައިން އެރި ދުވަހުގެ ގޮތުގަ އެވެ.

އަނެއް ދުވަހު 'ރާއްޖެ ޓީވީ'އަށް ރައީސް ސޯލިހު، އޭރު ނަމަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބޫ، އިންޓަވިއުއެއް ދެއްވި އެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ސިފައިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްގެން އުޅެނީ ގާނޫނުއަސާސީއާ ހިލާފަށެވެ.

"މަޖިލީހުގެ އިދާރާގެ ތެރެއަށް ސިފައިން ވަދެ، އެ އަމަލުތައް އެގޮތަށް ހިންގުމަށް އެންގުމުގެ ބާރެއް ލިބިގެނެއް ނުވޭ. މަޖިލީހުގެ ޖަލްސާއަކުން މެމްބަރަކު ނެރެން ޖެހުނަސް ކަންކުރަންވާ ގޮތް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

24 ޖުލައި 2017 ގައި ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ހުރަސްއެޅި އިރު އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގަނީ -- (ފޮޓޯ: މިހާރު)

"އެހެންވެ ޖެނެރަލް ޝިޔާމް އިސްވެ ހުންނަވައިގެން އެ ކުރައްވާ ކަންތައްތަކަކީ ބެލެން ޖެހޭނެ ކަންތައްތަކެއް."

އެކަމަކު ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތް މި ހޭދަވި ތިން އަހަރު، އެކަމާ މެދު އެއްވެސް އެއްޗެއް ރައީސް ސޯލިހު ވިދާޅެއްނުވެ އެވެ.

ދެން އައީ 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. އޭގައި ސަރުކާރަށް އަމުރުކޮށްފައި އޮތީ ބަންދުގައި ތިބި ސިޔާސީ ލީޑަރުން ދޫކޮށް، އަލުން މައްސަލަ ބެލުމަށާއި، ޕީޕީއެމުން ވަކިވުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަށް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ސިފައިން 'އަރައިގަތީ' ސުޕްރީމް ކޯޓަށެވެ. އެ ކޯޓު ތެރޭގައި އޭރު ތިއްބެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގަދަކަމުން ނެރެ، ފުލުހުންނާ ހަވާލުކުރި އެވެ. ރައީސް ޔާމީން ހިތްހަމަޖެހިވަޑައިނުގަންނަވާ އަމުރެއް ސުޕްރީމް ކޯޓުން ނެރުމާ އެކު، އެ މަނިކުފާނު އެންގެވި ގޮތަކަށް ސިފައިންނާއި ފުލުހުން އަމަލްކުރީ އެވެ.

އެކަމަކު މިފަހަރު، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރައްވަން އުޅުއްވުމުން އަރީފް ހައްޔަރުކޮށް ޖަލަށް ލި އެވެ. އެހެންކަމުން އެފަހަރު ގާނޫނު ނަގަހައްޓަވަން އޭނާ މަސައްކަތްކުރެއްވި ކަމަށް ބަލައި، 24 ޖުލައި 2017 ގެ ކަންތައްގަނޑުގައި އުފުއްލަވަން ޖެހޭ ޒިންމާއިން ރެކިވަޑައިގަތުން މައްސަލައެއްގެ ގޮތުގައި މި ސަރުކާރުން ނުބަލަނީ ކަމަށް ވެދާނެ އެވެ.

އެކަމަކު ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބާ ބޭފުޅުން ރާއްޖޭގެ ގާނޫނުއަސާސީއަށް ހަދާނެ އެއްޗެއް ހައްދަވައި، ބާރާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަންގަވާފައިވާ ނަމަ އެކަން ތަހުގީގުނުކޮށް، ދުވަހަކު ވެސް ވެރިކަން ހަމަ މަގަކަށް ނޭޅޭނެ އެވެ. ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމާއި ސުޕްރީމް ކޯޓުގެ ދޮރުތައް ވައްޓާލައި ވަދެގަނެ ފަނޑިޔާރުން ހައްޔަރުކުރުން ފަދަ ކަންކަމަކީ، ގާނޫނުގެ ބާރު ނުހިނގާ ތަންތަނުން ފެންނަ މަންޒަރުތަކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ލީޑަރުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނުގެ ވެރިކަމުގައި ހިންގީ ހަމައެކަނި ހިޔާނާތެއް ނޫން. ގާނޫނުއަސާސީ ވެސް މުގުރާލި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގާނޫނީ ކުށެއްގެ ދައުވާގެ ދިފާއުގައި އާޒިމާ ކޯޓުތަކުގައި އިންނަވާ އިރު މިހާރުގެ ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ލަދުވެތިވާން ޖެހެ އެވެ. ޔާމީނާ ދެކޮޅަށް ވެސް މި ސަރުކާރުން ނަގައިގެން އުޅެނީ ހަމައެކަނި ހިޔާނާތުގެ މައްސަލަތައް އެކަންޏެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ މުގުރާލި ދުވަސްތަކުގައި ހިންގި ނުބައި އަމަލްތަކާ ބެހޭ އެއްވެސް ތަހުގީގެއް ކުރިއަކަށް ނުގެންދެ އެވެ.

އޭޖީ އާއި ޕީޖީއަށް ގާނޫނުއަސާސީން ލިބިދޭ ބޮޑެތި ބާރުތަކުގައި ބެލެން ހުރި އެފަދަ މައްސަލަތަކާ މެދު އަޅާނުލާ ތިއްބެވުމުގައި ސަބަބުތަކެއް އެބަ ހުއްޓެވެ: މިއީ ދެމިގެން އަންނަ ސަގާފަތަކަށް ވުމެވެ. މިހާރުގެ ސަަރުކާރުގެ ވެރިންގެ މައްސަލަތައް ދެން އަންނަ ސަރުކާރަކުން ނުބަލާނެ އެވެ. މިއީ 'ހަނދާން ނައްތާލުމު'ގެ ސިޔާސީ އާދައެކެވެ.

އެކަމަކު ގައުމުގެ ވެރިކަމާ ހަވާލުވެ ތިއްބަވާ އިރު ހިންގަވާ ގާނޫނުއަސާސީއާ ހިލާފު ބޮޑެތި ކަންކަމުގެ މަތިން ހަނދާން ނުނެތޭނެ މީހުން އުޅޭނެ އެވެ. ޝަރީއަތުގައި އާޒިމާ އިންނަވާ އިރު އެ ދުވަސްތަކުގެ ހަނދާންތައް އާދެ އެވެ. ހިތަށްއަރަނީ މި ސަރުކާރަށް ބަލަން އެނގުނީ ރައީސް އޮފީހުން އޭސީސީއަށް ފޮނުއްވި ސިޓީއެއްގެ މައްސަލަ އެކަނި ހެއްޔެވެ؟ ގާނޫނުއަސާސީ އެއްޗަކަށް ނުހަދައި، ފުނޑާލި ރޭވުންތަކާއި އަމަލީ ގޮތުން އެކަން ކުރުވުމުގައި ބައިވެރިވި ވެރިންނާ ބެހޭ ކުޑަ ވެސް ތަހުގީގެއް ނެތީ ހެއްޔެވެ؟ 

އެކަން ތަހުގީގުކޮށް ބެލުމަކީ ބަދަލު ހިފުމެއް ނޫނެވެ. ބަޔަކަށް އަނިޔާއެއް ދިނުމެއް ނޫނެވެ. އެއީ ވެރިކަމާ އަލަށް ހަވާލުވާ މީހުންގެ ކޮނޑުގައި އެޅޭ ޒިންމާއެކެވެ.

ކޮމެންޓް (6)

މޫސަބެއްުޔާ

19 މޭ 2022
މލ އަކީ މިހާރު ތާކުންރާކުޖެހޭ ނޫސްވެރިއެއްނޫން. މޫސައަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިފަގައްޓަންޖެހޭ ކަންކަން ނުހިފެހެއްޓޭ ގޮނޑިކޮށްކޮ ނޫސްވެރިއެއް.
3 1

ޑަނާޓެއްލޯ

19 މޭ 2022
ގަޓުހުރެގެން ލިޔެފަ އޮތް އާރޓިކަލެއް. ސިޔާސީ މީހުންނާއި ސިޔާސަތާއި އެންމެ ރަނގަޅުވާނީ ސީހޮޅީ ކޮޅަށް ވަރަށްަސާފު މިއާރޓިކަލް ކިޔުމުން. ވޯޓުދިން ރައްޔިތުން ތިބެންވީ ދެން އަތްޖަހަން...
3 1

ސައީދު

19 މޭ 2022
މޫސަގެ ރިޕޯޓުގައި އަމިއްލައަށް ލިއުއްވަމުން އަމިއްލައަށް ފަނޑިޔާރުކަން ކުރައްވަމުން އަމިއްލައަށް ނިޔާކަނޑައަޅުއްވަމުން ގެންދަވައި ނިންމަވާލެއްވިއިރު ރިޕޯޓަކަށް ނުވެ އޮތީ ޚިޔާލަކަށް ވެފައި. ޔާމީނަށް ސްޕްރިމް ކޯޓުން ހުކުމެއް ކުރުމުންވެސް މޫސަ އަމިއްލަ ނޫހުގައި އެ ހުކުމާ ދެކޮޅަށް ނިޔާއެއް އިއްވެވި. އަޅުގަނޑަށް ފެންނަނީ މޫސަގެ ދިރާސާތަކުގެ ފެންވަރު އަދި ތަންކޮޅެއް މަތިކުރަން. މިސާލަކަށް މަޖިލީހުން މެންބަރުން ނެރުނީ ކޮން ހުކުމެއްގެ މައްޗަށް ބިނާކޮށްތޯ ސްޕްރިމް ކޯޓަށް ވަދެ ދެ ފަނޑިޔާރުން ހައްޔަރު ކުރީ ކޮންކަމެއްގެ މައްޗަށް ބިނާކޮށްތޯ ބައްލަވާލެއްވުން ރަނގަޅުކަމަށް ފެނޭ. އަދި ދަންނަވަން "ލޫކޮސް" އަކީ ތަރިއެއްނޫން އެއީ ޗަކަސް ގުޅައެއް.
7 4

އަޒުމް

19 މޭ 2022
ނޫސްވެރިކަމަކީމީ. މައްސަލަ ގެނެސްދިނުން. ޥަކިކޮޅަކަށް ބުރަނުވެ ކަން އޮތްގޮތް ބުނެދިނުން. ސާބަސް މޫސަ
3 1

އިބްރާހިމް

19 މޭ 2022
އާނ! މިމީސްމީހުން އެކައުންޓެބަލް ކުރެވެން ޖެހޭނެ! ހަމަ ދައުރު ނިމޭއިރަށް މަށަކަށް ނޭނގޭ މަށެއް ނޫން ކިޔާފަ ނިންމައެއް ނުލެވޭނެ ދޯ!
12 5

ތަރައްގީ

19 މޭ 2022
ވަޓް އެން އެމޭޒިން އާޓިކަލް
11 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް