ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ. (ފޮޓޯ/މިނިސްޓްރީ)

މޫސުމީ ގޮންޖެހުންތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ އެއް ބަޔަކީ އަންހެނުން: މިނިސްޓަރު

މޫސުމީ ހާދިސާތައް ކުރިމަތިވާއިރު، ކުދިން ސްކޫލަށް ފޮނުވުމަށާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެނީ އަންހެނުންނަށް

މޫސުމާ ގުޅިގެން ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ބަޔަކީ އަންހެނުން ކަމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު ނެރުއްވި ހިތޯބެއްގައި މިނިސްޓަރު އަލި އަޅުއްވާލެއްވި އެއް މައުލޫއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން، އަރައިގަތުމަށްޓަކައި އަދި މި ފަދަ ބަދަލުތަކަށް ހޭނުަމަށް އަންހެނުން އަދާ ކުރަމުންދާ ދައުރެވެ.

ބުނީ ކީކޭ؟ - ހިތާބުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގައި އަދި ރާއްޖޭގައި ވެސް ދިމާވާ ބޮޑެތި ހާދިސާތަކާއި ކުރިމަތިވާ ކާރިސާތަކުގައި ނޭދެވޭ އަސަރު ކުރާ އެންމެ ބޮޑު އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިންނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީ ވެސް މި ފަދަކަމަށް ވާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް

  • ރާއްޖޭގެ ރަށްރަށަށް އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައި

  • މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެނީ ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް

މޫސުމީ ބަދަލުތަކާއި އަންހެނުންނާ ގުޅިފައިވާ މިންވަރު އަންގައިދެއްވަމުން މިނިސްޓަރު ވިދާޅުވީ މޫސުމާ ގުޅުން ހުރި މި ފަދަ ކަންކަމުން އަރައިގަތުމަށް، އަންހެނުން އަދާ ކުރާ ދައުރާއި ތަޖުރިބާ ދެނެގަނެ އެކަން ފާހަގަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ އަންހެނުން ކަމަށް ވާއިރު، ދެމެހެއްޓެނިވި  މުސްތަގްބަލެއް ބިނާކުރަން ކުރާ މަސައްކަތުގައި، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން:

  • ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލަށް މި އަމާނާތް ފޯރުކޮށްދިނުމަށް، ސިޔާދަތު އެކުލަވާލުމާއި ކަންކަން ރޭވުމުގައި ދެ ޖިންސުގެ މައުނަވީ ބައިވެރިވުން ހިމަނަން ޖެހޭ.

  • އަދި ދެ ޖިންސުގެ ހިޔާލާއި ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެންނަން ޖެހޭ ބަދަލަކަށް އެކަން ވާންޖެހޭ

ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމަކީ، އަންހެނުން ބާރުވެރިކުރުމަށް ޖެންޑާ މިނިސްޓްރީން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމެކެވެ.

  • ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު،2021 ވަނަ އަހަރު އެކުލަވާލި 'ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން' މިދިޔަ މަހު22ގައި ވަޒީރުންގެ މަޖިލީހުގައި ވަނީ ފާސްކޮށްފައި

  • މިނިސްޓްރީން ދެކޭ ގޮތުގައި އެއީ، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް 

  • އޭގެ އިތުރުން ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން،ކައުންސިލްތަކަށް ޒިންމާތައް ހަވާލުކުރުމަށް، 2021 ވަނަ އަހަރު ގެޒެޓު ކުރި ގަވައިދަށް އަންނަ ޖޫން މަހުން ފެށިގެން އަމަލު ކުރަން ފަށާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް