Majlis 2024

ޕްރިޔަންކާ އާއި ނިކް އެމީހުންގެ ދަރިފުޅާ އެކު

އެންއައިސީޔޫގައި 100 ދުވަހަށް ފަހު ޕްރިޔަންކާގެ ދަރިފުޅު ގެއަށް

ޕްރިޔަންކާ ވަނީ ފުރަތަމަ ފަހަރަށް ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފައި
10 މޭ 2022

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ދަރިފުޅު އުފަންވި ގޮތަށް އެންއައިސީޔޫގައި 100 އަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު ގެއަށް ދޫކޮށްލައިފި އެވެ.

މައިންގެ ދުވަހު ޕްރިޔަންކާ ވަނީ ސަރޮގެސީ މެދުވެރިކޮށް ހޯދި ތުއްތު އަންހެން ދަރިފުޅާއި ނިކް އާއެކު ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަނުގައި އޭނާ ބުނީ ފާއިތުވި ދެތިން މަހަކީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އެއީ އޭނާގެ އިތުރުން ވެސް އެތައް މައިންބަފައިންނެއް ތަޖުރިބާކޮށްފައިވާ ކަމެއްކަން ގަބޫލުކުރާ ކަމަށެވެ.

ޕްރިޔަންކާ ވަނީ އޭނާގެ ދަރިފުޅަށް ފަރުވާ ދިނުމުގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި ހޮސްޕިޓަލުގެ އެހެން މުވައްޒަފުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މިއީ ޕްރިޔަންކާ، އޭނާގެ ދަރިފުޅުގެ ފޮޓޯއެއް އަދި ޖިންސު ވެސް އާންމުކުރި ފުރަތަމަ ފަހަރެވެ. ފޮޓޯ އާންމު ކުރި ނަމަވެސް އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެމީހުންގެ އާއިލާ އަށް މެންބަރަކު އިތުރުވިކަން އިއުލާނު ކުރީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް