ކަރީނާ ކަޕޫރު ހާން

މަލާމާތްތަކަށް ރައްދު ނުދެނީ ކީއްވެގެންކަން ކަރީނާ ކިޔައިދީފި

ކަރީނާ ބުނީ 'ކެންސަލް ކަލްޗާ' އަށް ސަމާލުކަން ދޭ ނަމަ ދިރިއުޅެން ދަތިވާނެ ކަމަށް

އިންޓަނެޓުގައި މީހުން ކުރާ މަލާމާތާއި ފުރައްސާރަ އަށް ރައްދު ނުދެނީ ކީއްވެގެންކަން ކަރީނާ ކަޕޫރު ކިޔައިދީފި އެވެ.

އަމިއްލަ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް ބޮލީވުޑުގައި ދެ ގޮތެއް ނުވެ ދެމިހުރި އެއް ތަރިއަކީ ކަރީނާ އެވެ. ކައިވެންޏަށް ދެ ދަރިން ލިބުނު ފަހުން ވެސް ފިލްމީ މަސައްކަތްތަކުގައި އުޅޭ ކަރީނާ ބުނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވާ ފުރައްސާރަ އާއި މީހުން ކުރާ މަލާމާތަށް ނުބަލާ ކުރިއަށް ދާ ނަމަ އުނދަގުލެއް ނެތް ކަމަށެވެ.

ބައެއް ފިލްމުތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާއިރު، 'ކެންސަލް ކަލްޗާ'އާ ގުޅޭގޮތުން އޭނާ ބުނީ، އިންޓަނެޓާ އެކު މިހާރު ކޮންމެ މީހަކަށް ވެސް "އަޑެއް" ލިބިފައިވާ ކަމަށެވެ. ބަސް ބުނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެންނަށް އެބައޮތްކަން ފާހަގަކޮށް އޭނާ ބުނީ ނުރަނގަޅު ވާހަކަތަކާއި ފާޑުކިޔުންތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ދާންވީ ކަމަށެވެ. އޭރުން ކުރިއަށް ދިޔުމަށް އެއްވެސް އުނދަގުލެއް ނޯންނާނެ ކަމަށް ކަރީނާ ބުންޏެވެ.

"އެކަންތަކަށް ސަމާލުކަން ދޭ ނަމަ ދިރިއުޅުން ދަތިވާނެ. އެހެންވެ އަހަރެން އެކަހަލަ ފާޑުކިޔުންތަކަށް ސަމާލުކަމެއް ނުދެން،" ކަރީނާ ބުންޏެވެ.

އޭނާ ބުނީ އެންމެންގެ ހިޔާލު އެއްގޮތް ނުވާނެ ކަމަށާއި އެކަކަށް ރީތިވާ ފިލްމު އަނެކަކަށް ކަމުނުދިޔުން އެކަށީގެންވާ ކަމަށެވެ. ފިލްމީ ދާއިރާގައި އުޅެނީ އެ ހުރިހާ ކަމެއް ދަނެގެން ކަމަށް ކަރީނާ ބުންޏެވެ.

ކޮމެންޓް

Placeholder

ކަރީނާ ކަޕޫރު ހާން

ކަރީނާ ކަޕޫރު ހާން