Majlis 2024

22 ޖޫން 2022: ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާން ހައްޔަރު ކުރަނީ

ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލައި، މުހައްމަދު އިސްމާއިލްގެ ބަންދު 9 ދުވަހަށް އިތުރުކޮށްފި

ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް އޮތް ކަމަށް ފުލުހުން އަދި ނިންމާފައި ނުވޭ

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ސަރުކާރުން ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގައި އެކަން ހުއްޓުވި މައްސަލައިގައި ހައްޔަރު ކުރި ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދުުގެ މުއްދަތު އިތުރުކޮށް އެހެން މީހަކު ދޫކޮށްލައިފި އެވެ.

ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށް ބަންދު ޖަހާފައިވެ އެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގާ މުހައްމަދު އިސްމާއިލް އާއި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ވީ ކިހިނެއް؟ - އެ ދެ މީހުން އެންމެ ފުރަތަމަ ބަންދު ކުރި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު ނުވަ ދުވަސް ދީފަ އެވެ. އެކަމަކު، ކޯޓުން ނިންމާފައި ވަނީ ރައްޒާން ދޫކޮށްލާށެވެ.

އެނގުން މުހިންމު - ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތަކަކީ، ޕީޕީއެމް އޮފީހުން ނެރެގެން ގެންދިޔަ ދިދަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ދިދަތައް ނެރެމުން ގެންދިޔައިރު އެ އޮފީސް ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯ އިން މުހައްމަދު އިސްމާއިލް ފެނެ އެވެ.

ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ދިދަތަކަކީ އިދިކޮޅުގެ ނަބިއްޔާގެ ދިފާއުގައި ހަރަކާތުގައި ބޭނުން ކޮށްފައިވާ ބާވަތުގެ، ޝަހާދަތުގެ ދެކަލިމަ ޖެހި ހުދުކުލައިގެ ދިދަތަކެކެވެ.

މިއަދުގެ ގަލޮޅުދަނޑުގެ ހަމަނުޖެހުމަށް ޕީޕީއެމް އޮފީހުން ދިދަތައް ނެރެގެން ގެންދަނީ

އެކަމަކު، ޕީޕީއެމްއިން ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނީ ޕީޕީއެމް އޮފީހުން ގެންދިޔަ ދިދަތަކަކަށް ވިޔަސް، އެއީ އެކަމަށް އެހީތެރިވުން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ޕާޓީއިން ވަނީ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުން ކުށްވެރި ވެސް ކޮށްފަ އެވެ.

އިއްޔެ ފުލުހުން ބުނެފައި ވަނީ އެ ހަމަނުޖެހުން ރޭވުމުގައި ޕީޕީއެމްއިން ރަސްމީ ސިފައެއްގައި ބައިވެރިވިކަމަށް އަދި ނިންމާފައި ނުވާ ކަމަށެވެ.

ހަމަނުޖެހުން ކުރުކޮށް:

  • އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

  • ޔޯގާ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި

އިތުރަށް ކިޔާލަން:



















އިތުރު އާޓިކަލް

އިތުރު އާޓިކަލް