Majlis 2024

އަފްްގާނިސްތާނު ބިންހެލުމުން ސަލާމަތްވީ މީހުން ގެއްލުންތައް ބަލަނީ

އާއިލާތައް ހުރި ގޮތަށް ވަނީ މަރުވެފައި، އަވަށްތައް ފުނޑުފުނޑު

މިއީ 20 އަހަރު ތެރޭގައި އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުން

މުހިންމު ނުކުތާތައް

މަރުވި މީހުންގެ އަދަދު 1،000 އިން މަތީގައި

އެތައް ބައެއްގެ ގެދޮރު ގެއްލި ވަންނާނެ ތަނެއް ނެތް

ބޭރުގެ އެހީއަށް އެދި އާންމުން ވެސް ގެންދަނީ އާދޭސްކުރަމުން

ވޭތުވެދިޔަ 20 އަހަރު ދުވަހު އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގެއްލުންތަކާއި ލިބުނު ހިތާމައިގެ ބޮޑުކަން މިހާރު އަންނަނީ ހާމަވަމުންނެވެ. ބައެއް އާއިލާތައް އެކުގައި ވަނީ މަރުވެފަ އެވެ. ކުދިންތައް ޔަތީމްވެފަ އެވެ.

މި ހާލަތުގައި މިހާރު އޮތް އެންމެ ބޮޑު ބިރަކީ ކޮލެރާ ފެތުރުމުގެ ފުރުސަތެވެ. އދ. އިން ވަނީ އެ އިންޒާރު ދީފަ އެވެ. 

މިދިޔަ ބުދަދުވަހު އަފްގާނިސްތާނުގެ ޕަކްތިކާ ސަރަހައްދަށް އަައި 5.9 މެގްނިޓިއުޑްގެ ބިންހެލުމާ އެކު 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، 3،000 އެއްހާ މީހުންނަށް އަނިޔާވި އެވެ.

ބިންހެލުމުގެ އަސަރުކުރި އަވަށެއް ކަމުގައިވާ ބާމަލް ސަރަހައްދުގައި ދިރިއުޅޭ އަގާ ޖާންގެ ދެ އަނބިންނާއި ތިން ކުދިން ވަނީ ގޭގައި ނިދާފައި ތިއްބާ މަރުވެފަ އެވެ.

"މިއީ އަހަރެންގެ ދަރިފުޅުގެ ބޫޓު،" ހިރަފުސް ފޮޅާލައި ބޫޓު ދައްކާލަމުން އަގާ ބުންޏެވެ.

ބިންގަނޑު ގުޑުމާ އެކު އޭނާގެ ދަރިން ތިބި ކޮޓަރިއަށް އަގާ ދުއްވައިގަތެވެ.

"އެކަމަކު ހުރިހާ އެއްޗެއް އޮތީ ފުނޑުފުނޑުވެފައި،" ބީބީސީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.  "އަހަރެންގެ ދެބެއިންގެ ދެދަރި މީހުންނަށް ގޮވައިގެން އެމީހުން ސަލާމަތް ކުރުމަށް އައި އިރު އެމީހުން ތިބީ މަރުވެފައި."

އެންމެ ވާތުން އަގާ ޖާން ބިންހެލުމުގައި ސަލާމާތްވި އޭނާގެ އާއިލާގެ މީހުންނާ އެކު

އެ ސަރަހައްދުން އެެންމެ ކަައިރީގައި އޮޮންނަ ސިޓީއާ ހަމައަށް ދެވެނީ ތިން ގަޑިއިރުންނެވެެ. އެ އަވަށް އޮންނަ އެކަހެރިކަމުން އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމަކީ ވެސް ބޮޑު މަސައްކަތެކެވެ. ތާލިބާންގެ މިލިޓަރީ ހެލިކޮޕްޓަރުތަކުގައި ބައެއް މީހުން ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ.

އެ އަވަށުގެ ހުރިހާ ގެއެއްހެން ހަދާފައި ހުންނަނީ ކިސަޑާއި ހިލައިންނެވެ. ބިންހެލުމުގައި ކޮންމެ ގެއަކުން ވެސް މީހުން މަރުވެފައިވެ އެވެ.

އަފްގާނިސްތާނުގެ ބޯޑަރުގެ އަނެއް ފަރާތް، ޕާކިސްތާނުގެ ކަރާޗީގައި ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހަބީބް ގުލް ބިންހެލުމުގެ ހަބަރާ އެކު އަވަސްވެގަތީ އޭނާގެ އަވަށް ބާމަލްއަށް ދާާށެވެ. އޭނާގެ އާއިލާގެ 20 މީހުން މަރުވި އެވެ.

"ކާކުގެ ނަމެއް އަހަރެން ދޭންވީ؟ އަހަރެންގެ ދެ  ތިން ދައްތައިން؟ އަހަންނަށް ބޮޑުބޭބެ ކިޔާ ކުދިން. އަހަރެންގެ އަންހެން ދަރިފުޅު އަދި ތުުއްތު އެތައް ކުއްޖަކު ވަނީ ޝަހީދުވެފައި،" އޭނާ ބުންޏެވެ.

ބީބީސީގެ ނޫސްވެރިންނާ ބައްދަލުވި ހުރިހާ އެންމެން އެމީހުންގެ ބިމާހަމަވެފައިވާ ގެތައް ދައްކަން ބޭނުންވި އެވެ. އެމީހުންނަށް ލިބިފައިވާ ގެއްލުންތައް މުޅި ދުނިޔެއަށް ދެއްކުމަށާއި އެހީދޭ ލިސްްޓުތަކުގައި އެމީހުންގެ ނަން ހިމެނުމަކީ މިހާރު އޮތް އެންމެ ބޮޑު އުއްމީދެވެ.

ވެއްޓިފައިވާ ފާރެއްގެ މަތީގައި ހަބީބް ގުލް އިށީނދެލައިގެން

"އަހުވަންތަކަމާ އެކު އަހަރެމެންނަށް ދުނިޔެ އެހީތެރިވެއްޖެ ނަމަ އަހަރެމެން ތިބޭނީ އަމިއްލަ ބިމުގައި. އެހެން ނޫން ނަމަ މުޅި އުމުރު ދުވަސް ހޭދަކުރި ބިން ދޫކޮށް ދާން ޖެހެނީ ކަރުނައިން ފުރިގެން ތިބެ،" ހަބީބް ބުންޏެވެ.

ތާލިބާނުންގެ މިލިޓަރީ ހެލިކޮޕްޓަރުތަކުން މިވަގުތަށް ދަނީ ބަލިމީހުން އުފުލުން މަޑުޖައްސާލައި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ތާލިބާންގެ އޮފިޝަލުން ބުނެފައިވަނި މިހާރު ރެސްކިއު އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ.

މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ގެދޮރު ގެއްލިފައިވާ 100 އެއްހާ އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

އަގާ އާއި އޭނާގެ ފިރިހެން ދަރިފުޅު ދަނީ ހުސްކޮށް އޮތް ބިންކޮޅެއްގައި ސަތަރިން ޓެންޓު ޖަހަމުންނެވެ. އަނެއް ބައި އާއިލާތައް ވެސް ތިބީ ޓެންޓްތަކުގަ އެވެ. ސަލާމަތް ކުރެވުނު އެމީހުންގެ ބައެއް ތަކެތި އެތަނަށް ޖަމާކޮށްގެންނެވެ.

ބިންހެލުމުގައި ގެދޮރު ގެއްލުނު ހާލިދު ޖާން އޭނާގެ ކާފަ ދަރިންނާއި އެކު

ބިންހެލުމުގައި ހާލިދު ޖާންގެ އާއިލާގެ އެތައް ބަޔަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާގެ ތިބި ފަސް ކާފަ ދަރިން ބެލުމުގެ ޒިންމާ އޮތީ މިހާރު އޭނާ އަށެވެ. އެކުދިންގެ ބައްޕަ އާއި ހާލިދު ޖާންގެ އެހެން ދެ ދަރިން ވަނީ ބިންހެލުމުގައި މަރުވެފަ އެވެ.

އޭނާ ބުނީ "އަހަރެެން ނޫން މީހެއް މިހާރު އެކުދިންގެ ނެތް" ކަމަށެވެ.

"ގެ އާއި އެހެން ހުރިހާ އެއްޗެއް ވަނީ ބިންހެލުމުގައި ހަލާކުވެފައި. އަހަންނަށް އަލުން އެ ދިރިއުޅުން އާރަސްތު ކުރެވޭނެކަމުގެ އުއްމީދެއް ނެތް،" އޭނާ ބުންޏެވެ.

އަފްގާނިސްތާނުގެ ސަރުކާރާއި ބައިނަލްއަގުވާމީ އެއިޑް އޭޖެންސީތަކުން އަންނަނީ ގެއްލުންތައް ބަލާ އެހީތައް ބަހަމުންނެވެ. ނަމަވެސް މިއީ އެ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެކެވެ. އިގުތިސާދީ ދަތި ހާލުގެ ސަބަބުން މިހާރު ވެސް އެ ގައުމު އޮތީ ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ.

އދ. އިން އަންނަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޮލެރާ ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ އާންމުންނަށް ގެންދަނީ އިންޒާރު ވެސް ދެމުންނެވެ.

ހަބީބުގެ އަވަށުގައި 250 އެއްހާ މީހުން ދިރިއުޅޭ އިރު މަރުވި 50 މީހުންގެ ކަށުނަމާދާއި ޖަނާޒާ ބޭއްވުން ދަނީ ކުރިއަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް