ތިލަފުށި: އެ ސަރަހައްދުން 150 ހެކްޓަރު ހިއްކުމަށް ވަނީ ހުޅުވާލާފައި

އެޗްޑީސީ

ތިލަފުށި ބޮޑުކުރަން 150 ހެކްޓަރުގެ ބިން ހިއްކަން ހުޅުވާލައިފި

ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލީ އަންނަ މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް

ތިލަފުށި ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުން ގާތްގަނޑަކަށް 150 ހެކްޓަރު ބިން ހިކުމަށް އެޗްޑީސީން އިއްޔެ ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟- ތިލަފުށީ ފަޅު ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް އެޗްޑީސީން އިއްޔެ ހުޅުވާލީ، އަންނަ މަހު 8 ވަނަ ދުވަހު މެންދުރުފަހު 3:30 ނިޔަލަ އަށެވެ.

ތަފްސީލު - އެޗްޑީސީގެ އިއުލާންގައިވާ ގޮތުން މަޝްރޫއުގެ ކުރެހުންތަކުން 147.5 ހެކްޓަރު ހިއްކުމަށް ރާވާފައިވެ އެވެ. ދެވަނަ ފިޔަވަހީގައި ހިއްކާ ބިންތައް ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރިތަކަށްވެސް ހާއްސަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިވެލުއޭޝަން ކްރައިޓީރިއާގައި ބަލާނެ މުހިންމު ކަންކަން:

  • ކުންފުނީގެ މާލީ ފުދުންތެރިކަން

  • ކުންފުނީގެ ޓެކްނިކަލް ގާބިލުކަން

  • މަޝްރޫއަށް ހިންގުމަށް ހޭދަވާނެ މުއްދަތު

އެނގުން މުހިންމު - އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުން ދެވަނަ ފިޔަވަހީގައި ހިއްކާނީ 127 ހެކްޓަރެވެެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއާ މަޝްވަރާ ކުރަމުންދާ ކަމަށް މިދިޔަ އަހަރު އޮގަސްޓް މަހު އެ ކުންފުނިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް