އިންޑޯމިލްކްގެ ތިން ފްލޭވާގެ ޕެކެޓުތައް.

އެޑްވަޓޯރިއަލް

ކުޑައިރުގެ ހަދާންތަކާ ގުޅިފައިވާ 'އިންޑޯމިލްކް'

ރާއްޖޭގައި ވިއްކާތާ 30 އަހަރު ވެފައިވާ އިންޑޯމިލްކަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ރަނގަޅު ބުއިމެއް
9 ނޮވެމްބަރު 2022

ޔަގީނުން ވެސް 'އިންޑޯމިލްކް'އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭ މީހުން ދިވެހިންގެ ތެރޭގައި ވަރަށް މަދުވާނެ އެވެ. ގިނަ ޒުވާނުންގެ އެންމެ ފޮނި ހަނދާންތައް ކަމަށްވާ ސްކޫލު ދައުރުގެ މަޖާ ދުވަސްތައް ވެސް ވަނީ އިންޑޯމިލްކާ ގުޅިފަ އެވެ. އަދި މިހާރު ވެސް ގިނަ ކުދިންގެ ފޭވަރިޓް ބުއިމަކީ އިންޑޯމިލްކް އެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. އަގުހެޔޮވެފައި މީރެވެ. އެހެންވެ ގިނަ ކުދިން އިންޓަވަލްއަށް ގަންނަ ބުއިމަކަށް ވެސް ވަނީ އިންޑޯމިލްކް އެވެ.

އިންޑޯމިލްކް ރާއްޖެ އެތެރެކޮށް، މާކެޓްކޮށް އަދި ޑިސްޓްރިބިއުޓް ކުރަނީ އެމްޔޫ ސްޓޯރުންނެވެ. އެމްޔޫ ސްޓޯރަކީ އަބަދުވެސް ދިވެހިންނާ ގުޅިފައިވާ މިފަދަ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް، މާކެޓް ކުރުމުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ތިން ރަހަ، ދެ ސައިޒު

އެމްޔޫ ސްޓޯރުން ރާއްޖެއަށް އިންޑޯމިލްކްގެ ދެ ސައިޒެއްގެ، ތިން ފްލޭވާއެއްގެ ޕެކެޓް އެތެރެކޮށް ވިއްކަ އެވެ. އެއީ ޗޮކްލެޓް، ވެނީލާ އަދި ސްޓްރޯބެރީ ފްލޭވާގެ 180 އެމްއެލް ޕެކެޓާއި 115 އެމްއެލް ޕެކެޓެވެ.

  • އިންޑޯމިލްކް ޗޮކްލެޓް - އިންޑޯމިލްކް ޗޮކްލެޓް ފްލޭވާއަކީ ޑައިޓްގެ ތެރެއަށް 'ޑެއިރީ ގުޑްނެސް' ގެނައުމަށް ވަރަށް ފަސޭހަ ބުއިމެއް؛ މި ފްލޭވާގައި ހުންނަނީ ކްރީމީ އަދި މީރު ޗޮކްލެޓް ރަހައެއް

  • އިންޑޯމިލްކް ސްޓްރޯބެރީ - އިންޑޯމިލްކް ސްޓްރޯބެރީގައި ލަނީ ހަގީގީ ސްޓްރޯބެރީ ރަހަ؛ މިއީ ބާޒާރުގައި ހުންނަ އެހެން ސްޓްރޯބެރީ ކިރު ޕެކެޓްތަކާ އަޅާބަލާއިރު ވަރަށް މީރު އަދި ތަފާތު ރަހައެއް އެކުލެވިގެންވާ ބުއިމެއް

  • އިންޑޯމިލްކް ވެނީލާ - އިންޑޯމިލްކްގެ ވެނީލާގައި ތަފާތު ރަހައެއް ހުންނަ ހުރުމަކީ ގިނަ ބަޔަކު މި ފްލޭވާ ގަންނަ ސަބަބެއް؛ މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައި ބޯލަން ވެސް ރަނގަޅު، މުޅި މީހާ ހޭލައްވާލަ ދޭ، އިންޑޯމިލްކްގެ ފްލޭވާއެއް

  • އިންޑޯމިލްކް ކިޑްސް - އިންޑޯމިލްކް ކިޑްސް އަކީ ކެލްސިއަމް، ޕްރޮޓީން، ވިޓަމިން އޭ، ބީ3 އަދި ޑީ3 ފަދަ މުހިންމު ނިއުޓްރިއެންޓްސް އެކުލެވިގެންވާ، ކުޑަކުދިންނަށް ފައިދާ ހުރި ބުއިމަކަށް ވުމުން، އެ ކުދިން ބަނޑުހައިވެފައި ހުންނަ ވަގުތެއްގައި މިފަދަ ބުއިމެއް ބޯލުމުން ބަނޑުހައިކަން ފިލުވާލަދޭ؛ އިންޑޯމިލްކް ކިޑްސް ޕެކެޓުތައް ވެސް ޗޮކްލެޓް، ވެނީލާ އަދި ސްޓްރޯބެރީ ފްލޭވާއިން ލިބޭ

އިންޑޯމިލްކަކީ ހައި ޓެމްޕަރޭޗާ ޝޯޓް ޓައިމް (އެޗްޓީއެސްޓީ) ސްޓެރިލައިޒޭޝަން މަރުހަލާގައި ޕްރޮސެސްކޮށްފައިވާ، ވަގުތުން ބޯލެވޭ ބުއިމެކެެވެ. އަދި އިންޑޯމިލްކް ޔޫއެޗްޓީއަކީ ތާޒާ ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. އެހެންކަމުން، މިއީ ހުރިހާ އުމުރުފުރާތަކެއްގެ މީހުންނަށް ވެސް ރަނގަޅު، ބެލެންސް ނިއުޓްރިޝަން އެކުލެވިގެންވާ ބުއިމެކެވެ.

ބައެއް ޒުވާނުން އޮފީސް ބްރޭކް ގަޑީގައި ހެދިކާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗަކާ އެކު ވެސް އިންޑޯމިލްކް ހިޔާރުކުރުމަކީ މިއީ ހަމައެކަނި ކުޑަކުދިންގެ މެދުގައި މަގުބޫލު ބުއިމެއް ނޫންކަން އެނގޭ ކަމެކެވެ.

އިންޑޯމިލްކް ދިވެހިންނަށް ގަންނަން ލިބޭތާ މިހާރު 30 އަހަރު ވެފައި ވާއިރު، މިއީ ފެންވަރު ރަނގަޅު ބްރޭންޑެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ބަލައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް