Majlis 2024

މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ (ފޮޓޯ/ބީއެމްއެލް)

ބޭރު ފައިސާގެ އާމްދަނީއަށް 222 މިލިއަން ޑޮލަރު އިތުރުވެއްޖެ

މިދިޔަ އަހަރު ބޭރު ފައިސާ އިން ލިބުނު އާމްދަނީ އަކީ 889.10 މިލިއަން ޑޮލަރު
15 ޖެނުއަރީ 2023

މިދިޔަ އަހަރު ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް 222.4 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ބޭރު ފައިސާ އިން ލިބުނު އާމްދަނީ އަކީ 889.10 މިލިއަން ޑޮލަރެވެ. އެއީ:

  • އޭގެ ކުރީ އަހަރު، 2021އާ އަޅާ ބަލާއިރު 222.4 މިލިއަން ޑޮލަރު ނުވަތަ %42ގެ އިތުރު އަދަދެއް 

  • 2021ގައި ލިބިފައި ވަނީ 626.2 މިލިއަން ޑޮލަރު

ތަފްސީލް - ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ލިބިފައި ވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީންނެވެ. އެގޮތުން، ޓީޖީއެސްޓީން 430.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އޭގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބުނު ދާއިރާތަކަކީ:

  • ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުން - 127.5 މިލިއަން ޑޮލަރު

  • ރިސޯޓް ކުލި - 125.2 މިލިއަން ޑޮލަރު

  • ގްރީން ޓެކްސް - 63.5 މިލިއަން ޑޮލަރު

  • ޑިޕާޗާ ޓެކްސް - 51.4 މިލިއަން ޑޮލަރު

ބޭރު ފައިސާ އިން ލިބުނު އާމްދަނީ ރަނގަޅުވީ ޓޫރިސްޓުން ރާއްޖެ އައި މިންވަރު މިދިޔަ އަހަރު ރަނގަޅުވުމާ ގުޅިގެންނެވެ. އެގޮތުން، ކޮވިޑްގެ ކުރިއާ ގާތްގަނޑަކަށް އެއްވަރަކަށް ޓޫރިސްޓުން ވަނީ މިދިޔަ އަހަރު ރާއްޖެ އައިސްފަ އެވެ.

އެނގުން މުހިންމު - މިދިޔަ އަހަރު މީރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ ޖުމްލަ 22 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 6.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް