ރެސްޓޯރެންޓުގެ ކޯ-އޯނަރު މަނީޝް ގޯޔަލް (ކ) އާއެކު ކެޓްރީނާގެ ދެމަފިރިން

ކެޓްރީނާ ކައިފް

ޕްރިޔަންކާގެ ރެސްޓޯރެންޓަށް ކެޓްރީނާގެ ތައުރީފް

14 މޭ 2022

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް މިހާރު އުޅެނީ ނިއު ޔޯކުގައި ޗުއްޓީއެއްގަ އެވެ. ޗުއްޓީގެ މަންޒަރުތަކާއި ފޮޓޯތައް އިންސްޓަގްރާމުގައި އާއްމުކުރަމުން އަންނަ ދެމަފިރިން ވަނީ ނިއު ޔޯކުގައި ހުންނަ، ޕްރިޔަންކާ ޗޯޕްރާގެ ރެސްޓޯރެންޓަށް ވެސް ގޮސްފަ އެވެ.

'ސޯނާ ނިއު ޔޯކް'ގެ ނަމުގައި ހިންގާ ރެސްޓޯރެންޓާ ގުޅޭގޮތުން ކެޓްރީނާ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ އެ ތަނަކީ "ގެއާ ދުރުގައިވާ ގެ" ނުވަތަ "ހޯމް އަވޭ ފްރޮމް ހޯމް" ކަމަށެވެ.

ރެސްޓޯރެންޓުގެ ކޯ-އޯނަރު މަނީޝް ގޯޔަލް އާއެކު ކެޓްރީނާގެ ދެމަފިރިން ނަގާފައިވާ ފޮޓޯއެއް އެމީހުންގެ އިންސްޓަގްރާމު ސްޓޯރީގައި އާއްމުކުރުން ޕްރިޔަންކާ ވަނީ އެ ފޮޓޯ ޝެއާކޮށްފަ އެވެ. ޕްރިޔަންކާ ބުނީ ކެޓްރީނާމެން އެ ރެސްޓޯރެންޓަށް ދިޔުމުން އުފާވާ ކަމަށާއި އަބަދުވެސް އެ މީހުންނަށް އެތަނުން މަރުހަބާ ކިޔާނެ ކަމަށެވެ.

ކެޓްރީނާ އާއި ޕްރިޔަންކާ އަކީ ގާތް އެކުވެރިންނެވެ. އެ ދެ މީހުން ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނާނީ ފަރްހާން އަހްތަރުގެ 'ޖީލޭ ޒަރާ' އިންނެވެ. އެ ފިލްމުން އާލިޔާ ބަޓް ވެސް ފެންނާނެ އެވެ. ފިލްމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ބެލެވެ އެވެ.

ޕްރިޔަންކާ މިހާރު ދިރިއުޅެނީ އަލަތު ދަރިފުޅާއި ފިރިމީހާ ނިކް ޖޯނަސް އާއެކު ލޮސް އެންޖެލިސްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް