Majlis 2024

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާގެ ގްރޭންޑް ލަކީޑްރޯ ނަގަން ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ސިމްޑީ)

ސިމްޑީ

'ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ގްރޭންޑް ލަކީ ޑްރޯ ނަގައިފި

މުޅި ޕްރޮމޯޝަންގެ ބޮޑު ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދިޔަ ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އަގުހުރި އިނާމު ދީފައިވޭ
19 ޑިސެމްބަރު 2022

ގަތަރު ވޯލްޑް ކަޕަށް އަމާޒުކޮށްގެން ސިމްޑީން ކުރިއަށްގެންދިޔަ 'ވޯލްޑް ކަޕް ފިއެސްޓާ 2022'ގެ ގްރޭންޑް ލަކީޑްރޯ ނަގައި، ބޮޑު އިނާމުތައް ލިބޭ ތިން ނަސީބުވެރިން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި 'ސިމްޑީ އޮންލައިން' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، %30އާ ހަމައަށް ޑިސްކައުންޓު އަގުތަކުގައި ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލި އެވެ. އޭގެ ތެރޭގައި ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ކޮންމެ ހަފްތާއަކު ނެގި ލަކީޑްރޯތަކާއި ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯތައް ވެސް ހިމެނެ އެވެ.

ތަފްސީލު - މިއަދު ސިމްޑީ ރޭސޫ ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯ ނަންގަވައިދެއްވީ ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު، ސިމްޑީ ރޭސޫގެ ސީނިއާ މެނޭޖަރު އަލީ މުރުތަލާ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އިސްމާއިލް އަނިލް އެވެ.

ގްރޭންޑް ލަކީޑްރޯގައި ހޮވުނު ނަސީބުވެރިންނާއި ދިން އިނާމުތަކަކީ:

  • އެއް ވަނަ - އައިމަން އަހްމަދު ޝަހީމް، އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަންގް އެސް22 އަލްޓްރާ

  • ދެ ވަނަ - ހުސައިން ރިޒާ، އިނާމަކީ ޕީއެސް5 އަކާއި ފީފާ 23 ގޭމް

  • ތިން ވަނަ - ޝީރަޒް، އިނާމަކީ އިލީ ކޮފީ ބަންޑަލްއެއް (އެކްސް9 ކްރޯމް ކޮފީ މެޝިން، މިލްކް ފްރޮތާ، ކެޕްސޫލް، އެސްޕްރެސޯ ކަޕް އަދި ކަޕަޗީނޯ ކަޕްއެއް)

ސިމްޑީއިން އެ މީހުންނާ އިނާމު ހަވާލުކުރާނީ އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާގެ ގްރޭންޑް ލަކީޑްރޯއިން އެއް ވަނައަށް ހޮވުނު ނަސީބުވެރިޔާގެ ނަންބަރު. (ފޮޓޯ/ސިމްޑީ)
  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާގެ ގްރޭންޑް ލަކީޑްރޯއިން ދެ ވަނައަށް ހޮވުނު ނަސީބުވެރިޔާގެ ނަންބަރު. (ފޮޓޯ/ސިމްޑީ)
  • ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާގެ ގްރޭންޑް ލަކީޑްރޯއިން ތިން ވަނައަށް ހޮވުނު ނަސީބުވެރިޔާގެ ނަންބަރު. (ފޮޓޯ/ސިމްޑީ)

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ

މުޅި ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވިއިރު އޭގެ ކުރިން އެ ޕްރޮމޯޝަން ކުރިއަށްދިޔަ ހަތަރު ހަފްތާގެ ތެރޭގައި ކޮންމެ ހަފްތާއަކު އިތުރު ނަސީބުވެރިން ހޮވައި، އަގުހުރި އިނާމުތަކެއް ވެސް ސިމްޑީއިން ވަނި ދީފަ އެވެ. އެއީ:

  • ފުރަތަމަ ހަފްތާގެ އިނާމު: ކެނޮން ރާޔޯ އެސް1 ޕްރޮޖެކްޓަރެއް

  • ދެ ވަނަ ހަފްތާގެ އިނާމު: އިލެކްޓްރޯލަކްސް ރޮބޮޓް ހޯމް ވެކިއުމް ކްލީނަރެއް

  • ތިން ވަނަ: އިލީ ކޮފީ ބަންޑްލް (އެކްސް9 ކްރޯމް ކޮފީ މެޝިން، މިލްކް ފްރޮތާ، ކެޕްސޫލްސް، އެސްޕްރެސޯ ކަޕް، ކަޕަޗީނޯ ކަޕް

  • ހަތަރު ވަނަ ހަފްތާގެ އިނާމު: އިލީ ވައި3.3 ކޮފީ މެޝިނެއް

'ސިމްޑީ އޮންލައިން' އެޕްލިކޭޝަން

ގޫގްލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭ މި އެޕްލިކޭޝަނުން ސިމްޑީއިން ވިއްކާ 200އަށް ވުރެ ގިނަ ބްރޭންޑްތަކުގެ 15،000އަށް ވުރެ ގިނަ އުފެއްދުންތައް ބަލައިލެވޭނެ އެވެ.

ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތައް ފަސޭހައިން ބަލައިލެވޭ ގޮތަށް މި އެޕްލިކޭޝަންގައި ވަކިން 'ސްޕެޝަލް އޮފާ' ސެގްމެންޓެއް ވެސް ހިމަނާފައިވެ އެވެ. ވޯލްޑް ކަޕަށް %30އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓުތައް ވެސް ފެންނާނީ މި ބައިންނެވެ.

ސްޕެޝަލް އޮފާ ސެގްމެންޓުގައި ކަސްޓަމަރުންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ޑިސްކައުންޓް އަގުތަކުގައި ގަނެވޭނެ އެވެ. އޭގެ ތެރޭގައި:

  • އިލީ ކޮފީ - ކޮފީ ކެޕްސޫލް، ބީންސް އަދި ގްރައުންޑް ކޮފީ

  • ބޮންކެފޭ - އައިކެފޭ، އައިކާފީ މަސާލާ، ސިނަމަން އަދި ކާޑަމަން ކޮފީ

  • ހޯލްސްޓެން - އެޕަލް، މޮހީޓޯ، ސްޓްރޯބެރީ އަދި އިތުރު ފްލޭވާތައް

  • މައި ބިޒްކަޓް - އެސޯޓަޑް ކުކީސް، ބަޓާ ކުކީސް އަދި އެކި ބާވަތްތަކުގެ މީރު ބިސްކޯދު

  • ކެޑްބަރީ ޗޮކޮލެޓް

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ނަސީބުވެރިންނަށް މަރުހަބާ ކިޔުމާ އެކު އަންނަ އަހަރުގެ ތެރޭގައި ހަމަ މިފަދަ އަގުހުރި އިނާމު ލިބޭ ބޮޑެތި ޕްރޮމޯޝަންތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް
info@simdi.com
3334400

އިތުރު އާޓިކަލް

އިތުރު އާޓިކަލް