ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ބޭއްވި މޫދު ކުޅިވަރު ހަރަކާތެއްގައި ދަރިވަރުންތަކެއް ޖެޓްސްކީ ދުއްވަން ތައްޔާރުވަނީ

ޓޫރިޒަމް 50

ޓޫރިޒަމްގެ 50 އަހަރު ފާހަގަކުރަން ރ. އަތޮޅު ކައުންސިލުން މޫދު ކުޅިވަރު ހަރަކާތްތަކެއް ބާއްވައިފި

އާންމުންނާއި ރ. އަތޮޅުގެ އެކި ސްކޫލްތަކުގެ ދަރިވަރުންނަށް އެތައް ތަޖުރިބާއެއް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިއްޔެ މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މިއީ ޓޫރިޒަމް މިނިސްޓްރީގެ އެހީއާ އެކު ރ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ރ. ޓޫރިޒަމް އެކްސްޕޯ 2022 ގެ ތެރެއިން ބޭއްވި ހަރަކާތްތަކެކެވެ.

ތަފްސީލު - ރ. ހުޅުދުއްފާރުގައި ބޭއްވި އެ ހަރަކާތް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާތިފް އަދި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް އެވެ.

ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ކުރިއަށްގެންދިޔަ މޫދު ކުޅިވަރު ހަރަކާތްތައް ފަށައިދެނީ

މޫދު ކުޅިވަރުގެ އެ ހަރަކާތްތަކުގައި ރ. އަތޮޅުގެ އެކި ސްކޫލްތަކުގެ ދަރިވަރުންނާއި އާންމުން ވެސް ބައިވެރިވި އެވެ. މޫދު ކުޅިވަރުގެ ހުނަރު ދައްކާލުމާއި މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތައް ދަރިވަރުންނާއި އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް، އެ ހަރަކާތުގެ ތެރެއިން ލިބުނެވެ.

ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ބޭއްވި މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން
ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ބޭއްވި މޫދު ކުޅިވަރު ހަރަކާތުގައި މީހުން ބައިވެރިވަނީ

މި ހަރަކާތުގައި ރ. އަތޮޅުގެ ހަތް ރިސޯޓަކުން ބައިވެރިވި އެވެ. އަދި ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ އަދި އިންނަމާދޫ ސްކޫލުގެ މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ވަރަށް ގިނަ ތަޖުރިބާތަކެއް ވެސް، މި ހަރަކާތްތަކުގެ ތެރެއިން ލިބުނެވެ.

އެ ދަރިވަރުންނަށް ވަނީ ކެރިއާ ގައިޑެންސްއާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް