Majlis 2024

ގދ. ފިޔޯރީއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. (ފޮޓޯ/ ހިލްޓަން އާޒިފް، ފޭސްބުކް)

ފެންބޮޑުވުން

20 އަށް ވުރެ ގިނަ ރަށަށް އުދައިގެ އަސަރު ކުރި: އެންޑީއެމްއޭ

ބައެއް ގޭގެއިން ވަނީ މީހުން ވެސް ބަދަލު ކުރަން ޖެހިފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 20 އަށް ވުރެ ގިނަ ރަށަކަށް މިއަދު އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މެޓް އޮފީހުން ވަނީ އުދައަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ހަވީރުން ފެށިގެން ދަނީ އުދަރައަރަމުންނެވެ.

ތަފްސީލް - އުދަ އެރި ރަށްރަށުގެ ހާލަތާ ގުޅޭ ގޮތުން އެންޑީއެމްއޭ އިން ބުނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ހަތް އަތޮޅަކަށް އުދަ އަރައި އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ތ. އަތޮޅު

ތ. އަތޮޅުގެ އަށް ރަށަކަށް އުދަ އަރާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެގޮތުން، އެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލޮނުވަދެ، އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ. އެގޮތުން ގެއްލުންވި ރަށްތަކަކީ:

  • ކިނބިދޫ: އަށް ގެ

  • ގާދިއްފުށި: 35 ގެ

  • މަޑިފުށި: 60 ގެ

  • ދިޔަމިގިލި: ފަސް ގެ

  • ވޭމަންޑޫ: 10 ގެ

  • ތިމަރަފުއްޓަށް ވެސް އުދައިގެ އަސަރު ކުރި

  •  ގުރައިދޫގައި މީހުން ދިރިއުޅޭ ހިސާބަށް އުދައިގެ އަސަރުކުރި ނަމަވެސް، ގޭގެއަށް ފެން ވަދެފައެއް ނުވޭ

ތ. ކިނބިދުއަށް އުދަ އަރައި އަށް ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވޭ.

ލ. އަތޮޅު

  • މާވަށަށް އުދަ އަރައި ހަތަރު ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނު

ގއ. އަތޮޅު

  • ކޮލަމާފުއްޓަށާއި މާމެންދުއަށް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައިވޭ

ގދ. އަތޮޅު

  • އެ އަތޮޅުގެ ފަސް ރަށަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވޭ

  • މަޑަވެލީގެ %98 ގޭގެއަށް ލޮނުވަދެ، އެކި ވަރުގެ ގެއްލުން ލިބުނު

  • ފަރެސްމާތޮޑާގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

  • ހޯނޑެއްދޫ، ފިޔޯރީ އަދި ރަތަފަންދުއަށް އުދަ އަރައި އެކި ވަރުގެ ގެއްލުން ލިބުނު

  • ފިޔޯރީގެ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އެ ރަށު މީހުން ބުނޭ

ގދ. ފިޔޯރީއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. (ފޮޓޯ/ ހިލްޓަން އާޒިފް، ފޭސްބުކް)

އައްޑޫ

  • މަރަދޫގެ 50 ގެއަކަށް ލޮނު ވަދެފައިވޭ

  • އޭގެ ތެރެއިން ދެ ގެއަކުން މީހުން އެހެން ގެއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

  • މަރަދޫފޭދުއަށް އުދަ އަރައި 30 ގެއަކަށް ލޮނުވަދެފައިވޭ

ޅ. އަތޮޅު

  • ކުރެންދުއަށް އުދައިގެ އަސަރުކުރި

  • ނައިފަރަށް ވާރޭވެހި، ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް