Majlis 2024

އައިޕީއެލްގެ ފައިނަލުގައި މި ފަހަރު ބައްދަލުކުރާނީ ގުޖުރާތު ޓައިޓެންސް އާއި ރާޖަސްތާން ރޯޔަލްސް.

މީޑިއާނެޓް

އައިޕީއެލްގެ ފައިނަލް މިރޭ؛ މީޑިއާނެޓުގެ ޗެނަލްތަކުން ވަގުތުން ބަލައިލެވޭނެ

ފައިނަލްގައި ބައްދަލު ކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮތް ގުޖުރާތު ޓައިޓެންސް އާއި ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް

ދުނިޔޭގެ އެންމެ ބޮޑު ކުރިކެޓު މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލް މެޗު މިރޭ އޮންނައިރު، އެ މެޗު މީޑިއާނެޓުގައި ހިމެނޭ ޗެނަލްތަކުން ވަގުތުން ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އައިޕީއެލްގެ ފައިނަލް މެޗުގައި ވާދަކުރާނީ ތާވަލުގެ އެއް ވަނައިގައި އޮތް ގުޖުރާތު ޓައިޓެންސް (ޖީޓީ) އާއި ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް (އާރުއާރު) އެވެ.

ތަފްސީލު - ފައިނަލާ ހަމައަށް އައި އިރު އެ ދެ ޓީމުގެ ދެމެދުގައި އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. އެ ދެ ޓީމުން ވެސް 14 މެޗު ކުޅެފައި ވާއިރު، ޖީޓީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. އަދި އާރުއާރުއަށް ލިބުނީ 18 ޕޮއިންޓެވެ.

ޕޮއިންޓުގެ ގޮތުން އާރުއާރު އާއި ތާވަލުގެ ތިން ވަނައިގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް (އެލްއެސްޖީ)އާ އެއްވަރުވި ނަމަވެސް، ޖީޓީއަށް ކުރި ލިބެނީ ރަން ރޭޓުންނެވެ.

އައިޕީއެލްގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7:30ގަ އެވެ. އެ މެޗު މީޑިއާނެޓުން ދައްކާ ސްޓާ ސްޕޯޓްސްގެ ޗެނަލްތަކުން ވަގުތުން ބަލައިލެވޭނެ އެވެ. އެއީ:

  • ސްޓާ ސްޕޯޓްސް 1 (ޗެނަލް 304)

  • ސްޓާ ސްޕޯޓްސް 2 (ޗެނަލް 300)

  • ސްޓާ ސްޕޯޓްސް 1 އެޗުޑީ (ޗެނަލް 883)

  • ސްޓާ ސްޕޯޓްސް 2 އެޗުޑީ (ޗެނަލް 882)

ޓީވީ ޗެނަލްތަކުގެ އިތުރުން މީޑިއާނެޓު 'ކުއިކްޕޭ' އިން ވައުޗާއެއް ގަނެގެން، މީޑިއާނެޓުގެ 'އެމްއެސް ޑިޖިޓަލް' އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެ ވެސް އައިޕީއެލް ބަލައިލެވޭނެ އެވެ. މި ވައުޗާ މީޑިއާނެޓުގެ އޮތޯރައިޒްޑް ޑީލަރުންގެ އަތުން ވެސް ގަނެވޭނެ އެވެ.

މީޑިއާނެޓުގެ ހިދުމަތްތަކާއި އައިޕީއެލްއާ ގުޅޭ އިތުރު މައުލޫމާތު މީޑިއާނެޓުގެ ވެބްސައިޓުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް