Majlis 2024

ސްޕެނިޝް ލަ ލީގާގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާގެ ރަފީނިއާ. ބާސެލޯނާއަށް އެ މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކުން ފުއްދާލައިގެން.

މީޑިއާނެޓް

ސްޕެނިޝް ލަ ލީގާގެ އާ ސީޒަން ފަށައިފި؛ ބައެއް މެޗުތައް މީޑިއާނެޓުން ދައްކާނެ

މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތަކުގެ އެހީގައި ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، މެޗެއް ވައްޓާނުލައި ބެލުމުގެ ފުރުސަތު ލިބޭނެ
14 އޯގަސްޓު 2022

ގިނަ އަދަދެއްގެ ދިވެހިން ފޯރިއާ އެކު ބަލާ ސްޕެނިޝް ލަ ލީގާގެ މެޗުތައް މީޑިއާނެޓުން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އާ ތަރިންނާ އެކު ލަ ލީގާގެ އާ ސީޒަންގެ ކުޅުން ރާއްޖެ ގަޑިން ރޭ 12 ޖެހިއިރު ވަނީ ފަށާފަ އެވެ. އަގުބޮޑު ސްކޮޑަކާ އެކު ނުކުތް ބާސެލޯނާއަށް ފުރަތަމަ މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކާ އެކުގަ އެވެ.

ތަފްސީލު - މީޑިއާނެޓުން ބުނީ ލަ ލީގާގެ ހުރިހާ މެޗުތަކެއް ވެސް އައިސް ނެޓްވޯކުގެ ޗެނަލްތަކުން ފެންނާނެ ކަމަށެވެ. އެ ޗެނަލްތަކަކީ:

  • އައިސް ޓީވީ (ޗެނަލް 100)

  • އައިސް ސްޕޯޓްސް (ޗެނަލް 102)

  • އައިސް ޕްލަސް (ޗެނަލް 888)

މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް މޮބައިލް އެޕް މެދުވެރިކޮށް ޑީކޯޑަރަކާ ނުލައި ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެން ވެސް މީޑިއާނެޓުގެ ޗެނަލްތައް ބަލައިލެވޭނެ އެވެ. އެމްއެސް ޑިޖިޓަލް އެޕްގެ ވައުޗާ ކޯޑު، މީޑިއާނެޓުގެ ކުއިކްޕޭއިން ގަނެވޭނެ އެވެ.

މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލައި ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

ލަ ލީގާގެ ޓީމުތަކާ ގުޅުނު ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން

ލަ ލީގާގެ ކުޅުން ރޭ ފެށިއިރު، މިދިޔަ މަހު ޓްރާންސްފާ މާކެޓު ހުޅުވުމާ އެކު ލަ ލީގާގެ ޓީމުތަކުން ވަނީ ސްޕެނިޝް ފުޓުބޯޅައިގެ ތާޖު ކަށަވަރު ކުރުމަށް ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ހުނަރުވެރި ކުޅުންތެރިން ޓީމުތަކާ ގުޅިފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަކީ:

ރޮބަޓް ލެވަންޑޯސްކީ:

  • ޕޮލެންޑް ގައުމީ ޓިމުގެ ކެޕްޓަން އަދި ފާއިތުވި ދެ ސީޒަންގައި މުޅި ޔޫރަޕުން އެންމެ ގިނަ ގޯލު ޖަހައި ރަންބޫޓު ހޯދި ލެވަންޑޯސްކީ މިފަހަރު ފެނިގެންދާނީ ސްޕެއިން ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ބާސެލޯނާ އިން

  • ގޯލް ޖެހުމުގައި ކުޅަދާނަ ލެވަންޑޯސްކީ އުމުރުން 33 އަހަރުގައި ވެސް ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއަކަށްވާނެކަން ޕްރީ ސީޒަން މެޗުތަކުން ވެސް ފެނިގެންދިޔަ؛ ނަމަވެސް ލަ ލީގާގެ އާ ސީޒަން ފަށަން ރޭ ބާސެލޯނާ ކުޅުނު މެޗުގެ ފުރަތަމަ 11ގައި ހިމެނުނު ލެވަންޑޯސްކީއަށް ގޯލެއް ޖެހޭ ގޮތެއް ނުވި

  • ޖަރުމަނުގެ ބެޔާން މިއުނިކަށް އަށް އަހަރުގެ މުއްދަތަކަށް ކުޅުމަށް ފަހު ލެވަންޑޯސްކީ ބާސެލޯނާއާ ގުޅުނުއިރު އޭނާގެ ފުޓުބޯޅަ ކެރިއަރުގައި 600އަށް ވުރެ ގިނަ ގޯލު ވަނީ ޖަހާފައި

ރަފީނިއާ:

  • ބްރެޒިލްގެ ޒުވާން ސަމްބާ ބޯއީ ރަފީނިއާ ހޯދުމަށް ޓްރާންސްފާ މާކެޓުގައި އިނގިރޭސި ކްލަބް ޗެލްސީއާ ވަރުގަދަ ހަނގުރާމައެއް ކުރުމަށް ފަހު، އޭނާގެ ސޮއި ވެސް ކާމިޔާބުކުރީ ބާސެލޯނާ އިން

  • އަބަދުވެސް ބާސެލޯނާއަށް ކުޅެން ބޭނުންވެފައި ހުރި ރަފީނިއާ ވަނީ ޕްރީ ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކާފައި؛ ބާސެލޯނާގެ އެންމެ ވާދަވެރި ޓީމް ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ޕްރީސީޒަން މެޗުގައި ރަފީނިއާ ޖެހި ލަނޑު ފާހަގަކޮށްލެވޭ

  • ބޯޅަ ގެންގުޅެން މޮޅު، ހަލުވި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ރަފީނިއާގެ ފަރާތުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރޭ؛ ރޭ ބާސެލޯނާ އިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރި ނަމަވެސް، ރަފީނިއާއަށް ވެސް ގޯލެއް ނުޖެހޭ

އެންޓޯނިއޯ ރުޑިގާ:

  • 2020 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކައި އެންމެ މުހިންމު ދައުރެއް އަދާކުރި ޖަރުމަނުގެ ރުޑިގާ މި ސީޒަންގައި ފެނިގެންދާނީ ސްޕެއިންގެ ފުޓުބޯޅަ ރަސްގެފާނު އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން

  • ފިޒިކަލީ ވަރުގަދަ އަދި ޓެކުލް ކުރަން މޮޅު ރުޑިގާ، އިދިކޮޅު ޓީމުތަކުގެ އެޓޭކްތައް ހުއްޓުވުމުގައި ރެއާލް މެޑްރިޑް ޑިފެންސްގައި އެންމެ މުހިއްމު ދައުރެއް މި ސީޒަނުގައި އަދާކުރާނެ އެއް ކުޅުންތެރިއަށް ވާނެ؛ ޖަރުމަނު ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ރުޑިގާ އަކީ ޑިފެންސްގައި ހުރެ ލިބޭ ފުރުސަތުތަކުގައި އެޓޭކްގައި ވެސް ބައިވެރިވެ، ގޯލު ޖަހާ ކުޅުންތެރިއެއް

އައުރެލިން ޓޫކަމެނީ:

  • ފްރާންސްގެ އެންމެ އުންމީދީ އެއް ތަރި، އުމުރުން 22 އަހަރުގެ ޓޫކަމެނީގެ ސޮއި ހޯދުމަށް މި ޓްރާންސްފާ މާކެޓުގައި ގިނަ ކްލަބްތަކުން ކުރި މަސައްކަތަށް ނިމުން އައީ ބޮޑު ފީއަކަށް ފްރާންސްގެ މޮނާކޯއިން ރެއާލް މެޑްރިޑްއަށް އޭނާ ސޮއި ކުރުމުން

  • ޓީމުގެ މެދުތެރެއިން ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލު އަދާކުރާ ޓޫކަމެނީ އަކީ ކުރިއަށް ރީތި ބޯޅަތަކެއް ލައިދިނުމުގެ ގާބިލުކަންވެސް ހުރި ކުޅުންތެރިއެއް 

  • މިދިޔަ އަހަރު ފްރާންސްގެ ގައުމީ ޓީމުން ޖާގަ ހޯދުމަށް ފަހު ޓޫކަމެނީ އަންނަނީ ބަރާބަރަށް ފްރާންސްގެ ގައުމީ ޓިމުން ޖާގަ ހޯދަމުން

އެކްސެލް ވިޓްސެލް:

  • ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ކުޅެފައިވާ ބެލްޖިއަމްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވިޓްސެލް މި ސީޒަނުގައި ފެނިގެންދާނީ ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑުން 

  • ބެލްޖިއަމްގެ ގައުމީ ޓީމަށް 124 މެޗު ކުޅެފައިވާ އުމުރުން 33 އަހަރުގެ ވިޓްސެލް އަކީ މެދުތެރެއިން ޑިފެންސް އަދި އެޓޭކުގައި ވަރުބަލިކަމެއް ނެތި 90 މިނެޓު ބައިވެރިވާ ބުންވަރު ގަދަ ކުޅުންތެރިއެއް

  • ގޯލާ ރައްޓެހި ވިޓްސެލް ވަނީ ކެރިއަރުގައި 100އަށް ވުރެ ގިނަ ގޯލު ޖަހާފައި 

  • މީގެ ކުރިން ޕޯޗުގަލް، ރަޝިއާ އަދި ޖަރުމަނު ލީގުގައި ކުޅެފައިވާ ވިޓްސެލްގެ ތަޖުރިބާގެ އެހީގައި އެޓްލެޓިކޯ މެޑްރިޑަށް ކުރިއެރުންތަކެއް ލިބޭނެކަން ޔަގީން

އިތުރު އާޓިކަލް

އިތުރު އާޓިކަލް