Majlis 2024

ކްރިމިނަލް ކޯޓު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކްރިމިނަލް ކޯޓު

ޓިކްޓޮކްގައި ބަރަހަނާވި ނަބީލް 1 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އޭނާގެ މައްޗަށް އުފުލީ އޮރިޔާންކާޑު ހެދުމާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ
22 ސެޕްޓެމްބަރު 2022

ޓިކްޓޮކްގައި ބަރަހަނާވި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ޖުމްލަ އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ނަބީލްގެ މައްޗަށް އުފުލީ:

  • އޮރިޔާންކާޑު ހެދުމުގެ ދައުވާ

  • އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ 

  • އެ ދައުވާތައް އުފުލީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާ ކަމަށް ބުނެ

ތަފްސީލް - ނަބީލް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ދައުވާއަށް އިންކާރުކުރި ނަމަވެސް، މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޮރިޔާންކާޑު ހެދުމުގެ ކުށް ސާބިތުވެ އޭނާއަށް ކޯޓުން މިއަދު އިއްވީ އެއް އަހަރުދުވަހުގެ ޖަލު ހުކުމެކެވެ.

އޮރިޔާން ކާޑު އުފައްދައި އިންޓަނެޓް މެދުވެރިކޮށް އޮރިޔާން ކާޑު އާންމުކުރި މައްސަލައިގެ ތަހުގީގުގައި، ނަބީލް ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރި އެވެ. އޭނާ ދިރިއުޅޭ ކޮޓަރީގެ އެނދުމަތީގައި އޮތް ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލުކުރިއިރު އެ ލެޕްޓޮޕްގެ ހާޑް ޑިސްކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް