Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ބޮލްސޮނާރޯއަށް އިންތިހާބު ގެއްލުނީ އެންމެ %2 އިން (ފޮޓޯ/އޭއެފްޕީ)

ބްރެޒިލް

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ބޮލްސޮނާރޯގެ ޕާޓީން ޝަކުވާ ހުށައަޅައިފި

ބޮލްސޮނާރޯގެ ޕާޓީން ޝަކުވާ ހުށައަޅާފައި މިވަނީ އިންތިހާބު ނިމުނުތާ 3 ހަފްތާ ފަހުން
23 ނޮވެމްބަރު 2022

މިދިޔަ މަހު ފަހުކޮޅު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އިންތިހާބުން ބަލިވި ބްރެޒިލްގައި މިހާރު ހުންނެވި ރައީސް ބޮލްސޮނާރޯ ނިސްބަތްވާ ސިޔާސީ ޕާޓީން ޝަކުވާ ހުށައަޅައިފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުން ކުރި ބައެއް މެޝިންތަކުގެ ނަތީޖާ ބަލައިނުގަތުމަށް ބޮލްސޮނާރޯގެ ލިބަރަލް ޕާޓީން ވަނީ އިންތިހާބުތަކާ ބެހޭ ކޯޓުގައި އެދިފަ އެވެ. އަދި އިންތިހާބުތަކާ ބެހޭ ކޯޓުން ވަނީ ލިބަރަލް ޕާޓީގެ މި ޝަކުވާގައި ފުރަތަމަ ބުރުގެ ވޯޓުލުން ވެސް ހިމެނުމަށް އެ ޕާޓީއަށް 24 ގަޑިރުގެ މުހުލަތެއް ދީފަ އެވެ. ސަބަބަކީ ވޯޓުލުމުގެ ދެބުރުގައި ވެސް ހަމަ މި މެޝިންތައް ބޭނުން ކުރެވިފައި ވާތީ އެވެ. 

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮލްސޮނާރޯގެ ޕާޓީން ވަނީ އަންދާޒާތަކަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ. އަދި މެޝިންތަކުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ލިބަރަލް ޕާޓީ އިން ޝަކުވާ ހުށައަޅާފައިވީ ނަމަވެސް މިކަމާ ބެހޭ އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެ އެވެ. 

އިންތިހާބުގެ ފަހު ބުރުން ބޮލްސޮނާރޯގެ އަށް ލިބިވަޑައިގެންނެވި ވޯޓުގެ %49.1ގެ މައްޗަށް ކުރި ހޯއްދެވީ %50.9 ހޯއްދެވި ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އެވެ. އަދި ބްރެޒިލްގެ ސުޕީރިއަލް އެލެކްޓޯރަލް ކޯޓް (ޓީއެސްއީ) އިން ވަނީ އިންތިހާބުގެ މި ނަތީޖާ ރަސްމީކޮށް އިއުލާނު ވެސް ކޮށްފަ އެވެ. އެހެންކަމުން ލިބަރަލް ޕާޓީން މާ ފަހުން ހުށައަޅާފައިވާ މި ޝަކުވާ މާ ދުރަށް ހިނގައިދާނެ ކަމަކަށް ނުބެލެވެ އެވެ.

ބްރެޒިލްގައި ރިޔާސީ އިންތިހާބަށް ވޯޓުލުމަށް ބޭނުން ކުރާ އިލެކްޓްރޯނިކް ނިޒާމަށް ނުފޫޒު ފޯރުވާ، ނަތީޖާތަކުގައި މަކަރު ހެދިދާނެ ފުރަސަތު އޮތް ކަމަށް އިންތިހާބު ބޭއްވުމުގެ މާކުރިން ބޮލްސޮނާރޯ ވަނީ ތުހުމަތު ކުރައްވާފަ އެވެ. މިއީ އިންތިހާބުގެ ނަތީޖާއާ މެދު ޝައްކުތައް އުފައްދާ ޑިމޮކްރަސީގެ އަސާސުތަކާ ހިލާފުވުމަށް ޖެއްސެވި އުކުޅެއް ކަމަށް ބޭރުގެ ގިނަ ފަރާތްތަކުން އޭރު ވަނީ ބޮލްސޮނާރޯ އަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީ އެމެރިކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާތަކާ މެދު ޝައްކު އުފެއްދުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް މަސައްކަތް ކުރެއްވި ގޮތެވެ. 

އިންތިހާބުގެ ނަތީޖާތަކާ މެދު ބޮލްސޮނާރޯގެ ޕާޓީން ޝަކުވާ ހުށައެޅުމާ ގުޅޭ (ވީޑިއޯ/ ބްލޫމްބާގް)

ބްރެޒިލްގެ ބޮލްސޮނާރޯ ނިސްބަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީން ބުނާގޮތުގައި، ޝަކުވާ ހުށައެޅިފައިވާ މެޝިންތަކުގެ ވޯޓުތައް ނުގުނަނީ ނަމަ މި އިންތިހާބުގެ %51.05 އިން ބޮލްސޮނާރޯއަށް ކާމިޔާބު ވެގެން ދާނެ އެވެ. 

ބޮލްސޮނާރޯ އިންތިހާބުގެ ދެވަނަ ބުރުން ބަލިވުމާ ގުޅިގެން އޭނާއަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރިތާ މާގިނަ އިރުތަކެއް ނުވެ ބްރެޒިލްގެ ބޮޑެތި މަގުތައް ލޮރީތައް ޕާކުކޮށް ބައްދާލާފަ އެވެ. 

އިންތިހާބުން ކުރި ހޯއްދެވި ލޫލާ ބްރެޒިލްގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް