ފޮރިން މިނިސްޓްރީގައި މިއަދު ހުޅުވި ފެމިލީ ރޫމް (ފޮޓޯ/މިނިސްޓްރީ)

އަންހެނުންގެ ދުވަހު ފޮރިން މިނިސްޓްރީގައި 'ފެމިލީ ރޫމެއް' ހުޅުވައިފި

ރަސްމީ ގަޑީގައި ވެސް ކުދިން ގޮވައިގެން އޮފީހުގައި މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުނި

މުވައްޒަފުންނަށް އޮފީހުގައި ދަރިންނާ އެކު ވަގުތު ހޭދަކުރެވޭނެ 'ފެމިލީ ރޫމް'އެއް، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް، ފޮރިން މިނިސްޓްރީގައި މިއަދު ހުޅުވައިފި އެވެ. 

ވީ ކިހިނެއް؟ - ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިއު ޔޯކްގައި ހުންނަވައި ވާޗުއަލް ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައިދެއްވުމަށް ފަހު ވިދާޅުވީ ފެމިލީ ރޫމެއް ގާއިމުކުރުމަށް ނިންމެވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް އެދުމުން ކަމަށެވެ.

ބޭނުން - މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު ދަރިންނަށް ވަގުތު ދިނުމުގައި ދިމާވާ އުނދަގޫތައް ކުޑަކޮށް، ކުދިންނާ އެކު އިތުރު ވަގުތު ހޭދަކުރުމަށް ފެމިލީ ރޫމްގެ ސަބަބުން ފަސޭހަ ވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މިނިސްޓްރީގެ ފެމިލީ ރޫމް މިއަދު ހުޅުއްވައިދެއްވަނީ (ފޮޓޯ/މިނިސްޓްރީ)

ބުނީ ކީކޭ؟ - މުވައްޒަފުންނާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނީ ފެމިލީ ރޫމްގެ ސަބަބުން މިނިސްޓްރީގައި ރަސްމީ ގަޑީގެ އިތުރުން މަސައްކަތްކުރަން ޖެހޭ ވަގުތުތަކުގައި ކުދިން ގޮވައިގެން ގޮސް މަސައްކަތްކުރަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް